ވޯޓު ދެއްވުމަށް ފަހު އިނގިލީގައި ހުރި ދެލި ސަޕޯޓަރުންނަށް މޯދީ ދައްކަވާލައްވަނީ. --ފޮޓޯ:ރޮއިޓާސް
23 އެޕްރީލް 2019 - 19:32
ގުޖުރާތު (އެޕްރީލް 23) - އިންޑިއާގެ ދިގުދެމިގެންވާ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވޯޓު ދެއްވުމުގެ ކުރިން މަންމާފުޅުގެ އަރިހަށް ވަޑައިގެން އިހްތިރާމް އަދާކުރައްވައިފި އެވެ.
ތޭރަ އަހަރު މޯދީ ޗީފް މިނިސްޓަރުކަން ކުރެއްވި ގުޖުރާތަށް ވަޑައިގެން އަހުމަދުއާބާދުގައި، މަތިހުޅުވާފައިވާ ޖިޕެއްގައި ވޯޓުލައްވަން ވަޑައިގެންނެވި އިރު ސަޕޯޓަރުންނަށް ގެންދެވީ އަތުގެ އިޝާރާތުން ސަލާމަތް ކުރައްވަމުންނެވެ.
އިންތިޚާބުގައި މޯދީ ވާދަކުރައްވަނީ އުތުރުގެ އުއްތަރަ ޕްރަދޭޝްގެ ވަރަނަސި ސިޓީއަށެވެ. އެ ސިޓީގައި ވޯޓުލުން އޮންނާނީ މެއި 19 ވަނަ ދުވަހު އެވެ.
Gujarat: Prime Minister Narendra Modi met his mother at her residence in Gandhinagar today. He will cast his vote in Ahmedabad, shortly. pic.twitter.com/CUncTSpBTt
— ANI (@ANI) April 23, 2019
ވޯޓުގެ ކުރިން މޯދީ މަންމައާ ބައްދަލު ކުރައްވަނީ.
ގުޖުރާތަކީ މޯދީގެ އުފަން އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ވެއްޓެވި ސްޓޭޓް ކަމަށްވާތީ އެ ސްޓޭޓުގެ ގޮނޑިތައް މޯދީއަށާއި ބީޖޭޕީ އަށް ވަރަށް މުހިންމެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އިންތިޚާބުގައި ވެސް މޯދީ ވަނީ ގުޖުރާތުގެ ވަޑޮޑަޑަރާގެ ޕާލަމެންޓް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ވަރަނަސީ އަށް ވާދަކުރައްވާ އެ ގޮނޑި ކާމިޔާބު ކުރައްވާފައިވާތީ ވަޑޮޑަޑަރާގެ ގޮނޑި ދޫކޮށްލެއްވީ އެވެ.
ވޯޓުގެ ކުރިން މޯދީ ފުރަތަމަ ވަޑައިގެންނެވީ މަންމާފުޅާ ބައްދަލު ކުރެއްވުމަށް ގާނދީނަގަރަށެވެ. އޭގެ ފަހުން އަހުމަދުއާބާދަށް ވަޑައިގެން ވޯޓުލެއްވުމަށް ފަހު ހިންގަވާފައި ވަޑައިގެންނެވީ ބީޖޭޕީގެ ކެންޑިޑޭޓަކާ އެކު އެވެ. ބޮޑީގާޑުން ވަށާލާފައިވާ އިރު ވޯޓު ދެއްވުމަށް ފަހު އިނގިލީގައި ކުރެއްސެވި ދެލި ވަނީ ސަޕޯޓަރުންނަށް ދައްކަވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިޢުބު
24 April 2019
ނޫން ދަރިޔާ މިހާރު އެކަން ކުރަންޖެހޭ މިހާރު މަންމަގާތަށް ދިޔުމަކީ ޚއްޞަ ކަމެއް ވެރިކަން ލިބުންފަހުން މޯދީ މަންމަގާތަށް ދިޔަވާހަކަ މިއެހީ އަލަށް ސޯ ލިޔަންޖެހޭ
ރަދީފުއްދީނުލް އަކްބަރު
23 April 2019
މަންމަގާތަށް ދިޔުމަކީ ނޫހުގާޖަހަންޖެހޭވަރު ހަބަރެއްނޫން.