އޫރިދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ދަގަނޑޭ (ވ-2) އާއި އަސަދުﷲ އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
01 ސެޕްޓެމްބަރ 2016 - 13:27
އަލީ އަޝްފާގް (ދަގަނޑޭ) އާ އެއް ކްލަބަކަށް ކުޅޭތީ އެ ތަފާތު ގައުމީ ޓީމުގައި ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް އޭނާއާ އެކު މާޒިޔާގެ ފޯވާޑްލައިން ބަލަހައްޓަމުން އަންނަ އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
ގައުމީ ޓީމުގެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަ ދެ ކުޅުންތެރިން އެ ކްލަބަށް ކުޅެން ފެށީ، މީގެ ދެ މަސް ކުރިން ދަގަނޑޭ، މާޒިޔާއަށް ބަދަލުވި ހިސާބުންނެވެ. އަސަދުﷲ ވެލެންސިއާ އާއި މާޒިޔާ އަށް ކުޅުނުއިރު ދަގަނޑޭ މިދިޔަ ފަސް އަހަރު ފެނުނީ ނިއު ރޭޑިއަންޓުންނާއި މެލޭޝިއާގެ ޕީޑީއާރްއެމް އިންނެވެ.
"ގައުމީ ޓީމުގައި އެއްކޮށް ކުޅޭތާ ހަތަރު އަހަރުވެއްޖެ. ގައުމީ ޓީމުގައި އެއްކޮށް ޕްރެކްޓިސްކޮށް މެޗުތައް ކުޅެމުން މި އަންނަނީ. އެކަމަކު އެއް ކްލަބަކަށް ކުޅެފައި ގައުމީ ޓީމަށް ކުޅޭއިރު ތަފާތު ފެންނާނެ ކަމަށް އުއްމީދުކުރަނީ،" އަސަދުﷲ ބުންޏެވެ.
އެއް ކްލަބަކަށް ކުޅެން ފެށި ފަހުން ދެ ކުޅުންތެރިން އެކުގައި ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަސަދުﷲ ބުނީ މިރޭގެ މެޗަށް ނުކުންނައިރު އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ސީޒަނުގެ މެދުތެރެއަށް ވުމުން ހުރިހާ ކުޅުންތެރިން ފިޒިކަލީ ތިބީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.
"ވަރަށް އުއްމީދު އެބައޮތް،" އޭނާ ބުންޏެވެ. "ތަފާތު ފެންނާނެ މިރޭގެ މެޗުގައި. މޮޅު ކުޅުމަކާ އެކު ގޯލް ޖަހައިގެން މޮޅުވާން މަސައްކަތްކުރާނީ."
އަސަދުﷲ ބުނީ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓަކީ ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރާ ކޯޗެއް ކަމަށާއި އެކަމާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"އަދި ދެ ތިން ޕްރެކްޓިހެއްކޮށްލެވުނީ. އެހެންވެ ޓެކްޓިކްސްއާ ބެހޭގޮތުން އެއްޗެއް ބުނަން އަވަސް. އެކަމަކު ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރާ ކޯޗެއް މިއީ. ވަރަށް ހިތްހަމަޖެހޭ މި ކޯޗާ މެދު،" އަސަދުﷲ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަޖަމް
02 September 2016
ޙަހަހަ ކޮބާ ސްކޯ ކިހާ ވަރެންބާ؟؟
ނަރޫޓޯ
01 September 2016
ރާއްޖޭގެ ފުޓުބޯޅައެއް ނެތް. އެހެން ކަމަކާ އުޅުން ރަނގަޅީ..
ދެރަފުޓުބޯޅަ
01 September 2016
މިހާރުގެ ގައުމީ ޓީމު ކުޅުން ވަރަށް ދަށް !!! މޮޅުވުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއް!! ފުޓުބޯޅަ ވ ހަލާކުވެއްޖެ!! މިކުޅުންތެރިންނާ މެދު އުންމީދެއް ނެތް!! ފިޒިކަލް ފިޓްނަސް ވ ދަށް!!!!
ޗެންޑޫ
01 September 2016
އަސަދުﷲ މީ މާ މޮޅު މީހެއް ނޫން
އަމާޑޫ
01 September 2016
މިދިޔަ 2 އަހަރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާ.. ދެން ލަލަލާ
ައަހުމަދު
01 September 2016
މިރޭގެ މެޗު ބަލާލި މީހަކަށް އެނގޭނެ އަސަދުﷲ އަކީ ކިހާ ގެންވަރެއްގެ މީހެއްކަން......
ރޫބެލް މިއާ
01 September 2016
މިރޭ ބަންގްލާ 3 ރާޖެ 0 ޔަގީން. މި ޖަހާދޭތި.
ބޯގޯސް މީއާ
02 September 2016
ކަލޭ ހިތުން ވަރަށް މޮޅު ކޮމެންޓެއް ދޯ ތިކުރީ ތި ކޮމެންޓް ޖަހައި ނުދޭން. މިހާރު ހިތައްއަރާނެ ތި ކޮމެންޓް ކޮށްފައި ރައްޓެހިން ކައިރީ ތިވާހަކަ ނުދެއްކުނު ނަމައޭ. ފަސް ލަނޑު ޖަހައިގެން މޮޅުވެގައި އެއޮތީ. ކެކެކެކެ.