ދިވެހި ކުޅިވަރު / މިހާރު

މިހާރު އެވޯޑްސް އިން ތުލުސްދުއަށް ކުލަގަދަ ހަވީރެއް

ދަގަނޑޭ އާއި އިމްރާން އަދި އަކްރަމް ކުޑަކުދިންނާ އެކު ފޮޓޯ ނަގަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 2019 - 16:22

27 އެޕްރީލް 17:51

މިހާރު "ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގެ ހަރަކާތްތައް ތުލުސްދޫގައި ނިންމާލައިފި. "މިހާރު ސްޕޯޓްސް އެވޯޑްސް" ގެ އިޖުތިމާއީ ޒިންމާގެ މި ހަރަކާތް ކުރިއަށް ގެންދިޔައީ ސްޕޮންސަރުންގެ އިތުރުން ކ. އަތޮޅު ތައުލީމީ މަރުކަޒާއި ތުލުސްދޫ ޒުވާނުންގެ ރޫހުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން.

27 އެޕްރީލް 17:49

ފިއެސްޓާގައި ބައިވެރިވި ކުދިންތަކެއް ސްޓޯލެއްގައި.

27 އެޕްރީލް 17:48

ބީއެޗުއެމްގެ ސްޓޯލެއް ކައިރީގައި ކުޑަ ތިން ކުއްޖަކު ފޮޓޯއެއް ނަގަނީ.

27 އެޕްރީލް 17:47

ފިއެސްޓާގެ ތެރެއިން، ކޯޗު މާއްޓޭ ބައެއް މީހުންނާ ވާހަކަ ދައްކަނީ.

27 އެޕްރީލް 17:47

ފިއެސްޓާގެ ތެރެއިން ކުޑަކުދިންތަކެއް ކުޑަ ގޯލަށް ފުޓުބޯޅަ ކުޅެނީ.

27 އެޕްރީލް 17:46

ފިއެސްޓާގައި ބައިވެރިވި ކުޑަކުއްޖަކު ސްޓޯލެއްގައި.

27 އެޕްރީލް 17:42

ފިއެސްޓާ ހުށަހަޅައިދިން ޕްރެޒެންޓަރު މޫސާ ވަސީމް ކުޑަކުއްޖަކާ އެކު ފޮޓޯއެއް ނަގަނީ.

27 އެޕްރީލް 17:40

ފިއެސްޓާގެ ސްޓޯލެއްގައި ކުޑަކުދިންތަކެއް ކުޅެނީ.---ފޮޓޯ: މިހާރު

27 އެޕްރީލް 17:39

މިހާރު އެވޯޑްސްގެ ފިއެސްޓާގެ ހަރަކާތުގެ ތެރެއިން.

27 އެޕްރީލް 17:37

މިހާރު ނޫހުގެ ފަރާތުން ޒުވާނުންގެ ރޫހަށް ފުޓްސަލް ބޯޅަތައް ހަވާލުކުރުން.

27 އެޕްރީލް 17:37

ރެއިންބޯގެ ފަރާތުން ކ. އަތޮޅު ތައުލީމީ މަރުކަޒަށް ތިން ބުކްޝެލްފް ހަދިޔާކުރި.

27 އެޕްރީލް 17:36

މިހާރު ނޫހުގެ ފަރާތުން ކ. އަތޮޅު ތައުލީމީ މަރުކަޒަށް ވޮލީބޯޅަ ނެޓް ހަވާލުކޮށްދެއްވީ ގައުމީ ފުޓްބޯޅަ ޓީމާއި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ). ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ހަދިޔާއާ ހަވާލުވީ ޕްރިންސިޕަލް މިހާދު.

27 އެޕްރީލް 17:34

ސޮނީ ސްޕޯޓްސްގެ ފަރާތުން ތުލުސްދޫ ޒުވާނުންގެ ރޫހަށް ދިނީ ޖާޒީ ބައި އަދި ކ. އަތޮޅު ތައުލީމީ މަރުކަޒަށް ޖާޒީ ބައެއް. ސޮނީ ސްޕޯޓްސްގެ ފަރާތުން ހަދިޔާ ހަވާލުކޮށްދއްވީ މާކެޓިން މެނޭޖަރު އިސްމާއިލް ހުސެއިން. ތުލުސްދޫ ޒުވާނުންގެ ރޫހުގެ ފަރާތުން ހަދިޔާއާ ހަވާލުވެވަޑައިގަތީ ޖަމިއްޔާގެ ރައީސް މުހައްމަދު ޝިހާމް. ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕްރިންސިޕަލް މިހާދު.

