ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. ---ފޮޓޯ: މިހާރު
11 އެޕްރީލް 2019 - 06:05
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން، ލ. މާވަށު ދާއިރާގެ 72 ފޮއްޓެއް ގުނުމުން ވެސް، ކުރީގެ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދަށް ކާމިޔާބު ލިބިވަޑައިގެންފި އެވެ.
ޕީއެންސީގެ ނައިބު ލީޑަރު ސައީދު މާވަށު ދާއިރާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙިމް ފަލާހްއާ ވާދަކުރައްވައި އެންމެ ފަސް ވޯޓުގެ ފަރަގަކުންނެވެ. ނަމަވެސް ފަލާހްގެ ޝަކުވާއާ ގުޅިގެން މިރޭ 69 ފޮއްޓެއްގެ ވޯޓު އަލުން ގުނުމުން އެއް ވޯޓު ސައީދަށް އިތުރެ ވޯޓުގެ ފަރަގު ވަނީ ހަޔަކަށް ބޮޑުވެފަ އެވެ.
އަންގާރާ ދުވަހު ވެސް މި ދާއިރާގެ ތިން ފޮއްޓެއް ގުނި އެވެ. އެއިން ސައީދަށް އެއް ވޯޓު މަދުވި އެވެ. އޭރު ނިކުތް ނަތީޖާއާ އެކު ސައީދުގެ ވޯޓުގެ ޖުމްލަ އަދަދަކީ 853 އެވެ. ފަލާހްގެ އަދަދަކީ 848 އެވެ.
މާވަށު ދާއިރާގެ ފޮށިތައް އަލުން ގުނަން ފެށީ ބުދަ ދުވަހު ހަވީރު 5:00 އެވެ. އަލުން ގުނައި ނިމުނީ މެންދަމުން އަލިވެ 3:30 އެހާއިރު އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަސައްކަތް ނުނިމި ގިނައިރު ވާން ފެށުމުން، އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުން ވެސް މިއަދަށް ފަސްކޮށްފަ އެވެ.
އިލެކްޝަންސުން މިހާރު ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ބާރަށު ދާއިރާ އާއި ފޮނަދޫ ދާއިރާގެ ބާތިލް ވޯޓު ހުރި ހުރިހާ ފޮއްޓެއްގެ ބާތިލް ވޯޓު ވެސް އަލުން ގުނައިފަ އެވެ. އެކަމަކު ނަތީޖާ ބަދަލެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިއްލި
11 April 2019
މީ ވައްކަމާއި ކޮރަޕްޝްންގެ މައްސަލަތައް ބަލަން ފަށާ އިރައް ގެއްލޭނެ ގޮނޑި އެއް.
ޝުކުރިއްޔާ
11 April 2019
ފިނިފެންމަލެކޭ ލޯބިން ފޮޅޭ ރަތް ފިނިފެން މަލެއް
މިހާރު
11 April 2019
އަދިވެސްގުނާ ނޫސްވެރިންނާއި މަންދޫބުން އަދި ކެަންޑިޑޭޓުންނަށްވެސް ފުރުސތުނުދީ ގުނީމަ ކާމޮޔާބުވާނެ
ގުއިއްޒު
11 April 2019
ފިނިފެންމަލެއް މީނައަށް ހަމަ ހައްގު
ބަބުރަންޖީ ހާޖީ
11 April 2019
ދެން ތިކަން ހުއްޓާލާ. މިހާރު ފުދިއްޖެ.
އާރީ
11 April 2019
ރައީސް ޔާމީން ހިންގި ހުރިހާ ޖަރީމާއެއްގަ ބައިވެރިވި މީހެއް މީ. މީނަގެ މަންސަލަ ތަހުގިގްކޮށް އަވަސް ކުރަަށް ޖެހޭ
ކަތީއްބެ
11 April 2019
ބިރުދައްކާނެ ކަމެއްނެތް، ތިހެން އަދި ދައްކާހާ ބިރަކަށް ފަހަތަށް ޖެހޭނެ މީހެއްނޫން ސަޢީދަކީ، ވަރަށް ރަނގަޅަށް ދަންނާތީ މިބުނީ، ޖަރީމާއޭ ކިޔައިގެން ވާހަކަ ނުދައްކައި ޔާމީނު ގެނެސްދިން ސްޕީޑުގައި ތަރައްޤީ ގެނެސްދިނީމަ އޯކޭ، އޭރުން ސޮލީހު ދެކެވެސް އެކަހަލަ ލޯތްބެއް އުފެދިދާނެ.
