ޚަބަރު / އިލެކްޝަންސް ކޮމިޝަން

އަންހެނުންނަށް ކޯޓާއެއް ހަމަޖައްސަން ޕާޓީތައް ގަބޫލު، ފައިސާ ދިނުމުގެ އުސޫލު ބަދަލުކުރަން ހުށަހެޅި

އީސީން ރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، ދައުލަތުގެ ބަޖެޓުން މިހާރު ފައިސާ ދެމުން އަންނަ އުސޫލު ބަދަލުކުރުމަށް ބައެއް ޕާޓީތަކުން ރޭ ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ކަމާބެހޭ ފަރާތްތަކާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ) ން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮތީ، އެ ގާނޫނުތަކަށް އެ ކޮމިޝަނުން ގެންނަން ބޭނުންވާ 14 އިސްލާހަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި އެންމެ މެމްބަރުން ގިނަ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީ އަކުން ބައިވެރިވި ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ، އެ ކޮމިޝަނުން ދެން މަސައްކަތް ކުރާނީ ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ޕާޓީތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް ކަމަށެވެ.

ގާނޫނަށް އީސީން ހުށަހަޅަން ބޭނުންވާ ބައެއް އިސްލާހުތައް:

1) ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ދޭ ގޮތަށް ބަދަލު ގެނައުން.

2) އީސީ ބޭނުންވެއްޖެ ވަގުތެއްގައި ސިޔާސީ ޕާޓީތައް އޮޑިޓްކުރުން.

3) ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ކޮމިޓީ/ކައުންސިލް މަގާމުތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހިއްސާކުރުން.

4) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައި އޮޅުވާލައިގެން ނުވަތަ ނުފޫޒުން ނުވަތަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ސޮއިކޮށްފައިވާކަން ފުލުހުންގެ ތަހުގީގުން އެނގިއްޖެ ނަމަ އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުން.

5) ޕާޓީގެ ދަރަންޏެއް އުފެދުނުއިރު، އެ ޕާޓީއެއްގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުރި ބޭފުޅަކު އެ ދަރަންޏަށް ޝަހުސީ ގޮތުން ޒިންމާވުމަށް އެންގުން.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ އިސްލާހުތަކާ ގުޅޭގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނެއްގެ މަގުސަދަކަށް ވާން ޖެހޭނީ ވީހާ ވެސް ގިނަ ރައްޔިތުންގެ ސިޔާސީ ވިސްނުން، ހިންގުމުގެ ނިޒާމަށް ގެނެވޭނެ ގޮތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ހުރިހާ ފަރާތްތަކަކީ ގާނޫނީ ވަކި ޝަހުސަކަށް ވާއިރު ބެލެނިވެރިކަމުގެ ވިސްނުން ދޫކޮށްލަންޖެހެ އެވެ.

އައިމަން ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފައްދައި ދެމެހެއްޓުން ވާންޖެހޭނީ ވަރަށް ފަސޭހަ ކަމަކަށް ކަމަށެވެ. މަދަނީ ޖަމިއްޔާތަކުގައި، ކިތަންމެ ގިނަ ޖަމިއްޔާއެއްގައި ނަމަވެސް މެމްބަރަކަށް ވެވޭ ކަމަށާއި ނަމަވެސް އެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނޯންނަނީ ކީއްވެގެންތޯ އައިމަން ސުވާލު އުފެއްދެވި އެވެ.

"މީހަކު ހަމަ ޝައުގުވެރިކަން އޮވެދާނެ މިސާލަކަށް ޕީއެންސީގައި ހުރެފައި ލޭބަ ޕާޓީގައި ހުރުމަށް. އެކަހަލަ ވިސްނުމެއް ވެސް ގެންގުޅެވިދާނެއޭ. ހަމަ އެއާ އެކު ޕާޓީތަކުގެ ދަފްތަރަށް ނުބަލައި އެހެން ކަންކަމަށް ބަލާފައި ފައިސާ ދިނުމަކީ ވެސް މުހިންމު ކަމެއްކަމަށް ދެކެން،" އައިމަން ވިދާޅުވި އެވެ.

އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ވިސްނުމަކަށް ދާންޖެހޭ ކަމަށެވެ. ކިތަންމެ ވަރަށް އެ ވާހަކަ ދެއްކި ނަމަވެސް ކޯޓާ ސިސްޓަމެއް ކަނޑަނާޅައި އަވަހަށް އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ދެ ނައިބު ލީޑަރުންކަމުގައިވާ އާދަމް ޝަރީފް (ވ) އަދި މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް މުޖުތަމައު އެކަމަށް އެހާ ބޮޑަކަށް ތައްޔާރު ނޫން ކަމަށެވެ. އަންހެނުން އިންތިޚާބަށް ކުރިމަތިލުމުން، އެ މީހުންނަށް އިސްކަން ދިނުން ވެސް އޮންނާނެ ކަމަށާއި ނަތީޖާ ވެސް ތަފާތުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު ފެނިގެން ދިޔައީ އެ މަންޒަރެއް ނޫންކަމަށް ވިދާޅުވި އެވެ.

އަލަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، ޕާޓީއެއްގައި ދެ ނައިބު ލީޑަރުން ތިބޭ ނަމަ އެތަނުން އެއް ޖާގަ ހާއްސަ ކުރަން ޖެހޭނީ އަންހެނުންނަށެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެއީ ރަނގަޅު ބަދަލަކަށް ވާނެ އެވެ. އަދި އެގޮތަށް އަމަލުކުރާ ޕާޓީތަކަށް އިތުރަށް ފައިސާ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އީސީގެ ބައެއް މެމްބަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެހެން ނޫނިއްޔާ ހަމަ ކުރިން ވެސް ޕްރެކްޓިސް ކުރި ގޮތަށް މިކަން ކޮށްގެން އަނެއްކާ ވެސް، ގާނޫނުން ލާޒިމް ކުރާތީ، މިކަން ކޮށްގެން އަދި އަންހެނުން ބާރުވެރި ކުރި ކަމަކަށް ނުވާނެ. އެހެންވީމާ ގަބޫލު ކުރެވެނީ މީގައި ތަފާތު ވިސްނުމަކަށް ދާ ކަމުގައިވާ ނަމަ އެފަދަ ޕާޓީތަކަށް ދެވޭ ފައިސާގެ އިނާޔަތް އިތުރު ކުރެވިއްޖެ ކަމުގައިވާ ނަމަ މި ކަމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ،" މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީގެ ރޫހަކަށް ވާންޖެހޭނީ ޕާޓީތައް އުފެއްދުމަށް ހިތްވަރުދިނުން ކަމަށެވެ. ނަމަވެސް ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި، ވަކި މީހަކު ކުރާ ކަމަކުން ޕާޓީ އުފެއްދުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ބަދަލުކުރުމަކީ، ޕާޓީތައް އުފެއްދުމަށް އިތުރު ހުރަހެއް ކުރިމަތިވާނެ ކަމެއް ކަން ފާހަގަކުރެއްވި އެވެ.

އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފް ވިދާޅުވީި ގޮތުގައި، ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަކީ ހެޔޮ ބަދަލަކަށް ވާނެ އެވެ. ކުދި ޕާޓީތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި ޕާޓީތައް ޒިންމާދާރު ކުރުމުގެ މަސައްކަތްތައް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލޭބަ ޕާޓީގެ ރައީސް އަބްދުﷲ ހަސީން ވިދާޅުވީ، މިހާރު ފެންނަނީ ސިޔާސީ ތަފާތު ފިކުރުތަކަށް ފުރުސަތު ހަނިވަމުންދާ މަންޒަރު ކަމަށެވެ. އެހެންވެ ގާނޫނު އިސްލާހުކުރާއިރު، ގިނަ ފިކުރުތަކަށް ފުރުސަތު ދެވޭނެ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި އީސީ އަށް ހުށަހަޅަންޖެހޭ 3،000 ސޮޔަކީ ގިނަ އަދަދެކެވެ.

