ރިޕޯޓް

މެލޭޝިއާގެ އެމްބަސީ ދިވެހިންނާ އެންމެ ގާތުގައި

މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ރިސެޕްޝަން ކައިރީގައި ދިވެހި ދެ ބޭފުޅަކު މަޑުކޮށްލައިގެން. --- ފޮޓޯ: މިހާރު

މެލޭޝިއާ އަށް ދިވެހިން ގޮސް އުޅޭ އެންމެ މުހިންމު އެއް ސަބަބަކީ ތައުލީމް ހާސިލް ކުރުމެވެ. އިންޑިއާ އާއި ސްރީ ލަންކާ ނެގުމަށް ފަހު، ދެން އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ގައުމަކީ ވެސް މެލޭޝިއާ އެވެ. ދިވެހިން ހިދުމަތަށް ކޮންމެ ގަޑިއެއްގައި ގޮވާލި ކަމުގައިވިޔަސް، އެކަމަށް އަތުކުރި އޮޅާލައިގެން ތިބީ އެމްބަސީގެ މުވައްޒަފުންނެވެ. ވަރުބަލި ކަމެއް ނެތި، ދިވެހިންގެ މެހްމާންދާރީންގެ ގޮތުގަ އެވެ.

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ގުޅުން ގާއިމްކުރީ 1968 ވަނަ އަހަރު އެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރިތާ 51 އަހަރު ވެފައިވާ އިރު، އަހަރެއްގެ މައްޗަށް މެލޭޝިއާ އަށް އެކި ބޭނުންތަކުގައި ޒިޔާރަތް ކުރަމުން އަންނަ ދިވެހިންގެ އަދަދު 8،000 އަށް ވުރެ ގިނަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް މެލޭޝިއާގައި 2300 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެ އެވެ. އޭގެ ތެރެއިން 1،500 އަށް ވުރެ ގިނަ ދިވެހިންނަކީ ދަރިވަރުންނެވެ. މި ދިވެހިންނަށް މެލޭޝިއާގައި ހުންނަ އެމްބަސީން ފޯރުކޮށްދޭ ހިދުމަތްތައް ބައިވަރެވެ. ރާއްޖޭގެ ކައުންސިލަކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހެން އެ ތަނުން ދެ އެވެ.

ދިވެހި އެމްބަސީ އަށް ދިވެހިން އާންމުކޮށް ގޮސް އުޅޭ އެއް ސަބަބަކީ ޕާސްޕޯޓާއި އައިޑީ ކާޑު އާކުރުމަށެވެ. ބައެއް ކޮންސިއުލާ ހިދުމަތްތަކުގެ މައުލޫމާތު ދިވެހި އެމްބަސީން ދޭ އިރު، 24 ގަޑިއިރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ހާއްސަ ނަންބަރެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި ކޮންމެ ގަޑިއެއްގައި ދިވެހިންގެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެމްބަސީގެ މުވައްޒަފުން ތިބީ ތައްޔާރަށެވެ.

ދިވެހި އެމްބަސީގެ ދެ ބޭފުޅަކު މަޝްވަރާ ކުރައްވަނީ. މެލޭޝިއާ އަށް އަހަރަކު 8000 އަށް ވުރެ ގިނަ ދިވެހިން ޒިޔާރަތް ކުރަމުން އަންނަ ކަމަށް އެމްބަސީން ބުނޭ.--- ފޮޓޯ: މިހާރު

އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ތޯލިބް "މިހާރު" އަށް ވިދާޅުވީ ޕާސްޕޯޓާއި އައިޑީ ކާޑު އާކުރުމުގެ ހިދުމަތުގެ އިތުރުން ސެޓްފިކެޓް އޮފް އައިޑެންޓިޓީ ނަމުގައި ވެސް ލިޔުމެއް ދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސެޓްފިކެޓް އޮފް އައިޑެންޓިޓީ ލިބޭނެ ދެ ގޮތެއް އޮންނާނެ އެވެ. އެއީ އަލަށް ވިހާ ކުދިންނަށާއި ޓޫރިސްޓެއްގެ ގޮތުގައި މެލޭޝިއާ އަށް ގޮސް އުޅެނިކޮށް ޕާސްޕޯޓު ގެއްލިއްޖެ ނަމަ ދޭ އެއްޗެކެވެ.