27 އެޕްރީލް 17:33

ބީއެޗްއެމް ޓްރޭޑާސް އިން ކ. އަތޮޅު ތައުލީމީ މަރުކަޒަށް ހަދިޔާކުރީ ލެޕްޓޮކާއި ޕްރިންޓަރެއް. ހަދިޔާ ހަވާލުކޮށްދެއްވީ ބީއެޗްއެމް ޓްރޭޑާސްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އިބްރާހިމް މައުމޫން. ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕްރިންސިޕަލް މިހާދު

27 އެޕްރީލް 17:32

ފިއެސްޓާގެ ސްޓޯލެއްގައި ކުޑަކުއްޖެއްގެ ފޭސް ޕެއިންޓިން ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 17:29

ދިގު ދުވުމުގެ ތަރި ފަޒީލާއި ގައުމީ ފުޓުބޯޅަ ކޯޗު ސެލްފީއެއް ނަގަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 17:27

ޕްރިންޓް ލެބްގެ ފަރާތުން ކ. އަތޮޅު ތައުލީމީ މަރުކަޒަށް ހަދިޔާކުރީ ލެޕްޓޮޕެއް. ހަދިޔާ ހަވާލުކޮށްދެއްވީ ޕްރިންޓް ލެބްގެ މެނޭޖިން ޑިރެކްޓަރު މަދީހު ޖަމާލް. ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕްރިންސިޕަލް އަހުމަދު މިހާދު

27 އެޕްރީލް 17:26

ވެލިގާ ހާޑްވެއާގެ ފަރާތުން ހަދިޔާކުރީ ކ. އަތޮޅު ތައުލީމީ މަރުކަޒަށް 5000 ރުފިޔާގެ ގިފްޓް ވައުޗާއެއް. އިނާމް ހަވާލުކޮށްދެއްވީ ވެލިގާ ހާޑްވެއާގެ އޮފީސް މެނޭޖަރު އިރުފާއު އަބްދުﷲ. ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕްރިންސިޕަލް އަހުމަދު މިހާދު

27 އެޕްރީލް 17:26

އުރީދޫ މޯލްޑިވްސްގެ ފަރާތުން ތުލުސްދޫ ކައުންސިލަށް ދޭ ހަދިޔާއަކީ ޑިޖިޓަލް ލިޓެރަސީ ޕްރޮގްރާމެއް ހިންގައިދިނުން. މިއީ ސްކޫލް ދަރިވަރުންނާއި އުމުރުންދުވަސްވީ މީހުންނަށް ޓެކްނޮލޮޖީގެ ވަސީލަތްތަަކަށް އަހުލުވެރިކުރުވުމާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް. މިކަމުގެ ރަމްޒީ ލިޔުން ކައުންސިލާ ހަވާލު ކުރެއްވީ އުރީދޫ މޯލްޑިވްސްގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، ނާފިޒް އަބްދުﷲ.

27 އެޕްރީލް 17:25

މިހާރު ދަނީ ސްޕޮންސަރުންގެ އެހީތައް ތުލުސްދޫގެ ބައެއް އިދާރާތަކަށް ދިނުން.

27 އެޕްރީލް 17:23

މިހާރު އެވޯޑްސްގެ ތެރެއިން ކުޅިވަރު ތަރިންގެ ފިއެސްޓާއެއް ކޮންމެ އަހަރަކު ވެސް ބާއްވަނީ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި. އެގޮތުން، ފިއެސްޓާ ބާއްވާ ރަށެއްގެ ސްކޫލާއި ޖަމިއްޔާތަކަށް "މިހާރު" ން އެހީތެރިކަން ފޯރުކޮށްދޭނެ.