ގުދޯގުދޯ
11 April 2019
މައްސަލަތައް ތަރުތީބު ކޮށްލަންވީނު. ހަމަ ޔަގީނުންވެސް އެއިރުން ޔާމީނާއި އޭނަގެ މިނިސްޓަރުންނަށްވުރެ ކުރިން ނަޝީދާއި އޭނަގެ މިނިސްޓަރުން ގޮޅިއަށް ދާންޖެހޭނެ. މިލިޔަނަސް ބިލިޔަނަސް ކުށް ވާނީ ކުށަކަށް.
ޔާމީނު
11 April 2019
ތިއީ މާވަށު ދާއިރާގެ ރައްޔިތުން ނަށް ގެއްލުނު ގޮޑިއެއް.. ތި ގޮޑީގެ ފައިދާ އެއް އެމީހުނަކަށް ނުކުރާނެއެވެ.ތި ކުރެވުނީ ކޮސް ކަމެއް..
އެޔާމީ
11 April 2019
ފައިދާނުކުރާނަމަ އެއީ އެމްޑީޕީ ސަރުކާރުގެ ޚުދުމުޚުތާރުކަން. ތިމަންނަމެންނަށް ވޯޓްނުދޭ ދާއިރާތަކަށް ކަންކަން ނުކޮށްދިނުމުގެ ސަގާފަތް ގެންގުޅޭނަމަ އެމްޑީޕީއަކާ އެހެން މީހުންނަކާ ވަކި ތަފާތެއްކޮބާ؟ ރައްޔިތުންނަށް ކަންކަން ކޮށްދެވޭނީ ހަމައެކަނި ތިމާގެ ފިކުރުނަމަ ޕާޓީތަކުން އެކުރަނީ އަނިޔާވެރި ވެރިކަމެއް. ބޭނުންޖެހިފަ ތިބޭ ރަށްރަށަށް ކަންކަން ނުކޮށްދިނުމަކީ ހެޔޮ ވެރިކަމެއްގައި އޮންނަންވީ ކަމެއްނޫން އަދި އެޖެންޑާ 19ގަ އޮންނަ ކަމެއްވެސް ނޫން.
ތުރާކުނު ލާރި ބެ
11 April 2019
ބަލަންވީ ތިކަމެއް ނޫނެވެ.ބަލަންވީ ތުރާކުނު މީހަކު މާވަށު ދާއިރާގެ ގޮޑި ހޯދީ ކޮންކަމެއް ކޮށްގެން ތޯއެވެ. ފުޅާ ދާއިރާއެއްގައި މިކަން ތަހްޤީޤު ކޮށް ބަލާފިނަމަ ތި ގޮޑި ހުސްވާނެ ކަން ޔަޤީނެވެ.
އަސްލުހާލަތު
11 April 2019
އެއްވެސް ޤާނޫނެއްގަ އޮވޭތޯ އެމީހަކު އުފަން ނޫނީ ރައްވެހިވެފައިވާ ދާއިރާއަށޭ ކުރިމަތިލަން ޖެހޭނި؟ ނޫނީ މެންބަރުކަމުގެ ޝަރުތުތަކުގެ ތަރޭގަ އެހެން އޮވޭތޯ؟ ތިހެން ކަމަށް ވަންޏާ ބަލަންޖެހޭ ވަރަށް ގިނަ ދާއިރާތައް އެބަހުރި.. މިސާލަކަށް ގަލޮޅު މީހަކު މި މައްޗަށްން ގޮޅީ މެދަށް ލައިގެން ގޮނޑި ހޯދިގޮތްވެސް، އަދި މަލޭ މީހުން އައްޑޫއަށާ ދަނގެއްޗަށާ ކާށިދޫ ދާއިރާގެ ގޮނޑި ހޯދިގޮތްވެސް އެބަޖެހޭ ބަލަން.. މިހެން ކިތަންމެ ދާއިރާއެއް އެބަހުރި..
މަރޭމިތުރު
11 April 2019
ސައީދަކީ މޮޅުމީހެއް އެހެނަސް ފޮނިބޮޑުމީހެއް! ސައީދަކީ ފަހަކާއި ހަތަކާއި ނަމްބަރު އޮތްމީހެއް!.............. ސައީދު މޮޅު އޭނާ އެމަގާމައް ގެނުވީ އިކްރާމާއި، ހަލީލުއާއި ދެމީހުން ގާސިމު ގާތުއުޅެނިކޮށް. އެކަމަކު އެމީހުން ބުނާގޮތުގައި ސައީދު އެމީހުން ގުޅާލިއަސް ފޯނުން ޖަވާބުނުދޭ!
ތުއްތޮންބެ
11 April 2019
ފަލާހު ހޮވެންދެން ގުނާލަންފެނޭ.