މަގުމަތީގައި އޮތް ކުނި ކޮތަޅެއް ނަގައިގެން އެވޯޑު ލިބުނު މުހައްމަދު ހަސަނާ އެންވަޔަރަމަންޓް މިނިސްޓަރު އެވޯޑު ހަވާލު ކުރައްވަނީ. ތިލަފުށީގައި ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
31 އޯގަސްޓް 2016 - 15:11
ކ.ތިލަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ނުކުރެވެނީ އެމްޑީޕީ ސަރުކާރުގެ އިހުމާލުން ކަމަށާއި އެކަން ހައްލުކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
"އެޕްރިޝިއޭޓެޑް އެވޯޑް" އަދި "އެޕްރިޝިއޭޓެޑް ބެޖް" ތައާރަފް ކުރުމަށް ޕީއެސްއެމްގެ ސިިނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ތިލަފުށީގައި ކުނި މެނޭޖްކުރެވޭނެ ގޮތެއް ނެތުމުގެ މައްސަލަ އަށް އަޅާނުލެވި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
"މި ސަރުކާރުން ތިލަފުށީގައި ކުނި މެނޭޖްކުރެވޭނެ ގޮތަށް ހަދާނަން. އިންސިނެރޭޓާ ގާއިމުކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ތިލަފުށީގައި ކުނި މެނޭޖް ކުރެވޭނެ ގޮތެއް ހެދުމަށް އެމްޑީޕީ ސަރުކާރުން ޓަޓުވާ ކުންފުންޏާ ހަވާލުކުރި އެވެ. ތޯރިގް ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން ޖެނުއަރީ މަހު އެއްބަސް އުވާލީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އެވެ.
ވެމްކޯ އިން ދޭ އެވޯޑު ތައާރަފް ކުރަން ޕީއެސްއެމް ސިިނެކޯ ރޭޑިއޯ މާލަމުގައި ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
"ތިލަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ނުކުރެވިގެން ދިޔައީމަ، ކުނި ނައްތާލުމުގައި ވަނީ ބޮއްސުންލީ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ 2018 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށެވެ. އަދި ސެންޓަރުތަކުގައި މަސައްކަތް ކުރަން 80 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ތަމްރީންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ ސަރަހައްދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ އޮންނަ ސަރަހައްދު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން ގޭގެއިން ކުނި އެއްކުރުމުގެ ކަންކަން ފަށައި މާލޭން ރައްކާތެރިކަމާ އެކު ކުނި ބޭރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައާރަފް ކުރި މި އެވޯޑަކީ ޒިންމާދާރުކަމާ އެކު ކުނި ނައްތާލުމަށް ފަރުދުންނާއި ޖަމިއްޔާތަކާއި ކުންފުނިތަކަށް ވެސް ބައިވެރިވޭ ގޮތަށް ދެވޭ އެވޯޑެކެވެ. މި އެވޯޑު ދެނީ ޒިންމާދާރު ގޮތެއްގައި ކުނި ނައްތާލުމާއި އެކަމަށް އާންމުން ހޭލުންތެރި ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާ މީހުންނަށެވެ. މި އެވޯޑު ލިބުނީ ޕިކަޕް ޑްރައިވަރަކަށް މަސައްކަތްކުރާ މުހައްމަދު ހަސަނަށާއި ފުލުހުންގެ ވަޒީފާގައި މަސައްކަތްކުރާ ހަސަން މަންސޫރަށެވެ. އެއީ ވެމްކޯއިން ކުރިއަށް ގެންދިޔަ ސޯޝަލް ހަރަކާތެއްގައި މަގުމަތީގައި އޮތް ކުނި ކޮތަޅެއް ނަގާފައި ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައި
31 August 2016
ބަލަ މި ޤައުމު މިދިޔަ 38 އަހަރުގެ ތެރެއިން 3 އަހަރު ފިޔަވާ ހުރިހާ އަހަރެއްގަ ވެރިކަން ކޮންޓްރޯލް ކޮށް ކުރީ އެއްބައެއް ދޯ، އެމްޑީޕީ ބޮލަށް ހުރިހާ ކަމެއް ތި ޖަހަނީ. އަޖައިބެއް
ޢަބްދުﷲނާފިޒު
31 August 2016
އެމްޑީޕީއޭ އިހުމާލޭ ވަށަނގުއްޔޭ ނުކިޔާ ތޯރިގުމެންގެ ޒިންމާ އަދާ ކުރެވޭތޯ އުޅެބަލަ، އަދިވެސް ވެރިކަމުގަ ތިބީ އެމްޑީޕީތަ ނޫނީ ތޯރިގުމެންތަ، މިހާރު ވެރިކަމުގަ ބަގުޑި ބައްދައިގެން ތިބޭތާ ތިން އަހަރު ފުރެނީ، ޓަޓުވާ ކުންފުންޏާއެކު ހަދާފަ އޮތް އެއްބަސްވުން މިސަރުކާރުން ޖެނުއަރީ މަހު އުވާލީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ، ދެން ކޮބައިތަ ކުރީ ސަރުކާރެއްގެ އިހުމާލަކީ ތިކަމުގަ، މުޅިންވެސް ރައްޔިތުންނަށް އޮޅުވާލުމާ މަކަރުވެރި ވާހަކަތަކުން އަބަދުވެސް ރައްޔިތުން ގުނބޯ ހެއްދުން ނޫންކަމެއް އެބަ ކުރެވޭތަ.
