ކުރީގެ މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ
09 އެޕްރީލް 2019 - 12:51
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން މިއަދު ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވަނީ، ފަސް ވޯޓުގެ ތަފާތަކުން ސައީދު ކުރި ހޯއްދެވި ވޯޓު މިއަދު ގުނާނެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މާވަށު ދާއިރާގައި ހިމެނެނީ އެ ރަށުގެ އިތުރުން ހިތަދު އާއި ކުނަހަންދު އެވެ. އެ ދާއިރާގައި ވޯޓުލުމުގެ ހައްގު 2،789 މީހުންނަށް ލިބިފައިވެ އެވެ. ސައީދާ އެންމެ ގާތުން ދެން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.
އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމީ އެނގިފައިވާ ގޮތުގައި، ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ފަލާހް ޝަކުވާ ހުށަހެޅުއްވުމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 87 ދާއިރާގެ ތެރެއިން ސުޕަ މެޖޯރިޓީއާ އެކު 64 ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫނު
09 April 2019
ތުރާކުނު ސައީދަށް މާވަށު ދާއިރާގެ ގޮޑި ލިބުމަކީ އެގޮޑި މ ގެއްލުން ފަދަ ކަމެކެވެތުރާކުނަށް އެ ގޮޑި ގެންދިއުން ކަމުގެ އިހުސާސް ކުރެވޭ ކަމެކެވެ
ދުރުމި
09 April 2019
އެމްޑީޕީ މީހުންމީ މީކިނެއްވެފައި ތިބޭބައެއްބާ އަދިވެސް ގޮނޑިލިބުވަރު މަދީބާ! އެހެންވީމާ މަޖްލިސްގެ 84 ހަތަރު ގޮނޑި ކަލޭމެން ނަގައިގެން އެހެންޕާޓީތަށް ެުއްވާލަންވީނޫން އޭރުން އޮއްނާނީ އެމްޑީޕީ އެކަނި އޭރުން ކޮންމެ އިންތިހާބެއްގަ 100ޕަސެންޓް ލިބި މައުމޫނު ދުވަސްވަރު ވީގޮތަށް ކުނޑަކާފު ބޮނޑުކާފު ޖެހީމާ ނިމުނީ.
ާއަލިބެ
09 April 2019
މާބޮޑުބުރައެއް އުފުލާނެ ކަމެއްނެތް. މޑޕ މީހާއޭ ހޮވުނީބުނޭ. މަދުވާބައިއިތުރުކޮށްލާ. މޑޕ ނުހޮވޭ ހުރިހާ ފޮށި އެހެން ހަދާލީމަ ދެންތިބޭނީ ހައްތާވެސް މޑޕ މެންބަރުން.
ފޮނިޓައްޕު ހަސަނު
09 April 2019
މަ ވަރަށް ހިނި އަންނާނެ ތި ސައިދު ކަަޓައިފިއްޔާ.
ސައްލޭބެ
09 April 2019
ވޯޓު ގުނުމަށްފަހު ބަންދުކުރި ކަރުދާސްތައް ރޭގަޑު ދަންވަރު ވަދެ އޭގެ އުރައިން ކެޑުމަށްފަހު ސައިދަށް ލިބިފަވާ އަދި ކަށަވަރުކުރެވިފައިވާ ސައްހަ ވޯޓުގައ ކަރުދާސް ތަކުގެ ތެރއެިން ހައެއްކަ ކަރުދާސްކޮޅުގައި ކުރަހަން ރާވައި އެކަން ކޮށްފައިވާކަމަށް ބުނޭ. މީ ވަރަށް ނާތާތަހުޒީބީ ކަމެއް ވެރިކަން ފަރާތުގެ ކިތަންމެ ޕްރޝަރެއް އޮތަސް. އަދި ޕީޕީއެމް އާ ކިތަންމެ އިސީ ހަސަދަވެރިވއަސް. ކޮށްފަ ނުކުރާނެ ކަންތައް ހުންނާނެ. މީ ތެދެކަމަށްވަންޏާ މީ ބޮޑުވަރު.