27 އެޕްރީލް 17:14

ފިއެސްޓާގައި ބައިވެރިވާ ކުޑަކުދިންތަކެއް.---ފޮޓޯ: ނިޝާން އަލީ/މިހާރު

27 އެޕްރީލް 17:12

ފިއެސްޓާގައި، ކޯޗު މާއްޓޭ އާއި އެހެން ބައެއް މީހުން ބައިވެރިވަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު

27 އެޕްރީލް 17:11

ފިއެސްޓާގައި، ލަވަކިޔުންތެރިޔާ ޝަލަބީ ލަވަކިޔަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

27 އެޕްރީލް 17:08

މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ފޭސް ޕެއިންޓިން އާއި އެކިއެކި ގޭމުތައް ކުޅުން. އަދި އިވެންޓުގެ ރަހަ ހެޔޮވަރު ކުރުމަށްޓަކައި ޝަލަބީގެ ލަވަކިޔުމުގެ އައިޓަމްތައް ވެސް ކުރިއަށް އެބަދޭ.

27 އެޕްރީލް 17:05

ފިއެސްޓާގައި ދަގަނޑޭ ތުއްތު ކުއްޖަކު އުރާލައިގެން.----ފޮޓޯ: މިހާރު

27 އެޕްރީލް 17:04

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ ބައެއް ކުދިންނާ އެކު ފިއެސްޓާގައި ފޮޓޯއެއް ނަގަނީ.

27 އެޕްރީލް 17:00

ފިއެސްޓާގައި މެސްކޮޓުން ވެސް ކުޑަކުދިންނާ އެކު ފޮޓޯ ނަގައި އެ ކުދިންގެ އުފަލުގައި އަންނަނީ ބައިވެރިވަމުން.

27 އެޕްރީލް 16:58

ފިއެސްޓާގައި ބައިވެރިވާ ބައެއް ކުދިން.---ފޮޓޯ: ހުސައި ވަހީދު/މިހާރު

27 އެޕްރީލް 16:57

ދަގަނޑޭ އާއި އިމްރާނަށް ތުލުސްދޫގެ ކުޑަކުދިން މަރުހަބާ ކިޔަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 16:55

ފިއެސްޓާ ކުރިއަށް ގެންދާއިރު، "މިހާރު" ސްޕޯޓްސް އެވޯޑްސްގެ ސްޕޮންސަރުންގެ އެހީތެރިކަމާ އެކު ތައްޔާރު ކޮށްފައިވާ ސްޓޯލްތަކުގައި ތަފާތު ގޭމްތައް ކުޑަކުދިންނަށް ކުރިއަށް ގެންދާނެ.

27 އެޕްރީލް 16:53

ފިއެސްޓާ އަށް ކޯޗު އަލީ ސުޒޭން އައުމުން ތުލުސްދޫގެ ކުޑަކުދިން މަރުހަބާ ކިޔަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 16:51

ފުޓުބޯޅަ ތަރިންގެ އިތުރުން ސްވިމިން އާއި ބެޑްމިންޓަން އާއި ޓޭބަލްޓެނިސް އާއި ވޮލީގެ ތަރިން ވެސް މި ފިއެސްޓާގައި ބައިވެރިވޭ. އެގޮތުން ބެޑްމިންޓަންގެ ގައުމީ ޓީމުގެ ކުޅުންތެރިން ނަބީހާ އާއި ނަބާހާ އަދި ޝަހުރުނާޒް ވެސް ކުޑަކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރާނެ.

27 އެޕްރީލް 16:48

ދަގަނޑޭ އާއި އަކްރަމާއި އިމްރާން މިހާރު ގެންދަނީ ކުޑަކުދިންނާ އެކު ކުޑަ ގޯލަށް ފުޓުބޯޅަ ކުޅެލައި މަޖަލުގެ ވަގުތުކޮޅެއް ހޭދަކުރަމުން. ފިއެސްޓާގައި ބައިވެރިވާ ކުދިންގެ ފަރާތުން ވެސް ފެންނަނީ އެކަމުގައި ވަރަށް ބޮޑަށް ގަޔާވެގެން އުޅޭ ތަން.