ފިޔާތޮށި ރީދޫ އަސުރުމާ
31 August 2016
ތިކަންވާނެބާ މިއުޅެނީ ޖަންގުސަންތައްވެސް ރަގަޅުނުކުރެވިގެން
އިބޫ
31 August 2016
އެމްޑީޕީ ވެރިކަމުގައި އޮތީ 3 އަހަރު، އެކަމު އެމްޑީޕީން އަޅާ ނުލައިގެނޯ. ސާބަހޭ މިނިސްޓަރޫ، ...ވެދުން
އަލޯ
31 August 2016
ތޯރިގުވެސް ދެން އުޅޭގޮތެދޯ؟ އަމިއްލަ ޒަމީރުގަބޫލުނުކުރާވާހަކަވެސް ދައްކަން މަޖުބޫރުވީމަ ކިހިނެއް ރޭގަޑު ނިދަނީ؟
ކުރާތި
31 August 2016
ތިލަފުށީގައި ކުނި މެނޭޖް ކުރުމަށް ޓަކައި ބޭރުން އޯޑަރުކޮށްގެން ގެންނަންވީ ފިސާރި މޮޅު އިންސިނިރޭޓަރސް. އެއިންސިނެރޭޓަރސް ތަކަކީ އެއީ ގަސް ވެސް އަންދާލެވޭ އަދި ދަގަނޑު ވެސް އަންދާލެވޭ އަދި ދުން ނާރާ އާވި އަރާ ފަދަ އިންސިނިރޭޓަރ އަކަށް ހައްދަވަންވީ އެވެ. އެއީ ބޮޑެތި ކޮންޓެއިނަރ ފަދަ ތަކެއްޗެވެ. އެފަދަ 100 އިންސިނިރޭޓިންގް ކޮންޓެއިނަރ ތިލަފުށީގައި އެމްއާރުޑީސީން ބަހައްޓައިފިނަމަ ޔަގީން ތިލަފުށީގައި ރީއްޗަށް ކުނި މެނޭޖް ކުރެވޭނެ ކަން. މިކަން ކުރަންވީ އަވަހަށް. މީ ރަންރީނދޫ ކުދިންނަށް އެކުދިންގެ ތަދުކަން ބޮޑު ހަނަފަސް ތިން އަހަރު ދުވަހުގެ ވެރިކަމުގައި ނުކުރެވުނު ކަމެވެ. މިކަން ކުރަން ޖެހޭނެ މަމެންގެ ޕިންކް ސަރުކާރުން ވަރަށް ކޮލިޓީ ކޮށް.
ޢަބްދުﷲނާފިޒު
31 August 2016
ބޭފުޅާ، ތިޔަބުނާ ތަދުކަން ބޮޑު ހަނަފަސް ތިން އަހަރުތެރޭ ނުކުރެވޭ ކިތައްމެ ކަމެއް އަދުގެ ސަރުކާރުން މިހާތަނަށްވެސް ކޮށްފިކަން ރައްޔިތުން ދެނަހުރި، އެގޮތުން ދައުލަތުގެ ތިޖޫރި ފެންފޮދަކާ ނުލާ ދިރުވާލީވެސް މިސަރުކާރުގެ ކާމިޔާބު 913 ދުވަސް ތެރޭ ނޫންތޯ، ކޮންފަދަ ބޮޑު ކާމިޔާބެއް ދެއްތޮ، ލަދު ނުގަންނަންޏާ ކޮންމެ ފަދަ ކޮހެއްވެސް ގޮވާފާނެ ވިއްޔަ، އހ.
