ވިލާ ކޮލެޖުން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 އެޕްރީލް 2019 - 21:11
ވިލާ ކޮލެޖުން 300 އަށް ވުރެ ގިނަ ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.
ތިން ސެޝަނަކަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، އެ ކޮލެޖުގެ އަމިއްލަ އަދި އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާގެ (އޯޔޫއެމް) ގެ ޕްރޮގްރާމުތަކުން 309 ދަރިވަރަކު ދަސްވެނިވި އެވެ.
ވިލާ ކޮލެޖުން މިއަދު ދަސްވެނިވި ދަރިވަރަކަށް، އެ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހެނދުނު ބޭއްވި ފުރަތަމަ ސެޝަންގައި ދަސްވެނިވީ އޯޔޫއެމް ޕްރޮގްރާމްތައް ނިންމި 77 ދަރިވަރުންނެވެ. އޭގެ ތޭރޭގައި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް އެކައުންޓިން ވިތު އޮނާސް، ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތު އޮނާސް، ބެޗްލާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ވިތު އޮނާސް، މާސްޓާސް އޮފް އެޑިއުކޭޝަން، ބެޗްލާ އޮފް އެޑިއުކޭޝަން (މެތެމެޓިކްސް) ވިތު އޮނާސް، ބެޗްލާ އޮފް އެޑިއުކޭޝަން (ޓީޗިން އިންގްލިޝް އޭސް އަ ސެކަންޑް ލެންގުއޭޖު) ވިތު އޮނާސް އަދި ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ވިތު އޮނާސް ނިންމި ދަރިވަރުން ހިމެނެ އެވެ.
ވިލާ ކޮލެޖުގައި ގެންދިޔަ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ދަސްވެނިވި ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ދާތޯ މަންސޫރު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވިލާ ކޮލެޖުން އޯޔޫއެމްގެ ކޯސްތައް ނިންމި ދަރިވަރުންގެ އަދަދު މިހާރު 1،823 އަށް އަރަ އެވެ.
މެންދުރު ފަހު ބޭއްވި ދެ ހަފުލާގައި 237 ދަރިވަރަކު ދަސްވެނިވި އެވެ. އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ މިއަދު ގްރެޖުއޭޓްވި ދަރިވަރުންގެ ތެރެއިން 30 ޕަސެންޓަކީ އެ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުން ކިޔެވި ދަރިވަރުން ކަމަށެވެ. އަދި ގްރެޖުއޭޓްވި ދަރިވަރުންގެ ތެރެއިން 51 ޕަސެންޓަކީ އަންހެނުންކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ އިތުރު ގްރެޖުއޭޝަނާ އެކު، މި އަހަރުގެ ތެރޭގައި ވިލާ ކޮލެޖުން ޑިގްރީއިން ފެށިގެން މަތީގެ ކޯސްތަކުން ޖުމްލަ 758 ދަރިވަރުން ދަސްވެނިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާގަރު
23 April 2019
ކޮރަޕްޝަންގެ ކަންކަމާ ދުރަށް ނުދެވި އިޚުލާސްތެރި ޚިދުމަތެއް ނުފެންނާނެއެވެ.
ކަރެކްޓަރ
21 April 2019
އަމިއްލަ އެދުން ތަކުގައި ޝާމިލް ވެގެން ކޮލެޖު ނުހިންގޭނެ ތަނުގެ ވެރިން ތަން ދެކެ ވާލޯބި ރުފިޔަ އަށްވުރެ މުހިންމު ވާންވެއްޖެ
އިސްލާހުކުރަންޖެހޭނިޒާމު
21 April 2019
ތިޔައީ ޑިގްރީ ބަހާ މިލްއެއް. ވިލާކޮލެޖް ނޫނަސް ގިނަ ތަންތަން އޮޕަރޭޓްކުރަނީ ހަމަ އެގޮތަށް. ކުދިންގެ ކޮލިޓީއެއް ނުހުރޭ. އެސައިންމަންޓް ހައްދުވަނީ މީހުން ލައްވާ. ހައްދަވައިގެން ކްލާހަށް ނުގޮސްވެސް ފާސްވެވެން އޮވޭ. ބަލައެއް ނުގަނެވޭ.
