ފައިޓާ ޖެޓް ގުދަނަށް ވެއްޓި ގެއްލުންތައް ލިބިފައި. --ފޮޓޯ:ގެޓީ އިމޭޖަސް
18 މެއި 2019 - 15:58
ލޮސް އެންޖަލްސް (މެއި 18) - އެމެރިކާގެ އެފް-16 ގެ ހަނގުރާމަ މަތީ ބޯޓެއް ލޮސް އެންޖަލްސްގެ ބޭރުގައިވާ ވައިގެ މަރުކަޒެއްގެ ކައިރީގައިވާ ގުދަނެއްގެ މައްޗަށް ވެއްޓިއްޖެ އެވެ.
ބޯޓު ވެއްޓުމުގެ ކރިން ބޯޓުގެ ޕައިލެޓް ވަނީ ވައި ކުޑައިގައި ފުންމާލައިފަ އެވެ. ބޯޓު ވެއްޓުމުން ރޯވި އަލިފާން ވެސް ވަނީ ގުދަނުގައިވާ އަލިފާން ނިއްވާ ނިޒާމުން ނިއްވާލައިފަ އެވެ.
އެމެރިކާގެ އެއާ ފޯސް އިން ބުނެފައި ވަނީ އެ ހާދިސާގައި ބިންމަތިން ފަސް މީހުން ޒަޚަމްވި ކަމަށެވެ. ބޯޓު ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް ގުދަނުގައި މަސައްކަތް ކުރާ މީހަކު ވަނީ އޭނާގެ ފޯނުން ނަގައިފަ އެވެ. ފޭސްބުކުގައި އޭނާ ބުނެފައި ވަނީ "އަހަރެމެންގެ އިމާރާތުގައި އަސްކަރީ މަތިންދާ ބޯޓެއް އެބައޮތް" ކަމަށެވެ. އަދި ގުދަނުގެ ފުރާޅުން ބައެއް ވެއްޓި، ފާރުތައް ހަލާކުވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މާޗް އެއާ ރިޒާވް ބޭސްއާ ކައިރީގަ އެވެ.
އެއާ ފޯސް ރިޒާވް އިން ބުނެފައި ވަނީ ވެއްޓުނު ބޯޓު އުޅުނީ ނޯތު އެމެރިކަން އެއަރޯސްޕޭސް ޑިފެންސް ކޮމާންޑުގެ ޓްރޭނިން މިޝަނެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގިޓާ
19 May 2019
އެއީ އޭތީގެ ގަރާޖު
ގިޓާ
19 May 2019
އެމެރިކާމިހުނަކަށް ނޯޅޭނެ އެއީ ޓެރަރިޒމުގެ ހާއްޔެއް ބޮންހުސްވީމަ ބޯޓުވައްޓާލީ އެތާތިބީ މުސްލިމުން އަދިފަހުން އެގޭނެ.
ކަކުނިބޯ
18 May 2019
ހުރިހާގުދަނެއްގައި ހެލްމެޓްއަޅުވާ
ރަދީފް
18 May 2019
އެކްސިޑެންޓެއް ހިނގާފާނެ ކޮންމެ ތަނެއްގައި ވެސް.
ޑީން
18 May 2019
ހުވާތަ..
ޚާރިޖު
18 May 2019
ގައިމު އިންޑިޔާގެ މަޝްހޫރު އިލްމުވެރިޔާ މަރޭ މިތުރު ވިދާޅުވަނީ އެބޭފުޅާ ކުރޮޅި ދުއްވަން ގެންގުޅުއްވާފަދަ އިންޓަނޭޝަލް ލައިސަންސްއެއް ގެންގުޅޭނަމަ ދުވަހަކުވެސް އެކްސިޑެންޓެއް ނުހިނގާނެ ކަމަށް.