"އަޅުގަނޑުމެން އެމްބަސީ އަށް އައިސް ފޯމެއް ފުރާލީމަ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި 10 ދުވަހުގެ ތެރޭގައި ޕާސްޕޯޓު ލިބޭނެ. އައިޑީ ކާޑުގައި ހުންނަ ހުރިހާ މައުލޫމާތެއް އަޅުގަނޑުމެން ޑީއެންއާރަށް ފޮނުވީމަ، މާލޭގައި ހުންނަ އިމިގްރޭޝަނުން އައިޑީ ކާޑު ލިބޭނީ،" ތޯލިބް ވިދާޅުވި އެވެ.

"90 ދުވަހުގެ ވިސާ ބޭނުން ކުރާ ގޮތް ގޯސް"

މެލޭޝިއާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭގެ ކުރިން އޮން އެރައިވަލް ވިސާގެ ގޮތުގައި ދިވެހިންނަށް ލިބެނީ 30 ދުވަހެވެ. ދިވެހިންނަށް އޮން އެރައިވަލް ވިސާގެ މުއްދަތު އިތުރު ކުރުމަކީ ލިބުނު ބޮޑު ލުޔެކެވެ.

އެކަމަކު، އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުހައްމަދު ނަޖީލް ވިދާޅުވީ ބައެއް ދިވެހިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ބޭނުން ކުރަނީ މެލޭޝިއާގައި ދިރިއުޅުމުގެ ބޭނުމުގައި ކަމަށެވެ.

އޮން އެރައިވަލް ވިސާއަކީ ޓޫރިސްޓެއްގެ ގޮތުގައި އަންނަ މީހުންނަށް ލިބޭ އެއްޗަކަށް ވާ އިރު، ތައުލީމް ހާސިލް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ހާއްސަ ވިސާތަކެއް ދިވެހިންނަށް ހުރި ކަން ނަޖީލް ފާހަގަކުރެއްވި އެވެ.

"ބައެއް ދިވެހިން އެބަހުރި 90 ދުވަހަށް އައިސްފައި، އެ ދުވަސްތައް ހަމަވާން ކައިރީވިމަ ސިންގަޕޫރަށް ގޮސްލާފައި ޖެހިގެން އަންނަ ދުވަހު އަނެއްކާ އަންނަނީ މެލޭޝިއާ އަށް. މި ވިސާއަކީ ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށް ދޭ އެއްޗެއް،" ނަޖީލް ވިދާޅުވި އެވެ.

"ކިޔަވަން ނޫނީ އެހެން ކަމަކަށް ވިސާ އެބަހުރި ހަމަޖެހިފައި. ދިގު މުއްދަތަކަށް ހުންނަ ނަމަ، އެހެން ވިސާތައް ބޭނުން ކުރަން ޖެހޭ."

އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުހައްމަދު ނަޖީލް ފޯނެއްގައި. --- ފޮޓޯ: މިހާރު

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި މިހާރު ބޭނުން ނުކުރެވޭ ގޮތަށް ހެދުމެވެ. ސްކޫލްތަކަށް ދާ އުމުރުގެ ކުދިންނާ އެކީގައި ދެ ބެލެނިވެރިންނަށް ތިބެވޭ ގޮތަށް ވިސާ ނުލިބުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ. އެކަމަކު، އެ ދެ ކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަންކަން ހައްލު ކުރަން އެމްބަސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ދިވެހިން މަދުން ނަމަވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރޭ"

