15 އެޕްރީލް 2019 - 19:12
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ)ގެ ތަކެތި މިއަދު ހަދިޔާކޮށްފި އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން ހަވާލުކުރި އުޅަނދުތަކުގެ ތެރޭގައި 28 ކާރާއި ލޯންޗަކާއި ވައިޖަހާ ވައްތަރުގެ ދެ ބޯޓް (ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓް) ހިމެނެ އެވެ. އެ ތަކެތީގެ ލިއުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަނާއީ ވިދާޅުވީ ޖަޕާނުން ހަދިޔާކުރި ތަކެތީގެ ސަބަބުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.
ޖަޕާނުން ފުލުހުންނަށް ހަދިޔާކުރި ތަކެތި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޖަޕާނު ސަފީރު ކެއިކޯ ޔަނާއީ ބައިވެރިވެވަޑައިގަންނަވަނީ. މިހާރު/ފޮޓޯ:ހުސައިން ވަހީދު
"އަދި މި ވެހިކަލްތަކާއި ބޯޓްތަކުގެ ބޭނުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ފުރިހަމަ އަށް ހިފައި، އަންނަން އޮތް އަހަރު ތަކުގައި ބޭނުން ކުރުމަށް ރަނގަޅަށް ބަލަހައްޓާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
ޖަޕާނުން ދިން ވެހިކަލްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޖަޕާނުގެ ހަދިޔާ އިން ދައްކައިދެނީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުުޅުމުގެ ހަރުދަނާކަން ކަމަށެވެ.
"ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ދަމަހައްޓަން ކުރާ މަސައްކަތަށް ޖަޕާނުން ވެދޭ އެހީ އަކީ އަޅުގަނޑުމެން [ސަރުކާރުން] ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވެދޭ އެހީތެރިކަމުގެ މިސާލެއް،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިޔާލް
16 April 2019
ތިޔަ އެއްޗެހީގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރާނަމަ ވަރަށް ސަޅިވާނެ.ރާއްޖެ ތެރޭގެ ސްޓޭޝަންތަކުގައި ދިމާވެފައިވާ ވެހިކަލްގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެކަމަށް އުއްމީދުކުރަން.
ބޭބެ
16 April 2019
މިތަކެއްޗަކީ މީގެ 2 އަހަރު ކުރިން ރާއްޖެއަށް ދީފައިވާ ތަކެތި!! ފުލުހުން މިތަކެތި ބޭނުންކުރާތާ 2 އަހަރު ނުވަތަ ދޮޅު އަހަރު ވެއްޖެ!!
ޢަޖައިބު
17 April 2019
ތިހާދުވަސް ވީ ކަމެއްނޭންގެ.. ކުރީ ސަރުކާރު އޮއްވާ ފުލުހުން ބޭނުން ކުރަން ފަށައިފި
ޝޮކްތެރަޕީ
16 April 2019
މިރާއްޖެއަ ލިބެން ހުރިތަކެތި ނަޝީދު ހުރަސްއަޅާފަ ވަނީ. ޤައުމަ ހެޔޮއެދޭމީހެއްނުން.
ކުއްޓި
16 April 2019
ނަޝީދު އާ ހިތާވާ ހާދަ ގިނަ ކުދިންނެއް އެޅެޔޭ ދޯ ... ނަޝީދު ނަޝީދު ނިދީގައިވެސް ނަޝީދު.
kutti
17 April 2019
hahaha
ހަހަހަހަހަ
16 April 2019
ތިތަކެއްޗަކީ ފުލުހުން އަމިއްލަ ދަތުރުކުރަން ދީފަ އޮންނަ އެއްޗެއް
އަސް
16 April 2019
ރަގަޅު ފައިސާ ދޭނެކަމެއް ނެތް.
ފިލާވަޅު
16 April 2019
އިމްރާން ފައްޔާޒު ފުލުހުނައް އަދިވެސް ބަޖެޓް ބޯޑޯކޮށް މުސާރަވެސް ބޯޑޯކޮށް އަބިދަރިންގެ ކަންކަން ކުރެވޭނެ މަގުފަހިކޮށް މިބައިމީހުން އަސްލު މަސައްކަތައް ނެރެން އެބަޖެހޭ،ރައްޔިތުންގެ އަތުން ޓެކްސް ބޮޑުކޮށްގެންވެސް،މިގައުމުގަ ރައްޔިތުންނައް ވުރެއް ގިނަ އިއްލީގަލް މީހުން އަދި މިޤަޢުމުން ބޭރުކުރާ ފައިސާ މަހަކަށް60މިލިއަން ޑޮލަރައް އެބައަރާ، ދިވެހި ހިއުމަން ރިސޯސް ޕާޓީކުރުމުގަ/ޑްރަގްސްގަ، ހުރިހާ ކުދިވިޔަފާރި ބޭރުމީހުން އަތުގަ މިވެސް ގަޢުމެ މުސްތްގްބަލް
ދިވެހިޤައިދީ
15 April 2019
އަޅެ ކަރެކްޝަނަލް ސަރވިސް އަށްވެސް މިހެންކޮމެސް ވަރެއްގެ އެހީއެއް ވެދީބަލަ. އެތާގަ ގެންގުޅޭ ވެހިކަލް ތަކާ ލޯޗްތަށް ހަލާކުވެގެން ނުދުއްވޭހާލުގަ މިހާރު ވިހި ފަންސަވީސް އަހަރުވަނީ، ނެޓްވާކު ވެސް 25 އަހަރު ކުރީގެ ތަކެތި އަދިވެސް ބޭނުން ކުރަން ޖެހެނީ
ފިލާވަޅު
16 April 2019
ޖަލަކީ މީހުން މުޖްތަމަޢްއަށް އަބުރާގެނައުމައްޓަކައި ބައެއްމީހުން(ކުށުގެ ބާވަތުން) ލެވޭތަނެއް ސްކިލް ވޯކޭޝަނަލް ޓްރޭނިންގް އެޑިޔުކޭޝަން އެންޑް ރިހިބލިޓޭޝަން ތިތަނުގައި މިޕްރޮގްރާމްތައް ހިންގާނަމަ ވެހިކަލް ހަލާކުވެފަ ހުންނާކައް ނުޖެހޭނެ / ނަމަވެސް ފަހުގެ ޓެކްނޮލޮޖީ ސަރުކާރުން ޕްރޮވައިޑްކޮށް ދެވެން ވާނެ ތިޔަތަނައް
ހދހދ
16 April 2019
ފުލުހުން ގެ ބަޖެޓަށް ވުރެ ބޮޑު ބަޖެޓެއް ދޭ ތިތަނަށް، ކީއްތަ ކުރަނީ ؟
ބްރޯސް
15 April 2019
ކާރުތައް ފޮނުވާ އައްޑޫ ސިޓީ ފުވައްމުލަކު ސިޓީ ލ.ގަން އަދި މާލޭގަ ގެންގުޅެން.
މިއަދު
15 April 2019
ތިފަދަ އެހީއެއް ޖަޕާނުން ދިނީތީ ޝުކުރުވެރިވަން އިންޑިޔާއިން އަބަދުވެސް އުޅެނީ ރާއްޖެއަޅުވެތިކުރަން ޖަޕާނުކިހާރަގަޅު
ކޮތަރުގެ އަސަރު
15 April 2019
ދެން ތިޔަކާރުތައް ބާރަށް ދުއްވާ ސަރވިސް ނުކޮށް ގެންގުޅެ ހަލާކު ކުރާނީ އެއް ނޫނެވެ. އެފަދަ ކަންތަށް ކުރުންވާނީ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެެރިވުން ކަމުގައެވެ.