ދޮންސޭޓް
09 April 2019
މިކަހަލަ ސީރިއަސް މައްސަލަތަކުގައި "ޔޯލަ" ވާހަކަތަކަށާއި، ހީވާ ހީވުންތަކަށް ވާހަކަ ނުދައްކާ، އެކަމުގެ ހެކިހުރިނަމަ ހެތްކާއެކު އެކަންކަން ހުށަހަޅަންވީ.. މިހާރު ވެރިކަމުގަ ހުރިމީހާ ވޯޓްލާ މަރުކަޒުތަކަށް އޮފިޝަލުން ލުމަށް އެއްވެސް ނުފޫޒެއް ނުފޯރުވާ.. އެކަމަކު 2018 ރިޔާސީ އިންތިޚާބުގައި އެކަން އޮތްގޮތް ރަނގަޅަށް ބަލާލަބަލަ.. އޭރުން އެނގޭނެ މި ބުނި ބަހުގަ ބުރަދަނެއް އެބަހުރިކަން...
މީނަ
09 April 2019
ކަލޭ ތިބުނީ ވަރަށް ބޮޑެތި ވާހަކަތަކެއް. ތިކަމުގެ ސާބިތު ހެކި ހުރެއްޖެނަމަ އަވަހަށް ހުށަހަޅަންވީ. އެއިރުން މައްސަލަ ބަލާނެ.
ފޮނިޓައްޕު ހަސަނު
09 April 2019
އީސީ ޝަރީފާއި އޭނަގެ ޓީމަކީ ދިވެހިން ފަޚުރުވެރިވާ ފަދަ ނަޒާހަތް ތެރި ޓީމެއް. ތިފަދަ ވިޔާނުދާ ކަމެއް އެމީހުން މުކުރާނެ.
ފާތުންޔޔ
09 April 2019
މިހާރު ޕޕމ އަކީ ޕާޓީއެއްނޫން.
ސިމާ
09 April 2019
ތިއީ ޔާމީނުއާއި މައުމޫނު ސަރުކާރުގައި ކަންތައް ހިނގާގޮތް. ޒަމާން ބަދަލުވެއްޖެ!
ފަރުތޮޅި
09 April 2019
ސައީދު އައްތިގޮނޑި ކާމިޔާބުނުކުރެވިއްޖެއިޔާ އަޅުގަނޑު ދިހަ ނިކަމެތީންނައް ކާންދޭނަން.
ސިމާ
09 April 2019
ދިހަ ނިކަމެތިންނަށް މިހާރު ކާންދެއްވަންވީނޫންތޯ؟
ސައްޕެބާއި
09 April 2019
ހަބަރެއް ލިޔާ އިރު ތަންކޮޅެއް ސާފުވާނޭހެން ލިޔެބަލަ. މިބުނީ، ވޯޓު ތައް ލިބުނު ވަރު. ބާޠިލްވި ވޯޓުގެ އަދަދު. އޭރަށް ދޯ ވާނުވާ އެނގޭނީ
ރާސްޓަސް
09 April 2019
ރަނގަޅަށް ގުނާތި. ފަލާހުއާ ސައީދު އެއް މަޖިލީހެއްގަ ބައިތިއްބައިގެން ދެމީހުންގެ ކުރިމަތީގައި ގުނާނީ. އޭރުންތާ މިކަން ދެފުށްފެންނަ ގޮތަކަށް ނިމޭނީ
ޒައިން
09 April 2019
ވޯޓު ގުނެނީ ކެނޑިޓޭޓުންނާ މަންދޫބުންގެ ހާޒިރުގަ މީޑިއާގެ ކުރިމަތީގަ ސެކިއުރިޓީ އުރަތަށް ކަނޑައިގެން.
ބަބުރުކަލޯ
09 April 2019
ސައިއްޓެ ސަލާމަތްވާނެބާ؟
މަރޭމިތުރު
09 April 2019
ހިސާބުތައް ޖަހާންވީ ތަކުރާރުކޮށް ގުނައިގެން! ފިސާރި ޔަގީންކޮށް ކަލްކިއުލޭޓަރު ކޮށްލައިގެން!................. ދާއިމީ ނަތީޖާ އަންނަންވާއިރަށް ފުރިހަމަ ނަތީޖާ ނެރުއްވަވާ! ސައިދުއަށް ކުރިލިބިދާނެކަމަށް މަށަކަށްވެސް ނުފެނޭ! ނަތީޖާ އައިގޮތުން މަށަށްވެސް ހީވީ އޮޅުނީހެންކަމަށް!