ދިވެހި އެމްބަސީގެ އެންމެ ބޮޑު އިލްތިމާސްއަކީ މެލޭޝިއާގައި އުޅޭ އިރު، އެ ގައުމުގެ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލެނބުމަށެވެ. އަދި އަމިއްލަ އަށް "ގާނޫނުތައް ބަދަލުކޮށްގެން" އުޅެނިކޮށް ކުރިމަތިވާ މައްސަލައަކުން ސަލާމަތް ކުރަން އެމްބަސީ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ނަޖީލް ވިދާޅުވީ މެލޭޝިއާގެ ފުލުހުންގެ ބެލުމުގައި ދަށުގައި ހުންނަ ދިވެއްސަކަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް އެމްބަސީ އަށް ނޯންނާނެ ކަމަށެވެ. އެކަމަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކާ ބައްދަލުކޮށް، އެމީހެއްގެ ހާލަތު ބެލުމަކީ އެމްބަސީން މިހާރު އަމަލު ކުރާ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަކީލެއް ބޭނުންވާ ނަމަ، އެ ހިދުމަތް ފޯރުކޮށްދޭން ވެސް އެމްބަސީން މަސައްކަތް ކުރެ އެވެ.

"އެންމެ ބޮޑަށް ދިމާވަނީ މަސްތުވާތަކެތީގެ މައްސަލަތައް. ޖަލަށް ގެންދިޔައިމަ ވެސް އެމްބަސީގެ ސްޓާފުން ޒިޔާރަތް ކުރާނެ. ކޯޓަށް މައްސަލަ ފޮނުވާ ހިސާބުން ވެސް އެމްބަސީ އަށް ކުރެވޭނެ ކަމެއް ނެތް. އެކަމަކު، އަޅުގަނޑުމެން އަބަދުވެސް ކައިރީގައި މި ތިބެނީ،" ނަޖީލް ވިދާޅުވި އެވެ.

މެލޭޝިއާގައި މަދުން ނަމަވެސް ދިވެހިން މަރުވުމުގެ ކޭސްތައް ދިމާވެފައި އެބަހުއްޓެވެ. ނަޖީލް ވިދާޅުވީ މެލޭޝިއާގައި އުޅެނިކޮށް ދިވެއްސަކު މަރުވެއްޖެ ނަމަ، އެމްބަސީން އާއިލާ އަށް ފޯރުކޮށްދެވެން އޮތް ކަމެއް އޮތް ނަމަ، އެ ކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.

"ކަމެއް ދިމާވެއްޖެ ނަމަ، ހުރިހާ އެންމެނަން މިކޮޅުން ދެވޭ ހިދުމަތްތައް ދެން. ހިތްހަމަނުޖެހޭ ފަހަރު އަންނާނެ. ކުޑަ. ބޮޑެއް، މުއްސަނދި ދެރައެއް ބެލުމެއް ނެތި އަޅުގަނޑުމެންނަށް ދެވުނު ހިދުމަތެއް ވީ އެންމެ ރަނގަޅު ދެމުން މި ދަނީ،" --- ނަޖީލް

"އާންމުކޮށް ހިނަވާ ހުރިހާ ކަމެއް ކޮށްދޭނެ ގިނަ ހޮސްޕިޓަލްތަކުން. އަޅުގަނޑު އައި ފަހުން ހަތަރު މަރެއް ފާހަގަކުރެވުނީ. މިފަދަ ހާލަތްތަކުގައި އަޅުގަނޑުމެންގެ ތިބެނީ ކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެ ކަމެއް ފޯރުކޮށްދިނުމަށް،" ނަޖީލް ވިދާޅުވި އެވެ.

