ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު: މާވަށު ދާއިރާގެ ވޯޓުތައް އަލުން ގުނުމުން ވެސް ކުރި ލިބިވަޑައިގަތީ އޭނާ އަށް.---ފޮޓޯ: މިހާރު
09 އެޕްރީލް 2019 - 22:46
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނުމުން ފަސް ވޯޓުގެ ތަފާތުން ސައީދު ގޮނޑި ކަށަވަރުކުރައްވައިފި އެވެ.
މާވަށު ދާއިރާގައި ހިމެނޭ ހިތަދު އާއި ކުނަހަންދޫގެ ވޯޓުން ސައީދު ކުރި ހޯއްދެވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އިއުލާންކޮށްފައި ވަނީ ހަ ވޯޓުގެ ތަފާތުންނެވެ. އެހެންވެ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހު ވަނީ ސައީދަށް ކުރިލިބިވަޑައިގެންނެވީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ވިދާޅުވެ އިލެކްޝަންސަށް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
މާވަށު ދާއިރާގެ ވޯޓު ފޮށިތައް މިރޭ އަލުން ގުނުމުން ފަލާހަށް ވަނީ އެއް ވޯޓު އިތުރަށް ލިބިވަޑައިގެން ޖުމްލަ 848 ވޯޓު ލިބިވަޑައިގެންފަ އެވެ. ހއ. ތުރާކުނަށް އުފަން ސައީދު މާވަށު ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 2،789 މީހުންގެ ތެރޭން 853 ވޯޓުގެ އަޣުލަބިއްޔަތުންނެވެ. މާވަށު ދާއިރާ އަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަހުމަދު އަޒްހާން ފަހުމީ އަށް ވެސް އެއް ވޯޓު އިތުރަށް ލިބިވަޑައިގެން އޭނާގެ ޖުމްލަ ވޯޓު ވަނީ 651 އަށް އިތުރުވެފަ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ސައީދު ކާމިޔާބު ކުރެއްވި ގޮނޑިއާ އެކު ޕީޕީއެމާއި ޕީއެންސީ އަށް ލިބުނީ ޖުމްލަ އަށް ގޮނޑި އެވެ. މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙުއްމާ
10 April 2019
މާވަށު ދާއިރާއިން މީނައަށް ވޯޓް ދިން މީހުންގެ ސިކުޑި ޓެސްޓް ކުރަން ފެނޭ. ހިޔެއް ނުވޭ ހަމަ ބުއްދި ހުރި މީހަކު މިކަލޭގެއަށް ވޯޓް ލާނެހެނެއް.
މުޙުއްމާ
10 April 2019
ގޮޑި ލިބުނަސް މާގިނަ ދުވަހަކު ގޮޑީގަ ނިއިދެވޭނެ. 5 އަހަރުތެރޭގަ ޔާމީނާއި އެކު ގަތް ގަޑު ތަޙުޤީގު ކޮށްފަ އަދަބު ލިބޭނެ.
ދެން
10 April 2019
އެހެންވީމަ އަލުން އެތައް ފަހަރަކު ވޯޓް ނުގުނުވައި ތިކަން ކުރަން އުޅުނީމަ ނިމުނީނު؟ ކޮން ސަކަރާތެއް ޖަހާކަށް؟
ގުނުން
10 April 2019
ތި އިންތިހާބު ބާތިލް ކުރޭ
އުލިގަން
10 April 2019
މަރުޙަބާ މުޙައްމަދު!
ސިފްލީން
10 April 2019
މީވަރައް ނުރައްކާތެރިކޮއް ރޭވިއިންތިހާބެއް އެއްދާއިރާކަށް އެތައްފޮއްޓެއް ، ދަފްތަރުމީހުންވެސް ހޮވޭގޮތައް ބަހާލީ އެއްކަލަ މޮޅުނަޝީދު ހޮވުނީ އެންމެ 150 ވޯޓުން އެވެސް ދަފްތަރުން މީހުންކޮޅެއްލައިގެން
އާމިރު
10 April 2019
ޣގިނަފަހަރައް އިންސާނާ އިންސާނެއްގެ ފުށުން ފެންނަން ނުވާވަރުގެ ކަންކަން ފެނުމުން ހައްޔަރުކުރަނީ މީދޮގެކޭ ބުނެބަލަ ކަމެއް ނުކޮއް ގޭގައި އޮއްވަކަނޫން ދެއްތޯ؟؟؟؟
ރަދީފުއްދީން
10 April 2019
6 ފަހަރުގުނާލަނިކޮށް ހަމަހަމަވެދާ ދެކެންޑިޑޭޓު. އެއީ ގުނާ ކޮންމެފަހަރަކު ވޯޓެއް މަދުވާކަމަށްވާނަމަ.
އަހުމެ
09 April 2019
މީގެން އިނގެނީ ވޯޓް އޮޅުވާލަން ސަރުކާރު މަސައްކަތް ނުކުރާކަން. މިއަދު ޔާމީން ވެރިކަމުގަ ހުރެ އިދި ކޮޅު ދާއިރާ އަކަށް މިހެން ވީނަމަ ޔާމީން ނުފޫޒް ފޯރުވީސް
ކަހުމެ
10 April 2019
މި ސަރުކާރަށް ސުޕަމެޖޯރިޓީ ލިބިފަ އޮއްވާ ނުލިބި އޮތް ދާއިރާއެއްގެ ވޯޓްވެސް ލިބޭތޯ ގުނަން އުޅުމަކީ ދަހިވެތިކަން އިންތިހާއަށް ހުރިކަން ދައްކައިދޭ ކަމެއް.
ސަރަގު
09 April 2019
ވަރެއް އަރުވާލި އެވެ.
ޝާމް
09 April 2019
5 ވޯޓުގެ ތަފާތު އުޅޭނަމަ ހުރިހާ ފޮށިތަކުންވެސް މާވަށު ދާއިރާއަށްލައިފައިހުރި ވޯޓްކަރުދާސްތައް ގުނުން ބުއްދިވެރި. ގަބޫލުކުރެވެނީ މާވަށު ދާއިރާގެ ގިނަ ވޯޓުތަކެއް އެހެން ފޮށިތަކުގައި ހުންނާނެކަމަށް. ނަތީޖާ ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑު