ހޯރަފުށީގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ ފަޅުތެރެ މިއަދު ހިއްކަނީ
16 އެޕްރީލް 2019 - 18:36
ހއ. ހޯރަފުށީގައި އެއާޕޯޓު އަޅަން، އެ ރަށު ފަޅުތެރެއިން ބައެއް ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފު ބޭނުންކޮށްގެން މިހާރު ހިއްކަނީ އެ ރަށުގެ ހުޅަނގު ދެކުނު ފަރާތެވެ.
ހޯރަފުށީ ކައިރީގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިން ހިއްކަން މީގެ ކުރިން ވެސް މަހާޖައްރާފަ އެ ރަށަށް ގެންދިޔަ އެވެ. އެކަމަކު އެކި މައްސަލަތައް ދިމާވެ މަސައްކަތް ކުރިއަށް ނުގެންދެވުނީ އެވެ. އޭރު މަސައްކަތްކުރީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅު ކައިރިން ހިއްކައި އެތަނުގައި އެއާޕޯޓް އަޅާށެވެ.
ހޯރަފުށީގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ ފަޅުތެރެ މިއަދު ހިއްކަނީ
ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝާކިރު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ބިން ހިއްކުމުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފިނޮޅުގައި އަޅަން އުޅުނު އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކޮށް، އެއާޕޯޓު އެޅުމުގެ ރަސްމީ މަސައްކަތް މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޓަވާދެއްވާފަ އެވެ.
މާފިނޮޅުގެ ބަދަލުގައި ހޯރަފުށީގައި އެއާޕޯޓު އަޅަން ނިންމުމުން، އެ އަތޮޅުގެ ބައެއް ރަށްރަށުން ވަނީ ފާޑުކިޔާފަ އެވެ. އެ ރަށްރަށުގެ މީހުން ދެކޭ ގޮތުގައި މުޅި އަތޮޅުގެ ތަރައްގީ އަށް ބަލާއިރު އެއީ އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ސަރަހައްދެއް ނޫނެވެ.
ހޯރަފުށީ ހުޅަނގު ފަރާތުގައި އެއާ ޕޯޓް އަޅާ ހިސާބަށް ވަންނާނެ ބަނދަރެއް ނެތް އިރު އެތަނުގައި އެއާޕޯޓު އަޅާނަމަ އެހެން ރަށްރަށުގެ މީހުން އެތަނަށް ދާން ޖެހޭނީ ހޯރަފުށީ އިރުމަތީ ފަރާތުގައި އޮންނަ ބަނދަރަށް ގޮސް ވެހިކަލެއްގައި ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީއްބެ
17 April 2019
މިހާރު ބިމެއް ހިއްކާލަންވެސް ހާދަ ފަސޭހައޭ! އެއަރޕޯޓެއް އަޅާލަންވެސް ސުމެކޭ، ވަޞީލަތްތައް މިއޮތީ އަތުޖެހޭ ހިސާބުގައޭ، 100 ދުވަހެއް ދުވަހަކުވެސް ފުރިހަމައެއް ނުވާނެޔޭ، ވަޢުދު ފުއްދައި ނިންމައިފިޔޭ، ކޮންވަޢުދެއްހޭ، ވީ ވަޢުދޭ!
ނަރީމާ
17 April 2019
ޝުކުރިއްޔާ ތަރައްޤީގެ ބާނީ ރައީސް ޔާމީން. ޝުކުރިއްޔާ މަހާޖައްރާފު.