ވިސާ ނެތި މެލޭޝިއާގައި ދިރިއުޅުމަކީ އެ ގައުމުގެ ސަރުކާރުން ވަރަށް ހަރުކަށިކޮށް ނަގަމުން އަންނަ މައްސަލައެކެވެ. އެއީ ޖޫރިމަނާއަކާ އެކު ޖަލު ހުކުމެއް ވެސް އަތުވެދާނެ ކަމެކެވެ. އެކަމުގައި ވެސް އެމްބަސީ އަށް ކޮށްދެވެން އޮތް ކަމެއް ދިވެހިންނަށް ފުރިހަމަކޮށްދެމުން އަންނަ ކަމަށް ނަޖީލް ވިދާޅުވި އެވެ.

"އެއް ދުވަސް ނޫނީ ދެ ދުވަސް ވިޔަސް ދޫކޮށްލާ އުސޫލެއް ނުގެންގުޅޭ. ކުރިން ނަމަ، ޖޫރިމަނާއެއް ދައްކާފައި މެލޭޝިއާ އިން ފުރައިގެން ދެވިދާނެ. އެކަމަކު މިހާރު އޯވާ ސްޓޭ ވެއްޖެ ނަމަ، އިމިގްރޭޝަންގެ ހެޑް އޮފީހަށް ދާން ޖެހޭނީ. ގޮސްފައި ބަޔާން ނެގުމުގެ ޕްރޮސެސް ދާނެ 2-3 ހަފްތާ. މިހާރު އޮންނަ ގޮތުން ޖޫރިމަނާއަކާ އެކު ދެ އަހަރަށް ވުރެ ގިނަ ނޫން ދުވަސްތަކަށް ޖަލަށް ލަނީ،" ނަޖީލް ވިދާޅުވި އެވެ.

ދިވެހި އެމްބަސީގެ މުވައްޒަފުންގެ އިލްތިމާސްއަކީ މެލޭޝިއާ އަށް އަންނަ ދިވެހިންގެ ޕާސްޕޯޓުގައި އިމިގްރޭޝަނުން ޖަހާ ތައްގަނޑު ރަނގަޅަށް ބެލުމެވެ.

އެމްބަސީން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ މެލޭޝިއާގައި ހުންނަ ޔުނިވަސިޓީތަކާ ގުޅުން ބަދަހިކުރުމެވެ. އަދި އެ ތަންތަނުގައި ކިޔަވަމުން އަންނަ ދިވެހިންނާ މެދު ގާތް ގުޅުމެއް ބާއްވައި، އެމީހުން ބާއްވާ އިވެންޓުތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމަށް އެމްބަސީ އޮތީ ތައްޔާރަށެވެ.

ދިވެހި އެމްބަސީގެ މުވައްޒަފުން މަޝްވަރާއެއްގައި. ދިވެހިންނަށް ހިދުމަތް ދިނުމަށް އެމްބަސީގައި ތިބީ ގާތްގަނޑަކަށް 10 ސްޓާފުން.--- ފޮޓޯ: މިހާރު

މީގެ އިތުރުން އިޖުތިމާއީ ރޫހު އާލާކުރުމުގެ ގޮތުން ދިވެހިންގެ މެދުގައި ފުޓްސަލް މުބާރާތްތަކާއި ގުރުއާން މުބާރާތްތަކާއި މާހެފުމާއި ރޯދަ ވީއްލުން ފަދަ ކަންކަން ބާއްވަން ވެސް އެމްބަސީން ހާއްސަ ސަމާލުކަމެއް ދެ އެވެ. އަދި ރާއްޖެ އިސްތިހާރު ކުރުމުގެ ބޭނުމުގައި ޓޫރިޒަމާ ގުޅުން ހުރި ފެއާތަކާއި ޓްރޭޑް ފެއާތަކުގައި ބައިވެރިވުމާއި ދިވެހި ވިޔަފާރިވެރިންނާއި މެލޭޝިއާ ވިޔާވެރިވެރިންނާ މެދު ގުޅުން ބަދަހި ކުރުމަށް އެމްބަސީން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމްބަސީން ބުނެ އެވެ.

