މީހަކު ފޯނުން ޔޫޓިއުބް ބޭނުން ކުރަނީ.
05 މެއި 2019 - 06:55
މަހެއްގެ މައްޗަށް ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރައިފި އެވެ.
ގޫގުލްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ޔޫޓިއުބާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ސޫޒަން ޖޮސިކީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު މަހެއްގެ މައްޗަށް ދެ ބިލިއަނަށް އެރި އިރު އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު ފަސް ޕަސަންޓްގެ ކުރިއެރުމެއް ކަމަށެވެ.
މިދިޔަ އަހަރު މަހެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު އުޅުނީ 1.9 ބިލިއަނުގަ އެވެ.
Loved spending time yesterday with @YouTube creators at the North America #CreatorSummit. Thanks for the great conversation @MKBHD! pic.twitter.com/LSLculmrOM
— Susan Wojcicki (@SusanWojcicki) May 2, 2019
އެމެރިކާގެ ނިއު ޔޯކްގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ބްރޭންޑްކާސްޓް މާކެޓިން އިވެންޓްގައި ޔޫޓިއުބާ ބެހޭ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސޫޒަން ވިދާޅުވީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން ދުވާލެއްގެ މައްޗަށް 250 މިލިއަން ގަޑިއިރުގެ ވީޑިއޯ ބަލަ އެވެ. އަދި އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު 39 ޕަސެންޓްގެ އިތުރުވުމެކެވެ. އެއީ ފީ ދައްކައިގެން ބޭނުންކުރާ ޔޫޓިއުބް ސްޓްރީމިންގެ ހިދުމަތް "ޔޫޓިއުބް ޓީވީ" ގެ ހިދުމަތާ ވެސް އެކީގަ އެވެ.
ޔޫޓިއުބް ބޭނުންކުރާ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން އެ ޕްލެޓްފޯމް ބޭނުންކުރަނީ މޮބައިލް ފޯނުންނެވެ.
އެންމެ ގިނަ ވީޑިއޯ އެއްތަނަކުން ބެލެން ހުންނަ ޔޫޓިއުބަކީ މީގެ 14 އަހަރު ކުރިން 2005 ގައި ވުޖޫދަށް އައި ހިދުމަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy