އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ ކުރިއަށް ދަނީ
16 މެއި 2019 - 22:52
މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 58ރ. ބަހަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
މިދިޔަ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ނަމަވެސް އެސްޓީއޯ މުޅި ގްރޫޕްގެ ފައިދާ ހުރީ 30 މިލިއަން ރުފިޔާގަ އެވެ. މިހެން ދިމާވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އަށް ލިބުނު 199 މިލިއަން ރުފިޔާގެ ގެއްލުން ވުމެވެ. މިދިޔަ އަހަރުގެ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާ އެވެ.
ދަރުބާރުގޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ކުންފުނީގެ ޕާފޯމެންސް ރިޕޯޓު ހުށަހަޅައިފަ އެވެ. އަދި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް ފާސްކޮށްފައިވެ އެވެ.
މި އަހަރަށް އައްޔަނުކުރާ އެ ކުންފުނީގެ އޮޑިޓަރުން ހޮވައި، އުޖޫރަ ކަނޑައަޅާފައިވެ އެވެ. ކުންފުނީގެ އޮޑިޓަރަކަށް ކަނޑައެޅީ ކޭޕީއެމްޖީ އެވެ. އެ ކުންފުންޏަށް ދޭ އުޖޫރައަކީ 49،820 ޑޮލަރެވެ.
އެސްޓީއޯގެ މާލީ ހިސާބުތައް މިރޭ ހިއްސާދާރުންނަށް ދައްކާލަނީ
މިރޭގެ ޖަލްސާގައި 504 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.
އެސްޓީއޯގެ 83.6 ޕަސެންޓު ހިއްސާވަނީ ސަރުކާރުންނެވެ. ބާކީ 18.3 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެ ކުންފުނީގައި 4،045 ހިއްސާދާރުން އެބަތިއްބެވެ އެވެ.
މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 55ރ. އެވެ. މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވާ އިރު 2017 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔުބެ
17 May 2019
ތިޔަކުންފުންޏަކީ މައުމޫނުގެ ވެރިކަމުގެ ފަހުގެ އަހަރުތަކުގައި 70 ރުފިޔާއަށް ވުރެ ގިނައިން ހިއްސާއަކަށް ފައިދާ ބަހަމުން ދިޔަކުންފުންޏެއް. އޭގެފަހުން ވެރިކަމަށް އައިމީހުންގެ ކަމަކީ ކުންފުނި ފުޑާލުން. އެމްޑީޕީގެ ވެރިކަމުގައި އެސްޓިއޯގެ ފައިސާ ސަރުކާރުގެ ކޭޝްފުލޯ މެނޭޖްކުރުމަށް ބޭނުންކުރި. އަދި އެސްޓިއޯގެ ޚަރަދުގައި ފުވައްމުލަކު އެއަރޕޯޓްހެދި އަދި ސާކްސަމިޓަށް އެތަކެއް ބޭކާރު ހޭދައެއްކުރި. ޔާމީންކަންތައްކުރީވެސް ހަމަ މިގޮތަށް.
ބޮޑުމީހާ
17 May 2019
މިފްކޯއަށް 199 މިލިއަން ރުފިޔާގެ ގެއްލުން. ގެއްލުންވާވަރު އަދިވެސްކުޑަ. ކުންފުންޏަށް ބޭނުންނުވާ އެތައް މުވައްޒަފުންނެއް ބޮޑު މުސާރަދީފަ މަސައްކަތެއްނުކޮށް ތިބޭ. ކޮރަޕްޝަން އެހާގިނަ. އެންމެ ފަހުން އިއުލާންކުރި މެނޭޖަރ ވަޒީފާގަވެސް ޝަރުތުތަކަކީ އަސާސީ ތައުލީމާއި، ދެފަރާތް އެއްބަސްވާ މުސާރަ. ޑިގްރީ ފެންވަރުގެ މީހުން އެވަޒީފާއަށް ލުމުންވެސް ހޮވުނީ ގްރޭޑް 7 ގެ ފެންވަރުގެ މީހާ. މިވެސް ޒީރޯ ޓޯލަރެންސް ޓު ކޮރަޕްޝަންގެ ވައްތަރެއް
ދިވެހިމީހާގެ ދަރި
17 May 2019
މި ކުންފުނިންވާ މިވަރުގެ އެތިކޮޅެއްވެސް ދިއްކޮށްލާ. ޓޫރިޒަމް ހިއްސާ ވިއްކި ކުންފުނިން އެތިކޮޅެއް ނުލިބޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވަނީ.
ތުއްތަބެ
16 May 2019
ޙާދަ ރީތިކޮށް ޑޒައިން ކޮށްފަ ކުރި ތަނެކޭ، ވަރަށް ސަޅި
ބޮޑުހަަރަދު
17 May 2019
ގިނަ ހަރަދު ކުރެވެނޭ މިކަހަލަ ތާކުންތާކު ނުޖެހޭކަންކަމަށް.