"ކަމެއް ދިމާވެއްޖެ ނަމަ، ހުރިހާ އެންމެނަން މިކޮޅުން ދެވޭ ހިދުމަތްތައް ދެން. ހިތްހަމަނުޖެހޭ ފަހަރު އަންނާނެ. ކުޑަ ބޮޑެއް، މުއްސަނދި ދެރައެއް ބެލުމެއް ނެތި އަޅުގަނޑުމެންނަށް ދެވުނު ހިދުމަތެއް ވީ އެންމެ ރަނގަޅު ދެމުން މި ދަނީ،" ނަޖީލް ވިދާޅުވި އެވެ.

މެލޭޝިއާ އެމްބަސީގެ އެންމެ ބޮޑު އެދުމަކީ އެމްބަސީން ގާއިމުކޮށްފައި އޮންނަ ދަފްތަރުގައި ހުރިހާ ދިވެހިން ރަޖިސްޓްރީވުމެވެ. ދަފްތަރުގައި ދިވެހިން ރަޖިސްޓްރީވެއްޖެ ނަމަ، އެއީ އެމީހުންނަށް ވެސް ލިބޭނެ ހެވާއި ލާބައެއް ކަމަށް ވެސް އެމްބަސީން ބުންޏެވެ.

18 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިޔަމް ނަޝްފާ

23 May 2019

މަރޭމިތުރާގެ ހުރިހާ ކޮމެންޓަކަށް ތާއީދު !

The name is already taken The name is available. Register?

ކަންޓޭ

23 May 2019

ފަހުމީ ހުރި އިރު މާރަގަޅު

The name is already taken The name is available. Register?

ނަހޫ

23 May 2019

ތީ އެއްކަމެއްވެސް ކުރެވޭ ތަނެއްނޫން، ތިތާ އުޅޭ މީހުންގެ ބޭނުންތަކަށް ބޭުންކުރާ ތަނެއްތީ، ބަލާބަލަ ކިޔަވާކުދިންގެ ވިސާ ހޯދުމުގައި އުފުލަންޖެހޭ ތަކްލީފް، ކިޔަވަ ކިޔަވަ ހުއްޓާވެސް ވިސާ ހަމަވާތީ ލީމަ ވިސާ އާނުކޮށްދޭ، ނިކަން ވިސާ ކަންތައް ބޮޑު ބައެއްތީ މެލެޝިޔަ އަކީ،

The name is already taken The name is available. Register?

ޑެބޮ

23 May 2019

ޙުސް ފޭކް..

The name is already taken The name is available. Register?

ޙުސެން ބ

23 May 2019

މެލެޝިޔާގެ ދިރިއުޅޭތާ ދުވަސަ ތަކެއްވެއްޖެ. ހުވާ ކޮށްފަ މިބުނީ އެންބަސީ ހަމަ ނަމެއްގަ.... ފަޒީލާއަށް ޝުކުރު ވަރަށް ރަގަނޅު.....ނަޖީލްގެ ވަހަކަ އަހާ މިތާ އުޅޭ ދިވެހިންކައިރީ.ފޯނުވެސް ނުނަގައި....އެއްވެސް ކަމެއް ނޮކޮށްދޭ.... އެއްމެ ކުޑަމިނުން ބައްދަލުވެސް ނުވޭ.. މިހާރުވެސް އެތައް ދިވެހިނެއް ވިސާ ކަންކަމުގައި ރޮއެ އާދޭސްކުރޭ.ވަރަށް އެދެން ހިދުމަތް ލިބޭ ފަރާތުގެ ވާހަކައެއް ގެނެސް ދިނުން... މިގަ މިއޮތީ އެއްފަޅި.... އަސްލެއްނޫން

The name is already taken The name is available. Register?