ސީރީއަސް
21 April 2019
މީގެ ކުރިން ވެރިއަކީ ރެކްޓަރ އެވެ. ތަން ދިޔައީ ބާރަށް ކުރިއަށެވެ. މިހާރު ރެކްޓަރ އަދި ވައިސްރެކްޓަރ ' ވައިސްރެކްޓަރ ގެ ނައިބު ' އެސިސްޓެންޓް ވައިސް ރެކްޓަރ ' އެސިސްޓެންޓް ވައިސްރެކްޓަރގެ ނައިބު ފަދަ އެތައް މަގާމެ ބޮޑުމުސާރަ އާއެކު އުފެއްދިފަ އޮތް އިރު ކީއްވެ ތިޔަހެން ވާންވީ
މޮހަން
21 April 2019
ތިޔައީ ވަކި ޖަލްސާގެ ސަބަބުން އަޅުގަނޑުމެން ގެ ލޮލޮން އައީ ވޭނީކަރުނައެވެ.
ކުލް
21 April 2019
އަޅޭ 51 ނޫން ބުނީ. 55 ޕަސެންޓަކީ އަންހެނުންނޭ
އަޙުމަދު ސުޙައިލް
21 April 2019
ތިޔައީ ޢިލްމީ މަރުކަޒަކަށްވާންޖެހޭނެއެވެ. މިހާރު ޢުމުރުން އެހާދުވަސް ވެއްޖެއެވެ. މިފެންނަ ކޮމެންޓް ތައް ކިއުމަކީ ހިތަށް އުފާލިބޭ ކަމެއް ނޫނެވެ. ލިބެނީ ނުތަނަވަސްކަމެވެ. އެއީ ތިޔަފަދަ ޢިލްމީ ކިއްލާއަކުން ނިކުންނަ ދަރިވެރުން ގެ ޝަކުވާކަން ކަށަވަރެވެ. ފެށުން ރަނގަޅުވިޔަސް މިހާރު މިފެންނަނީ އެހެން މަންޒަރެކެވެ. ވިލާކޮލެޖުގެ ކުރިމަގު ހެޔޮވުމަށް އުންމީދު ކުރަމެވެ.
އަޙުމަދު ސުހައިލް
21 April 2019
ދަރިވަރުންނަށް ރަގަޅު ގޮތްތަކެއް ހޯދާދިނުމަށް މަސައްކަތް ކުރާށެވެ. ރިވެތި އަދަބުތަށް ދަސްކޮށްދޭށެވެ. ޢިލްމީ ޖީލެއް ބިނާކުރެވޭފަދަ ހިޔާވައްސަކަށް ކޮލެޖު ހަދާދޭށެވެ. ކޮންމެ ދަރިވަރެއްގެ ހިތަށް އުފާލިބޭތަނަކަށް ކޮލެޖު ހަދާދޭށެވެ. ދަރިވަރުންގެ ޝަކުވާ އަޑުއަހާށެވެ، ތިޔައީ ދަރިވަރުން ޝަކުވާކުރާ މަރުކަޒަކަށް ނުހަދާށެވެ. ކޮންމެ ދަރިވަރަކީ މުހިއްމު ދަރިވަރެއް ކަމުގައި ޤަބޫލު ކުރާށެވެ.
ކޮވެލި
21 April 2019
ވިލާ ކޮލެޖުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކަކީ އުފާވެރި ހިތްގައިމު ދުވަސްތަކެއް. ސެޓްފިކެޓުން ފަށައިގަނެ މިއަދު މިހިރީ މާސްޓަރސް އާ ހަމައަށް ކިޔަވާފައި. މީގެ ސަބަބުން އެތަށް ފުރުސަތެއް ފަހިވެގެން ހިގައްޖެ. އަދި އަޅުގަނޑު ފަދަ އެތަށް ކުދިންނަށް މިފުރުސަތު މިކޮލެޖުން ހޯދައިދީފައިވޭ. ފަޚުރުުވެރިން މިތަނާ މެދު.
ކަނބާއައިޝަ
21 April 2019
އަބްދުއްސަލާމު ތިޔަ ކިޔަނީ ހެޔޮ ވާހަކައެކެވެ. އަންވަރުއުމުރުން ދުވަސް ވިޔަސް އެއީ ލާމަސީލު ބޭފުޅެއް