އިމިގްރޭޝަންގެ މުވައްޒަފަކު އެތަނުގައި މަސައްކަތް ކުރަނީ. --- ފޮޓޯ: މިހާރު
04 މެއި 2019 - 12:45
މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓަންޓް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ބޭފުޅަކު ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު އިމިގްރޭޝަންގެ ދެ ވެރިއަކު ސަސްޕެންޑް ކުރި އެވެ. އެއީ އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ ކަން ވެސް ކުރައްވާ ހާމިދު ފަތުހުﷲ އާއި އެސިސްޓަންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދެވެ.
އެގޮތުން ހާމިދާއި އަބްދުﷲ ވަހީދު ސަސްޕެންޑް ކުރީ އެއް މަސް ދުވަހަށެވެ. އެކަމަކު ސަސްޕެންޝަނަށް ފަހު، އަބްދުﷲ ވަހީދު ވަނީ އޮފީހަށް ނުކުންނަވައިފަ އެވެ.
އިމިގްރޭޝަނުން ބުނީ ސީއެސްސީ އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ހާމިދު އަދިވެސް ހުންނެވީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައި ކަމަށެވެ. އެކަމަކު އޭނާ ސަސްޕެންޑް ކުރި ސަބަބެއް ނުބުނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަން ކޮށްފަ އެވެ.
އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކަން ހައްލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމާ ގުޅޭ ބައެއް ކަންކަން އިމިގްރޭޝަނުން ވަކިކޮށް، ދާދި ފަހުން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ވޯކް ވިސާ ޖަހައިދޭނީ އަދިވެސް އިމިގްރޭޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަމެއް
05 May 2019
ވިސާ ޑިޕޮޒިޓް ނުލިިބޭ
ޒުވާނާ.
04 May 2019
ބިދޭސީން މަދުކުރުމައް ހާއްސަ ސަމާލު ކަމެއްދިނުން ވަރައްމުހިންމު ކުޑަކުދިންނާ އެކު ގެއިންބޭރައް ނިކުމެ ޕާކެއްގަ މަޑުކޮއްލެވެންނޯވޭ ބަންގާޅިންނާހެދި ރަސްފަންނައް ވަނަސްއެހާއުނދަގޫބޮޑު ބައެއްޕާކުތައް ބިދޭސީންނައް މަނާކޮއް ކުޑަކުދިންނާ ބެލެނިވެރިންނައް ހާއްސަކުރަންޖެހޭ
ދެރަކަމެއް
05 May 2019
ކިހިނެއް މަދުކުރާނީ. ރާއްޖޭގެ ހުރިހާ މަސަކަތެއް ކުރަންޖެހެނީ އެ މީހުން.... ދެރަކަމެއް
މަވެސްމ
04 May 2019
ތިގޮތަށް ސަސްޕެންސަނޭ ކިޔާފަ ފުލް މުސާރަޔާއި އިނާޔަތާއެކު ގޭގަ އެބަތިބި ދެތިން މީހެއް
ތީޓީ
04 May 2019
ރަނގަޅު، ގަވައިދާ ހިލާފައް، ބިދޭސީން ގެނެސް ގެން ނުހައްގުން މުއްސަނދި ވެފަ ތިބި މީހުނެ ވަރަށް ގިނަ