އުރީދޫގެ ޗެއާމަން ކަމަށް އައްޔަންކުރި ޗެޕަލް: އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ މަހު --ފޮޓޯ/އުރީދޫ
09 މެއި 2019 - 16:02
އުރީދޫ މޯލްޑިވްސްގެ ޗެއާމަނަކަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ޗެއާމަންގެ އިތުރުން އުރީދޫގެ އިންޑިޕެންޑެންޓް ބޯޑު ޑައިރެކްޓަރަކަށް ޑޭމިއަން ފިލިޕް ޗެޕަލް އައްޔަންކުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
ޗެޕަލް އަކީ އުރީދޫގެ މައި ހިއްސާދާރު، ވަތަނިއްޔާ އިންޓަނޭޝަނަލް އިން އައްޔަން ކޮށްފައިވާ ބޭފުޅެއް ކަމަށް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.
އުރީދޫން ބުނިގޮތުގައި ޗެޕަލް މިހާރު އަދާ ކުރައްވަމުން ގެންދަވަނީ އުރީދޫ ގަތަރުގެ ޗީފް ކޮންސިއުމާ އޮފިސަރުގެ މަގާމެވެ. އޭނާ އަކީ މުވާސަލާތުގެ ދާއިރާ އިން 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އޮސްޓްރޭލިއާގެ ރައްޔިތެކެވެ.
ޗެޕަލް ވަނީ އޮސްޓްރޭލިއާގެ ސްވައިންބާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން އެޕްލައިޑް ސައިންސް އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
ދާދި ފަހުން، އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އައްޔަން ކޮށްފަ އެވެ. އާ މެނޭޖިން ޑިރެކްޓަރަކަށް ނަޖީބު އައްޔަން ކުރީ އެ މަގާމާއި އެ ކުންފުނީގެ ޗެއާމަންގެ މަަގާމުގައި ހުންނެވި ޚާލިދް އިބްރާހިމް އަލް މަހްމޫދް އެ ދެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާދު
10 May 2019
އަޅުގަނޑު މީގެ އަހަރެއް ކުރިން އުރީދުން ކެނޑުން އިރު، އެތާގައި ދިވެހިންނާއި ބޭރުމީހުންގެ މުސާރައިގެ ފަރަގު އިންތިހާޔަށް ބޮޑު. ދިވެހިން އެތާ ގެންގުޅެނީ ވެލިނަގާ ބަޔެއް ހެން. ދިރާގު ގޮތަށް ދިވެހި މުއައްޒަފުންނަށް ރަނގަޅު މުސާރަޔާއި ޖޮބް ސެކިއުރިޓީ ލިބޭ މާހައުލެއް އުރިދޫގައި އުފެދޭނީ ސީއީއޯ އަކަށް ދިވެއްސެއް އައިސްގެން.
މަސްރޭސް
09 May 2019
ފާޑުފަޑު މީހުންދޯ އަދިވެސް ނަގަންވި، ކޮބާހޭ 2018ވަނަ އަހަރު މަސްރޭސްގެ އިނާމް؟؟؟؟ ލަދުކޮބާ
މިނިވަންގިތެޔޮ
09 May 2019
އަހަރެން ހީކުރީ އިބްރާހިމް ހަލީލުއަށް ޗެއާމަންކަން ހަވާލު ކުރީކަމަށް.
ސެލްފީ ރައީސް އިބާ
09 May 2019
ކޮބާތަ މަލީހް... ނެޓު އަގުހެޔޮ ކުރަން ކިޔާފަ
ހިގޮ
09 May 2019
ރަގަނޅު ބޭރު މީހުން ލާންވީ ދިވެއްސަކު ކިތަންމެ މޮޅަސް ތިވަރުގެ މަގާމަކަށް އާދެވިއްޖިއްޔާ ދެންބަލާނީ ވައްކަން ކުރެވޭތޭ ލިބިފަ ހުންނަ ތައުލީމްގެ ބޭނުން ހިފާނީ އެގޮތަށް އެއީ ދިވެހިންގެ ކަށީގެ މަދަށް ޖެހިފަ ވާބައްޔެއް
ހަސަން ނުވަވަނަ
09 May 2019
އަސްލުވެސް ދޯ. ހެހެހެ
ކެވެލި
10 May 2019
ބީއެމްއެލް ގެ ސީއީއޯ އެންޑްރޫ ހީލީ ކިހިނެއްހެދީ؟