12 މެއި 2019 - 15:38
ޒިކުރާ މިސްކިތް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިސްކިތް 10 ބުރި އަށް އިމާރާތް ކުރަން އެ ކުންފުންޏާ އެކު ސޮއިކުރީ ޖުލައި، 9، 2018، ގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޮފީސް ބައިތަކެއް ވެސް ހިމަނައިގެން "ދާރުލް ޒިކްރާ"ގެ ނަމުގައި މިސްކިތް އިމާރާތް ކުރަން ވީ އެއްބަސްވުމާ އެސްޖޭ ކުންފުނިން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާ ގުޅިގެން އެއްބަސްވުން ބާތިލްކުުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެއްބަސްވުން ބާތިލްވާނެ ދުވަހެއް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން އެސްޖޭ ކޮންސްޓްރަކްޝަނުން ވާހަކައެއް ނުދައްކަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވަނީ ސަރުކާރުންނެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެއްބަސްވުން ބާތިލްކުރުމަށްފަހު އެ ފައިސާ ހޯދާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.
މި އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް އަހަރެއްވާން ކައިރިވެފައިވާއިރު ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
13 May 2019
2500 އަކަފޫތް ގެ ތަނެއް 10 ބުރިއަށް ހަދަން 130މިލިއަން؟؟ އަދި ސަރުކަރުން 30މިލިއަން ފުރަތަމަ ދުހު ދޭން ޖެހޭ... މިހިރީ ހިްނގަ ކޮރަޕްޝަން ..... މިވަރު ތަނެއް 10 ބުރި ނިންމާނެ 30 މިލިއަނަށް
ދޮންބެއްޔާ
13 May 2019
ތިޔަވާހަކައެއް ވެސް ދައްކާތާ މިހާރު ކިހާދުވަހެއް ވެއްޖެ. ދެންވެސް މަހެއް ދެމަހެއް ފަހުން ހަމަ ތިވާހަކަ. ގިނަ ވާހަކަ ނުދައްކައި އެއްބަސްވުން ބާޠިލުކޮށް މަސައްކަތް ކުރެވޭނެ ބަޔަކަށް ތަން ޙަވާލުކޮށްބަލަ
ކޮބާ..ކޮބާ
13 May 2019
ތިޔަ ކުންފުނީގެ ވެރިންގެ ނަންތައް ހާމަ ކޮށްދެއްވާ..މިސްކިތް ތަކުން ވެސް ވައްކަން...
ކޭކޭ
13 May 2019
ތިޔަ ކުންފުނީގެ ވެރިމީހާޢަކީވެސް މިހާރު މިލިއަނަރެއް. ތިޔަ ލާރި ގަނޑުންކަންނޭގެ އިހަށް ދުވަހުވެސް ހުޅުމާލޭގަވެސް ބޮޑު ފިހާރައެއް އެސްޖޭ ހޯމްޑެކަރގެ ނަމުގައި ހުޅުވައިފި. ތިކަހަލަ ލާރިގަނޑުން ތޯއްޗެއް މި މުއްސަނދިވަނީ
ކުޑަމަނިކު
13 May 2019
ތިޔަ އެސްޖޭ ކޮންސްޓްރަކްޝަން އަކީ ކޮން ބައެއްބާ އަނެއްކާ؟
ހުކޫމަތު
13 May 2019
ތި 30 މިލިއަން ރަގަޅަށް ވިއްޔާ ދީފައޮންނާނީ ގަޓު ރައީސަށް އެހެން ނޫނީ ރައްޔިތުންގެ ފައިސާތަކެއް އެއްވެސް ފައިނޭންޝިއަލް ސެކިއުރިޓީއެއް ނެތި ގާނޫނީ ގޮތުން ތިހެނެއް ނުދެވޭނެ
ޞައްދާމު
13 May 2019
ތިިޔަ އެސް.ޖޭ އަށް ދައްކާފައިވާ 30 މިލިއަން ރުފިޔާ އެއް އަނބުރާ ނުހޯދޭނެ! ކޮންމެމީހަކު ދައުލަތުން މުއްސަދިވާން ފައިކުރި އޮޅާފަ މި ތިބެނީ!
ޝޮކްތެރަޕީ
13 May 2019
30 މިލިޔަން އެމްޑީޕީ މީހަކަ ވަރައް ފަހުން ބަދަލެއްގެ ގޮތުގާދިން. އެމީހާ އުޅެނީ ރައިސް އޮފީހުގަ މިހާރު. ކުރީގެ ސަރުކާރޭ ކިޔާގެން ވާހަކަ ދައްކާވަރައް ވުރެ މިސަރުކާރު މިދަނީ ގޯސްވަމުން.
ލީލާ
12 May 2019
އެހެން ސަރުކާރަކުން ބަދަލުދޭން ނުޖެހޭގޮތަށް ނިންމާތި
ފޮނިޓައްޕު ހަސަނު
12 May 2019
30 މިލިއަން ރުފިޔާ އަކީ ގާތްގަނޑަކށް 2 މިލިއަން ޑޮލަރު. ހެޔޮނުވާނެ ރައްޔިތުންގެ ފާއިސާ ތިގޮތަށް ކައި ހަޖަމް ކުރަން.