މަރޭމިތުރު

23 May 2019

ތައިލެންޑުގައި ހައްޔަރުކުރާ ބައެއް ރެފިއުޖީ ކުއްވެރިން މެލޭޝިއާގެ ބޯޑަރުކާރިއަށް ދޫކުރާކަން އެނގޭތަ؟ދުކުރޭ! ވަކިވަރަކަށް ފައިސާދިނިމާ ދޫކުރޭ! އެކަމަކު އެމީހުންނަށްވެސް މެލޭޝިއާގައި ވަޒީފާ އަދާކުރެވެން ނެތިގެން އިތުރު މައްސަލަތަކާއި ދިމާވަނީ!

The name is already taken The name is available. Register?

މަރޭ މިތުރުގެ އެކުވެރިޔާ

23 May 2019

މަރޭ މިތުރަކީ ދިވެހި ދައުލަތުން އެބޭފުޅާއަށް ދެމުން ދިޔަ އަނިޔާތަކަށް ކެތް ނުކުރެވިގެން ތައިލެންޑަށް ގޮސް އެޤައުމުން ހައްޔަރު ކުރި ބޭފުޅެއް. އެބޭފުޅާ ސަލާމަތްވީ އިންޑިޔާގައި ކުރޮޅި ދުއްވައިގެން އެއްކުރެވިފަ ހުރި ހުރިހާ ފައިސާ ކޮޅު ދިނީމަ މެލޭޝިޔާ ބޯޑަރު ކައިރިޔަށް ދޫކޮށްލައިގެން. ސެޓްފިކެޓް ގަނޑެއްހާ ހިސާބު ނެތިގެން މެލޭއިން ވަޒީފަ ގަނޑެއް ނެތް. އެކަމަކު މިހާރު އެއީ އިންޑިޔާގެ ބީޖޭޕީގެ ޤަދަރު ލިބިގެންވާ މަތީ ބޭފުޅެއް. ޑްރައިވަރަކަށް އުޅުއްވިޔަސް

The name is already taken The name is available. Register?

ގެއްލުން

23 May 2019

މިއީ ކޮންވާހަކައެއް،

The name is already taken The name is available. Register?

އަހުމަދު މުސްތަންސިރު

23 May 2019

ކަލޯގެޔާ.މަ ތިޔަ އެމްބަސީ ވެބްސައިޓު ކުޑައިކޮށް ހާވާލައިފިން.މިހާރު ވުޖޫދުގައިނެތް މިނިސްޓްރީތަކުގެ ނަންތައްވެސް އެބަހުރި ވެބްސައިޓް އެޑްރެސްތަކާއިއެކު ޖަހާފައި.ފުރަތަމަ ކަންތައް ފުރަތަމަ ކުރާށެވެ.ފުރިހަމަ ސާފު،އޮޅުމެއްނެތް، ތެދު މަޢުލޫމާތު ލިބޭނެގޮތް ހަދާށެވެ.ޚިޔާލެއް ދެންހެއްޔެވެ.ތިޔަ އެމްބަސީގެ އެޕެއް ނިކަން ހައްދުވާލަ ބަލާށެވެ.އޭރުން ތަންކޮޅެއް ގާތުން ޚިދުމަތް ހޯދަން ފަސޭހަވާނެއެވެ.

The name is already taken The name is available. Register?

މަރޭމިތުރު

23 May 2019

އަހަރެން ނުދެކެން މިސަރަހައްދުގަ މެލޭޝިއާވަރުގެ ގަވާއިދު ކަޑަތަނެއް. އަދި ކޭސް އަކުން އޯޅިގެން މީހަކު ގެންދިޔަސް ލާހިކަ ކުޅަދާނައެއްނޫން އެމީހަކު ސަލާމަތްވާކަށް. ފުރަތަމަ އެތާގެ ޖަލު އެނގޭތޯ؟ އެތާގެ ޖަލުގައި ތިބޭމީހުންނަށް އަލިކަން ފެންނާނީވެސް ހަފްތާއަކު އެއްދުވަހު. ކާން ދޭނީ ވަރަށް ކުޑަކުޑަ އެތިކޮޅެއް. މީހކާއި ބައްދަލުކުރެވޭގޮތެއްވެސް ނޯވޭ! ހަގީގަތް އެނގި މިބުނަނީ!