ކީއްވެތަ
31 August 2016
އިދިކޮޅު ރަންރީނދޫ ކުދިންގެ ވެރިކަމުގައި އެމީހުން ބެލީ ތިލަފުށީގައި ކުނި މެނޭޖް ކުރުމުގެ ބަދަލުގައި އިންޑިއާގެ ޓަޓްވާ ގެނެސް ގެން ޓަޓްވާ އާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން ކަރަޕްޝަންގެ މަގުން ދައުލަތުގެ ބަޖެޓުން ބޮޑު ފައިސާ ގަނޑެއް ނަގާ އިންޑިއާގެ ޓަޓްވާ އަށް ދޭން އުޅެން ހަދައިގެން އެމީހުންނަށް އެކަން ނުވީއެވެ. އެއާއި ޚިލާފަށް މަމެން ޕިންކް ކުދިންގެ ވެރިކަމުގައި އަމާނާތް ތެރި ކަމާއި ތެދުވެރިކަން ކުރިއަށް ނެރެގެން މިކަން ކުރަން އުޅުމުން މިކަން ކާމިޔާބު ކަމާއި އެކު މިދަނީ. ތިމާވެށި މިނިސްޓަރު ތިކުރައްވާ ހިތްވަރަށް ހަމަ ސާބަސް ދޭން ޖެހެއެވެ. އެއީ ރަންރީނދޫ ސާރވެންޓުންގެ ކިއްލާ އެއްގައި މިނިސްޓަރު ހުންނަވައިގެން ތިވަރުގެ ކުރިއެރުމެއް ހޯދުމުން. އަދި ވެސް ޕީއެސްމެން މިނިސްޓަރުން ކަނޑައަޅާ ޕީއެސް މެންނަށް އައްޔަން ނުވެގެން އުޅެނީ އެއީ ކިއެއް ވެގެން ތޯއެވެ.
ނޯމޭން
31 August 2016
@ކީއްވެތަ، ކޮރަޕްޝަނުގެ އަސްލު މާނައަކީ ދިވެހިބަހުންނަމަ އަމާނާތްތެރިކަން
ބަލާބަލަ
31 August 2016
ތިލަފުއްޓަށް އަޅާނުލީ އެމްޑީޕީ ސަރުކާރުން، އެކަން ހައްލު ކުރާނެ ކަމަށް މަމެންގެ ޕިންކް ތިމާވެށި މިނިސްޓަރު ވިދާޅުވާނަމަ އެވާނީ އަލިފު ދާލުގެ ސަލާމަތީ މަޖްލީހުގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ 7 މެމްބަރުންގެ އިއްތިފާގުން ފާސް ކުރި ގަރާރަކާއި އެއް ފަދަ ބަސް ފުޅަކަށެވެ. އެހެން ވެއްޖެނަމަ އެމައްޗަށް ޖެހޭނެ އަމަލު ކުރަން ރަންރީނދޫ ކުދިންވެސް. ދެން ކޮންމެހެން ރަންރީނދޫ ޓްވިޓަރު މެން ރޯނެ ކަމެއް ނެތް މަމެން އަތުން ތިލަފުށި ލޯބި ކުނި ތަކާއި އެކު ބީވެގެން ދިޔައީ އޭ ކިޔައިގެން. ލިޓިލް ކޮޓަން ވައިޓް ޓަވުލް މިއޮތީ އަވަހަށް ކަރުން ފުހެލާ ދެން. އަނެއްކާ ލިޓިލް ކޮޓަން ވައިޓް ޓަވުލް އިން ޓެކްސް ފްރީ ކުރަންވީ އޭ ކިޔާ ޓްވީޓް ނުކުރައްޗޭ އެވެސް އަސާސީ އެއްޗެކޭ ކިޔައިގެން އިނގޭ.
ދިގުރަށު ސޮރު
31 August 2016
އެހެންގޮތަކަށް އަޅާނުލެވެންޏާ އެރަށަށް މީހަކަށް ނޭރޭވަރަށް ކުނި އަޅާލާ. އޭރުން މި ސަރުކާރުން އަޅާނުލިޔެކޭ ދެންއަންނަ ސަރުކާރަކަށް ނުބުނެވޭނެ.