ދިރާގުގެ 30 ވަނަ އަހަރީ އާންމު ޖަލްސާ--ފޮޓޯ:މިހާރު
25 އެޕްރީލް 2019 - 21:09
ހިއްސާއަކަށް 11.91ރ. ބަަހަން ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފި އެވެ.
މިރޭ ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައިވާ އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ އޭގެ ކުރީ އަހަރަށްވުރެ 5.4 ޕަސެންޓުގެ ކުރިއެރުމެކެވެ.
ދިރާގުގެ ފައިދާ ބަހަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، އިންޓެރިމް ޑިވިޑެންޓުގެ ގޮތުގައި 452 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެ ފައިސާ އިން ހިއްސާ އަކަށް 5.96 ރުފިޔާ ބަހަން ނިންމާފައިވެ އެވެ. ފައިނަލް ޑިވިޑެންޓުގެ ގޮތުގައި ލިބިފައިވާ 452 މިލިއަން ރުފިޔާ އިން ހިއްސާއަކަށް 5.95 ރ. ބެހުމަށް ނިންމާފައިވެ އެވެ.
އަހަރީ އާންމު ޖަލްސާގައިވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ފާސްކޮށްފަ އެވެ. އަދި އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ފާސްކޮށްފައިވެ އެވެ. އެކްސްޓާނަލް އޮޑިޓަރަށް ފީއެއްގެ ގޮތުގައި 45،000 ޑޮލަރު ނުވަތަ 693،900ރ. ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
ދިރާގުގެ 30 ވަނަ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ 84 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ.
ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ އެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ. ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިޕީޑިއާ
26 April 2019
އަހަރެމެންނަށް ނެތްދޯ ހަމަ އެއްވެސްކަމެއް؟؟/
ފޭރޭ
26 April 2019
50 ހިއްސާ ގަތީ 8000 ރުފިޔާ އަށެވެ.މިހާރު އޭގެ ފަހުން 8 އަހަރު ވަނީ އެވެ.އަދި ހިއްސާގަތް 8000ރުފިޔާ ހަމަ އަށް ނުލިބެ އެވެ.ކިހާ މޮޅު ވިޔަފާރި އެއް ބާއެވެ.
ހަސަން އަލީ
26 April 2019
ދިރާގުން ހިއްސާވިއްކީ 80 ރުފިޔާއަށް. ޖުމްލަ އަގަށް ވާނީ 4 ހާސް ރުފިޔާ. ފައިދާގެ ގޮތުގައި ވޭތުވެދިޔަ 8 އަހަރު ކޮންމެ އަހަރަކުވެސް ބަހާފައިވޭ 10 ރުފިޔާއިން މަތިން. ދެން ކޮބާ ފައިދާ ނުވެފަ. އެއްޗެއް ނޭނގުނަސް މޮޅުވާންވެގެން ކޮމެންޓް ކުރާތި
މޮޅު ވިޔަފާރި
26 April 2019
މާނައަކީ އެމްޑީޕީ ވެރިކަމުގައި ދައުލަތް ނުހިންގިގެން އިގެރޭސި ކުންފުންޏަކަށް ވިއްކާލި ދިރާގުގެ 52% ހިއްސާ މިހާރު އެ އޮތީ ބަހުރައިން ކުންފުންޏަށް އިގެރޭސި ކުންފުންފުނިން ޑަބަލް އަގުގައި ވިއްކާލާފައޭ ދޯ؟
މުހުައްމާ
26 April 2019
ކުންފުނި ވިއްކާލި މީހުންމިތިބީ އަައިސް،ބާކީ އެތިކޮޅުވެސް ވިއްކާލާނެ 'މުވައްޒަފުން މަގުމަތިކުރާނެ.
ލޮނުމެދުފަޓާސް
26 April 2019
ހިއްސާއަކަށް ހާދަ ބައިވަރެކޭދޯ، އެއީ ޑިޖިޓަލްވީމަ އުތަ...........ހީހީހީ
އަހުމެ
26 April 2019
މިއީ ޖޯކެއް
ގޮން
25 April 2019
ލޮލް އުފާ ވެއްޖެ ހިއްސާ ނުގަނެވުނީމާ މީގެ 8 އަހަރު ވަރު ކުރިން...
ޟޮނީ
25 April 2019
ހިއްސު ހަމަ އަށް ހުރި މީހެއް ދިވެހި ރާއްޖޭގެ އެއްވެސް ކުންފުންޏަކުން ހިއްސާ ނުގަންނާ
ޢަބްދުﷲނާފިޒް
27 April 2019
ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ހިއްސުތައް ހަމަ ނޫންކަން ހާމަވީނު.
ޟަޒްރާ
25 April 2019
100 ހިއްސާއަށް 1191ރުުފިޔާ ލިބުނީމަ ރަނގަޅު އިނގޭތޯ.
ކާސިމު
25 April 2019
މިނޫން ވަރެއް ހަމަ ނެތީތޯ!!! އަހަރެންނަށް ކުނި ކާފަ ކިޔާ އިރުވެސް މިވަރުން އަހަރެން ގަތް ހިއްސާގެ އަދަދު ބްރޭކްއީވަންވެސް ވާނެ ހެނެއް ހީނުވޭ...