The name is already taken The name is available. Register?

މުހައްމާ

23 May 2019

ތިހެން ތިތާނގައި ކަން ހުރިއްޔާ ތިޔައީ ބަރާބަރު ގައުމެއް. ކުށްވެރިންނަކަށް ދިރިހުރުމުގެ ހައްގު ފިޔަވައި އެހެން ހައްގެއް ދޭކަށް ނުޖެހޭނެ. އެހެން ހުރިހާ ހައްގެއް އޮންނަންވާނީ ހަމައެކަނި ދިރިހުރެވޭ މިންވަރަށް ހަނިކޮށްފައި. އެހެން ނުވާތީ މިގައުމުގައިވެސް ހިތުހުރި ގޮތަކަށް ކުށްވެރިން މިއުޅެނީ.

The name is already taken The name is available. Register?

ގަރޭ

23 May 2019

ކަލޭ އަނެއްކާ ކީއްކޮއްގެން މެލޭޝިޔާގެ ޖަލައްލީ!؟

The name is already taken The name is available. Register?

އިންޑިޔާގެ ފަޚުރު

23 May 2019

މަރޭ ތިބޭފުޅާޔަށް ކިހިނެއްތޯ ފެންނާނީ. މި ދުނިޔެ މަތިން ދިވެހިރާއްޖެ ނޫނީ ދެން ތިބޭފުޅާޔަށް ފެނިފަ އޮތީ އިންޑިޔާ އެކަނި. އިންޑިޔާއާ އެއް ފެންވަރުގެ އެހެން ޤައުމެއް މިދުނިޔެ މައްޗަކު އޮތީކީނޫން. ދެން އެހެންވީމަ މެލޭޝިޔާގެ ވާހަކަ ދެއްކުމެއް ނެތެއްނު.

The name is already taken The name is available. Register?

މަރޭމިތުރު

23 May 2019

ގާނޫނު މެލޭޝިއާގެ އޮތްގޮތް އެނގޭހޭ! ގާނޫނު ހަރުކަށިކަމެއް ބަޔަކަށް އެނގޭހޭ!......... މެލޭޝިއާގެ ގާނޫނަކީ ވަރަށް ހަރުކަށި ގާނޫނެއް. ގައުމަކަށް ބަދަލުވާއިރު އެންމެ ބޮޑައް ބަލަންޖެހޭނީ އެތަނެއްގެ ގާނޫނު އެންމެ ފުރަތަމަވެސް. އެތަނުގެ ގާނޫނު ދަންނަ އެއްވެސް މީހަކު ދާއިމިކޮށް އެތާކު ނޫޅޭނެ. އެންބަސީން ތިޔަވިދާޅުވީ ތެދެއް. އެތާ ޖަލައް އޮޅިގެންވެސް ލެވިއްޖެ ނަމަ އެނިމުނީ މުޅިލައިފް. އެވަރިހަމަ އޮޅިގެން ލެވުނަސް. އެކޭސް އެއް އޭނާއަށް ލީޑުނުކުރެވޭނެ.

The name is already taken The name is available. Register?

ވަސްމީރުމަލާ

23 May 2019

ކޮން މަރޭމިތުރާ އެއްތަ. ބޭކާރު ކޮމެންޓް ނުކޮށްބަލަ. ގަވާއިދެއް އޮތިއްޔާ އަމަލުކުރަން ދަސްކޮށްބަލަ. ޖަންގަލީގެ ގާނޫނާ ދުރަށްދޭބަލަ.

The name is already taken The name is available. Register?

ހެޔޮ ނުވާނެ

23 May 2019

މި ނަޖީލް އަކީ ވެސް ޑިޕޮލޮމެޓެއް ތަ؟ ސުބުހާނަﷲ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454