ކާފަބޭ
17 April 2019
ކޮބާ ރަންރީދޫ އިހަވަންދޫ ކުދިން މުޅި ހއ އޮންނަނީ އިހަވަންދޫ މައްސޫރުވެފަ އެމްޑީޕީ ރަށެއްގެ ގޮތުގަ އާބަދީ އާބާދީއާއި މަސަައްކތްތެރިކަމުގެ ގޮތުންވެސް އެކަމަކު ދެފަތާތައް ކިރިކިރި އޮންނަ ހޯރަފުށީ މިވަނީ އަޑުގަދަ ކަންކަން ކޮއްލަން ކުޅަދާނަ އެއިރެއްގަ ވާއިޖިއަތަކައް ދުއްވާ ފައްސިހި ބައެއްގެ ގޮތުގަ އިހަވންދޫ މީހުންކުރާނީ މަސައްކަތް ޗާންސު އޮތީ އަޑުގަދަމީހުނައް
އަލްމާ
17 April 2019
ތިހެދެނީ އެންމެ ރަގަޅުތާ.. މެޕް ބަލައިލާފަ މި ބުނީ. މައްސަލަ ޖައްސާ ގުރޫޕްވެސް މެޕް ބަލާލާ
ހަސަން ނުވަވަނަ
17 April 2019
ފަޅު ހިއްކުމާ ގަސް ކެނޑުމާ ބަނދަރު ހެދުން މިއީ ޖަޒީރާ ކޮންސެޕްޓާ ހިލާފްކަމެއް
ްއަފްރާދު
17 April 2019
ނޫނޭ އަވަސް ހަމަ ސާބަސް އަޞްލުގައި މާފިނޮޅަކީ ރިސޯޓެއްވެސް ހެދޭކަހަލަ ރަށެއް އެއަރޕޯޓް ތިޔަ ހަދަނީ ހަމަ އެންމެ ރަނގަޅުތަނުގައި
55555
17 April 2019
ކަލޯ ހަމަ ސީޕްލޭން ކިޔާ އެއްޗަކީ މިމީޙުން ދަންނަ އެއްޗަކަށް ނުވަނީތަ؟ އިބުރާހިމާ. ތިޔަތާ 1 އިންޓަރނޭޝަނަލް އެއަރޕޯޓް އޮވެފައި ރިސޯޓްތކަކަށް މީޙުން ގެންދާ ގޮތަށް ސީޕްލޭން ޕްލެޓްފޯމެއް އެޅިމަ ނިމުނީ. ކީއްވެތަ މީޙުން ބާލަން ޖެހޭތީ ރިސޯޓްގައި ނާޅާ އެއަރޕޯޓެއް ސީޕްލޭނުން ހަމަޖައްސަން ޖެހޭ ކަމެއް މީހުން ދިރިއުޅޭ ރަށްރަށާ ޖެހުނީމާ ތަން ސުންނާފަތި ނުކޮށް ނުވަނީ؟ އިބުރާހިމް ތަފާތު ވެބަލަ. އަންނި ކޮމިޓީން ނެއްޓި.
ރިސޯޓް
17 April 2019
ސީޕްލޭން ކުޑަވީމަ ކޮންމެ ދަތުރަކަށް ބޮލަކަށް ކުރަން ޖެހޭ ހަރަދު ބޮޑު. މޫސުން ގޯސްވިއްޔާ އަދި ރޭގަނޑުވެސް ދަތުރެއް ނުކުރެވޭ. ރާއްޖެ އޮތްގޮތުން އެއާޕޯޓް ތަކަކީ ބައެއް ހިސާބުތަކުގަ ފުދޭވަރަކަށް މުހިންމު އެއްޗެއް. ބަލަންވީ އެހާ ގިނަ ނުކޮށް ވީހާވެސް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް މިކަން ކުރެވޭނެ ގޮތް.
އަންްނި
17 April 2019
ބަލަ އެއް ފަޅުން އަނެއް ފަޅަށް. އީއައިއޭ ހެދިންތޯ؟ މިދިޔަ މަހު 25ގަ ނިންމި ކަމެއްގެ އީއައިއޭ ހަދާ،މިހާރު މަސައްކަތް ފެށޭހާ ދުވަހެއް އަދި ނުވޭ. މިކަމުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟ މާފިނޮޅުގައި ނޭޅީ ތިމާވެށި ހަލާކުވާނެތީ، އެކަމަކު ހޯރަފުށީގަ އެޅީމަ ކޮން ފައިދާއެއް ތިމާވެށްޓަށްވަނީ؟ ކޮން ދިރާސާއެއް ކުރެވުނީ؟ ރައްޔިތުންގެ ވިންދާ ދެކޮޅަށް، ރައްޔިތުންނަށް އުނދަގޫ ޖައްސަން ކުރީ ސަރުކާރުން ނިންމި ތަނުގައި ނާޅަން ތިރަށަށް ބަދަލުކުރީ
ނޫވިލު
17 April 2019
ވިސްނަންޖެހޭނެ ތިޔަތަން ހިއްކާއިރު، ތިޔަތަނުގާ އުޅުނު ފާޑުފާޑުގެ މަސްމަހާމެހި އެއާޕޯޓަށް އަރާފާނޭކަމަށް. އެހެނީ އެއެއްޗިއްސަށްވެސް އެނގިގެން ނުވާނެ އެއެއްޗެތިއުޅުނުތަން ބަދަލުވެއްޖެކަން.
މުރާދު
17 April 2019
ސާބަސް ރައީސް ޔާމީން. މަހާޖައްރާފަކީ ރާއްޖޭގެ ފަޅުތައް ހިއްކުމަށް ރައީސް ޔާމީން ހުޅުވައިލައިފައިވާ ފަހިދޮރެއް.