ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ދީބާޖާއަށް ބަދަލު ދޭން ޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަށް ހަ މަސް ތެރޭގައި ކަމަށް ދައުލަތުން ބުނޭ --ފޮޓޯ/މިހާރު
20 މެއި 2019 - 11:45
ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލު ދޭން ކުރި ހުކުމުގެ މުއްދަތު ހަމަވާނީ ސުޕްރީމް ކޯޓުން އެ ހުކުމް ކުރިތާ ހަ މަސް ވުމުން ކަމަށް ދައުލަތުން ސިވިލް ކޯޓުގައި މިއަދު ބުނެފި އެވެ.
ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން އުވާލި މައްސަލާގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ދީބާޖާ އަށް ހަ މަސް ތެރޭގައި ފައިސާ ދައްކަން 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރުގެ ޖޫން މަހު ހައި ކޯޓުން ބާތިލްކުރި ކަމަށެވެ. އޭގެފަހުން ސިވިލް ކޯޓުގެ އެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ދެމެހެއްޓިއިރު، އެ ފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައި ނެތް ކަމަށާއި އެހެންވެ، ދީބާޖާއަށް އެ ފައިސާ ދައްކަން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ކަމަށް ބަލަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ ހުކުމް ތަންފީޒު މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުން ބޭއްވީ ސުޕްރީމް ކޯޓުން އެ ހުކުމްކުރިތާ މަހެއް ނުވަނީސް ކަމަށާއި އެކަމަކު އޭރު އެ ހުކުމް ތަންފީޒު ކުރަން ފަށަންޖެހޭ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަން ފެށޭނީ އެ މަހަކު ދައްކަންޖެހޭ މިންވަރެއް ހުކުމާ އެއްގޮތަށް ނުދައްކާ ހާލަތުގައި ކަމަށްވުމެވެ.
ދައުލަތުން ބުނިގޮތުގައި ކޯޓުން އިސް ނަގައިގެން އެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލާ ޚިލާފަށެވެ. އަދި ސުޕްރީމް ކޯޓުން ހުކުމްކުރި ފަހުން އެ ހުކުމް ތަންފީޒު ކުރަން ދީބާޖާ އިން ސިވިލް ކޯޓުގައި އެދުނުކަން އެނގިފައިނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ކަންކަން ފާހަގަކޮށް ދައުލަތުން އެދުނީ ހުކުމް ތަންފީޒު ކުރުމުގެ އެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާތިލްކޮށް ދިނުމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދައުލަތުން ބައެއް ކަންކަން ފާހަގަކޮށް ކޯޓަށް ކުރިން ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި އެ ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށް ދައުލަތުން ބުންޏެވެ.
ދީބާޖާގެ ފަރާތުން އެ އަޑުއެހުމުގައި ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ ދައުލަތުން ފައިސާ ދައްކަންޖެހޭ މުއްދަތު ނިމިފައިވާ ކަމަށާއި އެއީ ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ކަން ހުކުމުން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އިސްތިއުނާފް އެކި މަރުހަލާތަކުގައި އެ މައްސަލަ ލަސްވެގެން ދިޔައިރު އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާތައް އެބަހުރި ކަމަށާއި އެހެންވެ، އެ މައްސަލަ އަވަހަށް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ފަހީމް ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަމަށް ލިޔުމުން ޖަވާބުދޭން ދައުލަތުން އެދޭތީ އެކަމަށް ލިޔުމުން ޖަވާބު ދެއްވާނެ ކަމަށެވެ. އަދި އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.
ދީބާޖާއަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ހުކުމްކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީރިއަސް
20 May 2019
ކޮންމެއެތިވަރުތަކެއް ކިޔާފަވެސް ތިފައިސާ ޕާރޓީ އަށް ނަގާނެ.