"މިސާލަކަށް، ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ކަހަލަ ގްރީން ޕާޓީތައް، އެފަދަ ޕާޓީތަކަށް އެ ކަހަލަ ކަންތައްތަކުގައި ހިޔާލު މުޖުތަމައުގައި ހުރި މިންވަރަށް ބަލާއިރު ނުލިބިދާނެ މި ދެންނެވި މެމްބަރަަށް. އެހެން ނަމަވެސް އެ ހިޔާލާއި ފިކުރަކީ ދެމެހެއްޓެނިވި ތަރައްގީގައި ގައުމަކަށް ވަރަށް މުހިއްމު ފިކުރެއް. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެ އަދަދަކީ ވަރަށް ބޮޑު އަދަދެއް، 3000 އަކީ،" ހަސީން ވިދާޅުވި އެވެ.

އޭނާ ވަނީ ޕާޓީތައް ރަޖިސްޓަރީ ކޮށްދޭ އަދަދު ދަށްކުރުމަށް ހުށަހަޅުއްވައިފަ އެވެ. އޭރުން ތަފާތު ފިކުރުތަކަށް ފުރުސަތު ދެވޭނެކަން ފާހަގަކުރެއްވި އެވެ.

19 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދީބު

22 May 2019

އެއްވެސް މަޤާމަކަށް އެއްވެސް ފުރުޞަތަކަށް ޖާގަ ދޭއިރު، ވަކި ޖިންސަކަށް ކޯޓާ ކަނޑައެޅުމަކީ މިންތީ ހަމަހަމަކަމެއް ނޫން. ޖެންޑަރގެ މާނައަކީ އަންހެނުންހެން ހީވާން ފަށައިފި. ތިއީ އަންހެނުން ބާރުވެރިކުރުވަނީކީ ނޫން. ތިއަށް ކިޔަނީ އަންހެނުން ގަދަކަމުން ބައިވެރިކުރުވަނީއޭ. ހަމަހަމަ ފުރުޞަތު ދޫކޮށްފައި އޮތުމުން އަންހެނުން ބޭނުންވާނަމަ ވާދަކޮށްގެން ނުވަތަ ބުރަކޮށް މަސައްކަތް ކޮށްގެން ހައްޤު މަޤާމް ހޯދުމަކުން މައްސަލައެއް ނެތް.

The name is already taken The name is available. Register?

ގޯޕާލް

22 May 2019

ތަންކޮޅެއް ފަސޭހަ ގޮތެއް އެބައޮތް. ދެޖިންސަށްވެސް ހަމަހަމަކޮށް ފުރުސަތުހުޅުވާނީ އިންތިޚާބުތަކަށް. ވޯޓު ގުނައި ނިމުމުން އަންހެން ކަނބަލުންނަށް ތިރީސް ޕަސެންޓް އެޑްކޮށްލާނީ. މިސާލަކަށް 100 ވޯޓު ލިބުނު ކަނބަލާއަށް 130 ވޯޓުލިބުނުކަމަށް ބަލާނީ. ފިރިހެން ކަލުން އެ ތިރީސް ޕަސެންޓް ހަޖަމުކުރާނީ. އޭރުން އެއޮތީ ހަމަހަމަވެފަ. އިންސާފުވެރިވެފަ.

The name is already taken The name is available. Register?

މަ މިއު މަ

22 May 2019

މިގޮތަށް %30 ޕަސެންޓް މަޖިލީހައް ދޭނަމަ އަހަންނަށް އެކަމެއް ގަބޫލެއް ނުކުރެވޭ. މިއަށް ވުރެ އަސްލު މާ ރަނގަޅު މަޖިލީހުގަ އަންހެނުން ރެޕްރެޒެންޓްކުރަން އަންހެނުން ތިބެފަ ފިރިހެނުންނަށް ފިރިހެނުން ތިބިއްޔާ، އޭރުން %50 ދެބަޔަށް ވެސް ލިބުނީ، ނިމުނީ އެއްނު ލޮލް އަސްލައްވެސް މިހެން ހަދަންވީ.