27 އެޕްރީލް 16:46

ކުޅިވަރު ތަރިންނަށް ތުލުސްދޫން މަރުހަބާ ކިޔަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 16:45

ކުޅިވަރު ތަރިންނަށް ތުލުސްދޫން މަރުހަބާ ކިޔަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 16:44

ކުޅިވަރު ތަރިންނަށް މަރުހަބާ ކިޔަން އެއްވި ކުޑަކުދިންނާއި ބައެއް ބޮޑެތި މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 16:41

ކުޅިވަރު ތަރިންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ ވެސް ބައިވެރިވޭ. މި ފިއެސްޓާގައި ބައިވެރިވާ ކުޑަކުދިންނާ އެކު ޝަލަބީ ފޮޓޯ ނަގައި އެ ކުދިންނާ އެކު މިހާރު އަންނަނީ ވަގުތު ހޭދަކުރަމުން.

27 އެޕްރީލް 16:38

ކުޅިވަރު ތަރިންނަށް ތުލުސްދޫން މަރުހަބާ ދެންނެވުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 16:36

ދިވެހި ގައުމީ ކޯޗަށް ތުލުުސްދޫން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

27 އެޕްރީލް 16:33

ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މިހާރު ދަނީ މަރުހަބާގެ އައިޓަމެއް ހުށަހަޅަމުން. މި ފިއެސްޓާގައި ތުލުސްދޫގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ވެސް އަންނަނީ ބައިވެރިވަމުން.

27 އެޕްރީލް 16:28

"ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގެ ތަރިން ތުލުސްދޫގެ ފުޓުބޯޅަ ދަނޑަށް މިހާރު ވަނީ އައިސްފައި. އޭގެ ތެރޭގައި ދަގަނޑޭ އަކްރަމާއި އިމްރާންގެ އިތުރުން ދިވެހި ގައުމީ ކޯޗާއި އަލީ ސުޒޭނާއި މައުރޫފު އަހުމަދު (މާއްޓޭ) ވެސް ހިމެނޭ. އަދި އެހެން ބައެއް ކުޅިވަރުތަކުގެ ތަރިން ވެސް ހިމެނޭ.

މިހާރު އެވޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ބާއްވާ "ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގެ ލައިވް ކަވަރޭޖަށް މަރުހަބާ.

ތުލުސްދޫގައި މިހާރު ކުރިއަށް ގެންދާ މި ފިއެސްޓާގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން މިހާރުގެ ކެޕްޓަން އަކުރަމް އަބްދުލްގަނީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދުގެ އިތުރުން މުހައްމަދު އުމައިރު ވެސް ބައިވެރިވޭ.

ފުޓްބޯޅަ ތަރިންގެ އިތުރުން ވޮލީގެ މަޝްހޫރު ކުޅުންތެރިންނާއި ބެޓްމިންޓަނާއި ޓީޓީ، އެތުލެޓިކްސް އަދި ފެތުންތެރިން ވެސް، ތަރިންގެ މި އީދުގައި ބައިވެރިވޭ.

ރާއްޖޭގައި ކުޅިވަރުގެ ދާއިރާ އިން ދޭ އެންމެ އަގުބޮޑު އެވޯޑްގެ މި އިވެންޓްގައި ސްޕޮންސަރުން ވަރަށް ދީލަތި އެހީތައް، ތުލުސްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި ޒުވާނުންގެ ޖަމިއްޔާ އަށް ދޭނެ. އެގޮތުން އެވޯޑްގެ މެއިން ސްޕޮންސަރުން ކަމަށްވާ އުރީދު އާއި އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަން ބޮޑު.

ކުޅިވަރު ތަރިން ތުލުސްދު އަށް އައުމުން މަރުހަބާ ކިޔަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭގެ އިތުރުން އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި މިފަހަރު ހަތް ކުންފުނި ބައިވެރިވޭ. އެއީ ބީއެޗުއެމް، ވެލިގާ، ސޮނީ ސްޕޯޓްސް، ރެއިންބޯ، ޕްރިންޓް ލެބް، ޓީއެފްޖީ އަދި ޑޮނާޑް.

އެވޯޑްސްގެ އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެޑްވަޓައިޒިން. މީޑިއާ ޕާޓްނަރަކީ ވީޓީވީ.

މެހެމާނުންނަށް ސްކޫލްގެ ދަރިވަރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454