ތާރޭ
20 May 2019
ރާވައިގެން މިއޮށް ސަރުކާރު ލޫޓުވައި ހުސްކޮށްލަނީ ހޫން ޒީރޯޓޮލެރޮންސްއޯ އެޖެންޑާ19ތަފާތުވާނެ މިއޮއްފެންނަށްފެށީ ބޮޑުތަނުން ތަފާތުކަން
ރަންރީދޫ ޓްވިޓަރޭ
20 May 2019
ކޮންމެ ސަރުކާރަކުންވެސް މިހެންކުރާ ކޮސްކަންތަކުގެ ބަދަލު މިދައްކަންޖެހެނީ ނިކަމެތި ރައްޔިތން ކޮންމެ ބަޔަކުވެސް ސަރުކާރާއި ހަވާލުވަނީ މަށަށްވާނޭ ކިޔާފަ
ފީއަލީ
20 May 2019
އެމްޑީޕީއިން ކުރީސަރުކާރުން ހެދި ހުރިހާއެއްބަސްވުންތަކެއް ގަ މިވަނީ ރައްޔިތުންނަށް ގެއްލުން މީބޮޑު މުސީބާތެއް މަތީގައިން ފޮޓޯގަވެސް ސޮއިކުރަން ތިބީވެސް ހުސް އެމްޑީޕީ މީހުން މީތަ އިންސާނާގެ ސިކުނޑިއަށް އަންނަ ތަރައްގީ އަކީ
ތީތިކަން ވާނެގޮތް
20 May 2019
ފައިސާ ދޭން އެއްބަސް ވަނީތަ؟
ހަކީމް
20 May 2019
ސަރުކާރުން މިހާރު ގޭމް ކުޅެ ރަށްޔިތުންގެ ލޮލުގައި އަދުން އަޅުވަނީ ... އާހިރުގައި ތިފައިސާ ދޭނެކަން ކަށަވަރު. ސޮއެ ކުރި ފޮޓޯ ގައި އިކޮނޮމިކް މިންޓަރުވެސް އެބަ އިންނެވި ... ބޮޑު ރޭވުމެއް.
ރުޅި
20 May 2019
ތިޔަ މައްސަލާގައި ދައުލަތަށް ލިބުނު ގެއްލުން ހޯދަން އަލުން ކޯޓަށް ލާބަލަ. ދީބާޖާއަށް ދިން ބިންތަކުންނާއި ޓެކްސް އަށް ދިން ލުއިގެ ބަދަލުހޯދަން. ކީއްވެތަ ގޮތް ހުސްވެ ތިޔަ ފައިސާގަނޑު ދޭން ތިޔަ އެއްބަސްވަނީ
ބްރޯ
20 May 2019
އެޖެންޑާ19 ހުވާކުރުމުގެ ކުރިން ތިލާރިކޮޅު ނަގަން ބަޔަކު ހާދަފޯރިއެއްއެބަހުއްޓޭއުތަ
އުދުހޭ
20 May 2019
ކޮރަޕްޝަން19 އަށް ނުވެއްޖެއްޔާ ރަގަޅު
ކަލޯ1234
20 May 2019
ސަރުކާރުން ތިފައިސާ ދޭނެކަމެއްނެތް ތިޔަ ހުކުމެއް ތަންފީޒު ނުކުރިޔަސް އެކަކަސްވެސް ކުރެވޭނެ އެއްވެސް ކަމެއްނެތް. ކޮން ދީބާޖާއެއްތަ.؟ ކޮން އަލްޙާއިނެއްތަ.؟އަހައްމަދާ އަޅެ ކަލެއަށް އެއްވެސް ކަމެއް ކުރެވޭނެތަ؟ ތިޔަކަހަލަ ހުކުމެއް އަބުއްﷲ ސައީދުއާއި އަލީ ހަމީދުއާއި ދެވެރިންވެސް ކުރި. އިމާރާތުން ނެރުނީ ކޫއްތާފަ.
އައްމަޓަ
20 May 2019
ހުވާ މިބުނީ ޔާންޓެ ހުރިނަމަ ތިޔަތަނުގެ ފުރާޅުގަނޑު އެކަށް ދުއްވާލާފަ ތިމީހުންނަށް ކުޅިދައްކާލާނެ ތިޔަކަހަލަ ހުކުމެއް ކުރިނަމަ.އަދި ނޫސްވެރިންނާއި އިންޑިއާ ލަންކާވެސް ޖެހޭނީ ހަމަ ސައިޒުގަ ތިބެން. މިއޮތީވާ މާބޮޑަށް ރިހަ ސަރުކާރެއް.