The name is already taken The name is available. Register?

އޮރިޖިނަލް މޮހަނު

22 May 2019

ހަމަހަމަކޮށް 100% ފުރިހަމައަށް ކުރިމަތިލާ ނެގުމުގެ ފުރުސަތު އޮވެމެ ގިނަ އަންހެނުން ވޮލަންޓަރިލީ މިކަމާ ކުރިމަތިނުލާއިރު، ދެން ގަދަކަމުން އެކަނބަލުން ގެނެސް 30% ވާވަރަށް ދީފަ އަތްޖަހަންވީ އަންހެނުންގެ ޙައްޤުތަކޭ ކިޔާފަ؟ މީ ޒަމާނީ ލިބަރަލް ލޮގިކް. މިކަމާ ދެކޮޅު ހަދައިފިއްޔާ އަންހެނުންގެ ހައްގުތަކާ ދުރުބައެއްގެ ގޮތުގަ ސިފަކުރެވޭތީ ދެއުޅިއެއްނުވާ ސިޔާސީ ލީޑަަރުންވީ އެއާއެއްގޮތަށް ހަދަންވީ. އެއްޗެކޭ ބުނަންކެރޭ ސިޔާސީ މީހަކުވެސް ނެތީތަ؟

The name is already taken The name is available. Register?

ހޭބަލިމިތުރު

22 May 2019

އަޅުގަނޑުގެ ހަމަ ފުލް %100 އެއްކޮން މާކުރިންވެސް އަންހެނުންނައް ދީފިން.

The name is already taken The name is available. Register?

‫ޖަޒީރާ

21 May 2019

‫100% އިން %30 އަށް ދައްކޮއްލީ? އަޅެމީހަކު އަންތަރީހެއްނުވާނެ? ތީއެއްނޫން އަންހެނުން ބާރުވެރި ކުރުވާގޮތަކީ. މީހުން ބިނާކޮށްގެން ވާނުވާދަސްކޮށްދީގެން. އޭރުން ނުޖެހޭނެ ކޯޓާ އެއްގެ ވާހަކަ ދައްކާކަށް. ތީހަމަ ގާނޫނީ ގިތުން ދިވެހިން މުސްލިމުންނަށް ވާހެން.

The name is already taken The name is available. Register?

ވާވާރު

21 May 2019

އެމްޑީޕީން ބައިވެރި ނުވީ ކީއްވެޔޯ؟

The name is already taken The name is available. Register?

ދޮންވެލި

21 May 2019

ހަމަހަމަ ކަން އޮންނަންވާނެއެވެ. އަ.ންހެނުންނަށް 30 އަދި ފިރިހެނުންނަށް ވެސް 30 ޕަސެންޓް ދިނީމަ ރަނގަޅު ވާނެއެވެ .

The name is already taken The name is available. Register?

ކަރަންފޫ

22 May 2019

ބާކީ ދޭންވީ 5 އަހަރު ނުފުރޭ ކުޑަކުދިންނަށް. އޭރުން ކުޑަކުދިންވެސް ބާރުވެރިކުރެވުނީ.

The name is already taken The name is available. Register?

އުދުހޭ

21 May 2019

ޖިންސީ ގޮތުން ހުންނަ ތަފާތަށް ބަލައިގެން ބައި އެޅުން އެއީ ބަލައިގަނެވޭނެކަމެއްނޫން. ވިސްނަނީ ސިކުނޑިން.

The name is already taken The name is available. Register?

އެންދެރި

21 May 2019

އަންހެނުންގެ އާބާދީގެ ބޮޑު ބައެއް މަގުމައްޗަށް ނިކުތީމަ ދަރީން ވިއްސި ވިހާލިވެ ގެންދެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454