އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ ވައްތަރު ޕަތަކް.
13 އެޕްރީލް 2019 - 17:47
ނިއު ދިއްލީ (އެޕްރީލް 13) - އިންޑިއާގައި މިހާރު ކުރިއަށްދާ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވާދަކުރައްވާ އުތުރުގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ވަރަނަސި ސިޓީ އަށް މޯދީއާ ވައްތަރު މީހަކު ވާދަކުރަން ނިންމައިފި އެވެ.
މޯދީއާ ވައްތަރުވުމުގެ އިތުރުން މޯދީއާ އެއްގޮތަށް ހެދުން އަޅާ އަބިނާންދަން ޕަތަކް ބުނީ ވަރަނަސި ސިޓީގެ ގޮނޑިއަށް އޭނާ ވާދަކުރާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. ބީޖޭޕީއާ ގުޅިފައިވާ ޕާޓީއެއްގައި އޭނާ ކުރިން އުޅުނު ނަމަވެސް މިހާރު ވަނީ އެ ޕާޓީން ވަކިވެފަ އެވެ. އަދި އިންތިޚާބުވެއްޖެ ނަމަ ތާއީދު ކުރާނީ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ އަށް ކަމަށް ބުންޏެވެ.
އެންމެ ފަހުގެ އިންތިޚާބުގައި ވެސް މޯދީ ވާދަކުރެއްވީ ވަރަނަސި ސިޓީއަށެވެ. ޕަތަކް ބުނީ އިންތިޚާބުގައި ވާދަކުރަން މި މަހު 26 ވަނަ ދުވަހު ހުށަހަޅާނެ ކަމަށެވެ. ވަރަނަސިގައި އިންތިޚާބު އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހު އެވެ.
ޕަތަކް ބުނީ އޭނާ މޯދީއާ ވައްތަރުވުމުން ބައެއް މީހުންނަށް އޮޅިގެން ސުވާލު ކުރާ ކަމަށެވެ. އަދި 2014 ގެ އިންތިޚާބުގައިވި ވައުދުތައް ކޮބައިތޯ އޭނާއާ ސުވާލު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
"ބީޖޭޕީގެ ވައުދުތައް ނުފުއްދާކަމުގެ އިހްސާސް މީހުންނަށް ކުރެވޭތީ ވަރަށް ދެރަވޭ،" ޕަތަކް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔާ
13 April 2019
ކިހާވަރަކުން ދާނެބާ
ބަބުރަންޖީ ހާޖީ
13 April 2019
ތިވާނި މޮދީގެ ކާފައަށް.