ޚަބަރު / ކަރެކްޝަނަލް ސާވިސް

ޖަލުތަކުގެ ހާލަތު އިސްލާހުކުރަން 180 އަށް ވުރެ ގިނަ ހުށަހެޅުން

ޖަލުތަކުގެ ހާލަތު ދެނެގަތުމަށްފަހު، ޖަލު އޮޑިޓްކުރަން އުފެއްދި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު، ހޯމް މިނިސްޓަރު އިމްރާނަށް މިއަދު އަރުއްވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަނެ، އެތަންތަން އިސްލާހުކުރުމަށް 182 ހުށަހެޅުން، ޖަލުތައް އޮޑިޓްކުރަން އުފެއްދި ކޮމިޝަނުން ހޯމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ފަހު އެ ކޮމިޝަނުން ތައްޔާރުކުރި 390 ސޮފްހާގެ ރިޕޯޓު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ހުށަހަޅަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ޑިރެކްޓަރު އަދި ޖަލު އޮޑިޓް ކޮމިޝަންގެ މެމްބަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އެކި ފަރާތްތަކާ ބައްދަލުކޮށް ޖަލުތަކަށް ޒިޔާރަތްކޮށް އަދި ކަމާ ބެހޭ އިދާރާތަކުން ލިބުނު މައުލޫމާތުތަކާ އެކު ގިނަ ކަންތައްތަކެއް ހޯދާފައިވާ ކަމަށެވެ.

ކޮމިޝަނަށް ފާހަގަވި ބޮޑެތި ކަންތައްތަކަށް ބަލާއިރު، ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކުން ދޭ ބައެއް ހިދުމަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުރުން ހިމެނެ އެވެ. އެކަންތައް ތަހުގީގުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ރިޕޯޓުގައި ހުށަހަޅާފައިވާނެ ކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޖަލުތަކުގައި އަނިޔާކުރުމުގެ ކަންތައްތައް ހިނގާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުގެ ހާލަތު ދެނެގަތުމަށްފަހު ތައްޔާރުކުރި ރިޕޯޓު ހަވާލުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޖަލުގެ އާބާދީ ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން، މި ރިޕޯޓުގައި އިތުރަށް ދިރާސާކޮށް ބައިނަލްއަގުވާމީ ފެންވަރުގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ޖަލުތަކުގެ އާބާދީ ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން، ކުރެވެމުންދާ ކަންކަން ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާނެ،" އަހުމަދު ވިދާޅުވި އެވެ.

ޖަލު އޮޑިޓް ރިޕޯޓުން ފާހަގަވި ބޮޑެތި ކަންތައްތައް

- ޖަލުތަކުގައި އަނިޔާގެ މައްސަލަތައް

- ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުން

- ޖާގައަށް ވުރެ އިތުރަށް ޖަލުތަކުގައި މީހުން ބަންދުކުރުން

- ހައްގުތަކުން މަހުރޫމުކުރުން

- ހުޅުމާލޭގައި ހުންނަ ބިދޭސީން ބަންދުކުރާ ޖަލުގައި ތިބި މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުން

- ޕެރޯލާއި ކްލެމެންސީ މިހާރު ދޭ ގޮތް އިންސާފުވެރިއެއް ނޫން. އެ ދެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް

މިނިސްޓަރު އިމްރާން ވިދާޅުވީ ޒަމާނުއްސުރެ ޖަލުތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. ނަމަވެސް ހާލަތު ދެނެގަނެވުމުން، އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫނުކޮށްލާނަން. މި ރިޕޯޓުގައި ފާހަގަކުރެވުނު ކަންކަމަށް ބަލައި ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަސާސަކީ އިރާދަކުރެއްވިއްޔާ މި ރިޕޯޓުކަމުގައި ހަދާނަން،" އިމްރާން ވިދާޅުވި އެވެ.

ޖަލުތަކުގެ ހާލަތު އޮޑިޓްކުރަން އުފެއްދި ކޮމިޝަންގެ ބައެއް މެމްބަރުންނާއެކު ހޯމް މިނިސްޓަރު އިމްރާން (މ) .- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންގެ މަސައްކަތްތައް މާތްﷲ އިރާދަކުރެއްވިއްޔާ ޖަލުތައް އިސްލާހުކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ފަށާނަން."

ކުރިއަށް އޮތް ދުވަސްތަކުގައި ޖަލުތަކާ ބެހޭ ބައިނަލްއަގުވާމީ އުސޫލުތަކަށް ފައްތައި ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. ނަމަވެސް ރިޕޯޓު ނެރެފައި މިވަނީ އެ މުއްދަތަށް ފަހުގަ އެވެ.

ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކުގެ ތެރޭގައި މާލެ ޖަލާއި ކ. މާފުށީ ޖަލާއި ކ. ހިންމަފުށީ ޖަލު ހިމެނެ އެވެ. އަދި ފުލުހުން ބަލަހައްޓަމުން އަންނަ ޖަލުތަކުގެ ތެރޭގައި މާލޭގައި ހުންނަ އަތޮޅުވެއްސާއި ދޫނިދޫ ޖަލު ހިމެނެ އެވެ. ބިދޭސީންނަށް ހާއްސަކޮށް، ހުޅުމާލޭގައި ޑިޓެންޝަން ސެންޓަރެއް ވެސް ހިންގަ އެވެ.

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބަހީދު

15 April 2019

ފޮޓޯ ނަގާފަ ނޫހުގަ އެކަނި ޖަހާލާ ކަމަކަށް ތިޔަކަން ނަހަދާ ވޭތޯ ބަލާތި. ޖަލުތަކުގަވެސް ތިބެނީ އިންސާނުން.

The name is already taken The name is available. Register?

ދިވެހިރައްޔިތުމީހާ

15 April 2019

ދަންނައެވެ. ޖަލުތަކުގެ ކޮމިޝަން މެންބަރުންނަށް ޚާއްޞަވެގެންވާ ކޮޓަރިއެއް ހޯމް މިނިސްޓްރީގައި ވުޖޫދުވެގެންވެއެވެ. ކޮމިޝަނުގެ މެންބަރުން ޙާޟިރުވާ ކޮންމެ ދުވަހަކަށް ތިރީސްހާސް ލިބެނިވި ގޮތަށް ކަންކަން ހަމަޖެހިގެންވީ ކަމުގައިވިޔަސް، އައުމެއް ނުވާ ދުވަސްތަކުގައާއި ރޭގަނޑު ކުޅަނދުރާ މާބުރު ވަދެ ނިކުމެވާ އުސޫލުން ވަދެލާ މެންބަރުންވެސް ކޮންމެ ދުވަހެއްގެ އުޖޫރަ ނަންގަވާކަމީ ދައުލަތަށް ނުހަނު އަސަރު ކުރުވާނެ ކަމެއްކަމުގައި ވިއެވެ. އަލިފުހާ

The name is already taken The name is available. Register?

ނަގިލި

16 April 2019

30000 ރ. އޭ ދުވާލަކު؟ ތިއީ ރައީސުލް ޖުމްހޫރިއްޔާގެ މުސާރައަށް ވުރެން ބޮޑުމުސާރައެއްނު؟ ތިއީ އޮޅުމެއް... އެއީ މަސްއަރަކު ކަމަށް ވާނީ... އެއީ ހުރިހާ ކޮމިޝަނެއްގެވެސް ކޮމިޝަން މެމްބަރުންގެ އާއްމު މުސާރަ. އެމީހުން މަސައްކަތް ނުކޮށް ކިހިނެއްބާ ތިހާބޮޑު ރި÷ޯރޓެއް ނެރޭނީ ؟ ތީނަގެ ޒާތީކަމެއް އުޅޭހެން ވަރަށް ހީވޭ..

The name is already taken The name is available. Register?

‫ހުވާ

27 May 2019

ދ‫ޮގު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454