ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް ވަނީ ފުރުސަތު ދީފައި --ފޮޓޯ/މިހާރު
23 މެއި 2019 - 11:25
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް ދެ ހަފުތާގެ މުއްދަތެއް ސިވިލް ކޯޓުން މިއަދު ދީފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ގައި ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައުލަތުން ދީބާޖާ އަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް މިދިޔަ މަހު ވަނީ ދަމަހައްޓައިފަ އެވެ.
އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ފަހީމް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދާ ގޮތާ ބެހޭގޮތުން ދައުލަތުން ކުރިން އިޖްރާއީ ގޮތުން ފާހަގަކުރި ކަންކަމަށް ކޯޓުން ލިޔުމުން ދައުލަތަށް ޖަވާބު ދީފައިވާނެ ކަމަށެވެ. އެހެންވެ، ފައިސާ ދައްކާނެ ގޮތަކާ މެދު ދައުލަތުން ހުށަހެޅުންތައް ހުށަހަޅަން ގާޒީ ދައުލަތަށް ފުރުސަތު ދެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް އަދި ތައްޔާރު ނުވެވޭ ކަމަށާއި ދައުލަތަށް ގަބޫލު ކުރެވުނީ މިއަދު އޮންނާނީ ދައުލަތުން އިޖްރާއީ ގޮތުން ފާހަގަކުރި ކަންކަމަށް މިއަދު ގޮތެއް ނިންމުން ކަމަށެވެ. އިިޖްރާއީ މައްސަލަތައް ފާހަގަކުރީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލާ ޚިލާފަށް އެ މައްސަލަ ކުރިއަށް ގެންދާތީ ކަމަށާއި އިޖްރާއާތު ގޯސްކޮށް ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލާގައި ދައުލަތުން އިޖްރާއީ ގޮތުން ފާހަގަކުރި ނުކުތާ އަށް ޝަރީއަތުން ގޮތެއް ނިންމަން ދައުލަތުން ބޭނުންވާ ކަމަށާއި އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފް ކުރަން ވެސް ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެ ނިންމުން ރަނގަޅު ކަމަށް ގަބޫލު ކުރެވިއްޖެ ނަމަ، ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏެވެ.
ގާޒީ ފަހީމް ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އޮންނަނީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމާއި އެކަމުގައި ކޯޓުން ގޮތެއް ނިންމުން ކަމަށެވެ. އަދި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި، ދީބާޖާއަށް ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ އެގޮތަށް ވިދާޅުވުމުން ދައުލަތުން އެދުނީ ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށެވެ. އެގޮތުން ދެ ހަފުތާގެ މުއްދަތެއް ދިނުމަށް ދައުލަތުން އެދުނެވެ.
ދީބާޖާގެ ފަރާތުން އަޑުއެހުމުގައި ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން ނިމިފައިވާ މައްސަލައެއް ކަމަށާއި އެކަމަކު އެ ފައިސާ ދެއްކުން ލަސް ކުރުމަށް ދައުލަތުން ކޮންމެ ފަހަރަކު އެކި ބަހަނާތައް ދައްކަނީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ އިސްތިއުނާފް މަރުހަލާތަކުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަވި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، ފައިސާ އަވަހަށް ލިބޭނެ ގޮތެއް ހޯދައިދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ގާޒީ ފަހީމް ވިދާޅުވީ ފައިސާ ދައްކާނެ ގޮތާ މެދު ހުށަހެޅުންތައް ހުށަހަޅަން ދެ ހަފުތާގެ މުއްދަތެއް ދައުލަތަށް ދިނުމަށް ފަހު އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން ބާއްވާނީ އަންނަ މަހު ކަމަށެވެ. ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު އެ ފައިސާ ދައްކާނެ ގޮތެއް ދައުލަތުން އެ މުއްދަތުގައި ހުށަހަޅަން ޖެހޭނެ ކަމަށާއި އެގޮތަށް އަމަލު ނުކޮށްފި ނަމަ، ދެން އެކަމުގައި ގޮތެއް ނިންމާނީ ޝަރީއަތުން ކަމަށް ވެސް ގާޒީ ފަހީމް ވިދާޅުވި އެވެ.
ދީބާޖާ އަށް ފައިސާ ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ. އެކަމަކު ސިވިލް ކޯޓުން ބުނެފައި ވަނީ އެކަމުގައި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެ މައްސަލަ ވެސް ކުރިއަށް ގެންދަނީ ހުކުމް ތަންފީޒު ކުރުމުގެ އެހެން މައްސަލަތައް ވެސް ގެންދާ އުސޫލުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސާމް
23 May 2019
ރިފްޢަތާއި ދޭތެރޭ ވ ބޮޑަށް ސުވާލު އެބަ އުފެދޭ
އަސްތާ
23 May 2019
އަސްތާ ފަހީމު ހާދަވަރެއްވެފަ، ކިހާވަރެއްތަ މި ލިބެނީ؟ ކަމެއްވާ އެބަހުއްޓޭ، މަޖްލިސް ހުވާކުރުމުގެ ކުރިން ނިންމާލެވޭތޯ ދޯ މިއުޅެނީ.
ކޯޑިނޭޓަރ
23 May 2019
ކޯޓުތަކާ އޭޖީ އާ ޕީޖީ ދީބާޖާ ވެ ރައްޔިތުންގެ ޚަޒާނާ ލޫޓުވާލާން ތި ކުރާ މަސައްކަތް ކުށްވެރި ކުރަން.
ބްރޯ
23 May 2019
ނޫނޭވާ އަވަސްއަރުވާލާފަ އެބަހުރި
ބުއްޅަބޭ
23 May 2019
ހެޑިން ރަނގަޅުކޮޢްލާ. ދައުލަތުގެ ޚަޒާނާ ލޫޓުވާލާ އެމްޑީޕީއަށް އެފައިސާ ލިބޭނެގޮތެއް ހެދުމަށް ފުރުސަތު ދީފި.
ގުނބޯއަލީ
23 May 2019
ދީބާޖާ އަށް ތިޔަ ފައިސާ ދީފިއްޔާ ދެން ދުވަހަކުވެސް ޓެކްސް އެއް ނުދައްކާނަން. ސަލާމް
މީވީގޮތޭ
23 May 2019
ތިޔަ އަލްހާނު ނޫނިއްޔާ ކުރަން އުޅުނު ކޮންމެކަމެއް ކޮންމެ ފަހަރަކު ފެއިލްވި މީހެއް ނުދެކެމެވެ. އެއީ ކީއްވެގެންކަން އެގޭހެއްޔެވެ? ހިސާބަށްވުރެން ޚަޞީލަތް ނުބައިވެފައި, މަކަރާއި ހީލަތުން ކަންތައް ކުރަން ރާވާއިރު, ހެއްދެވި ފަރާތުގެ ރޭވުން މާމަތިވެރިކަމަށް ގަބޫލު ނުކުރާތީއެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅި, ކިތަންމެ ރިޝްވަތެއް ވައުދުވިޔަސް މިފަހަރުވެސް ހަމަދާނީ ތޮޅިޔަށެވެ. އިންޝާﷲ
ޙުސާމް
23 May 2019
އަލްހާނު އާއި މިސްރުން ކިޔެވި ހުރިހާ ފަނޑިޔާރުންނާއި ވަރަށްގާތްވާނެ. މީ ވަރަށް ވާހަކަ
އަހުަަމަދު އަފްސަލް
23 May 2019
މިމައްސަލަ ތެރެއަށް ރައްޔިތުން ތަހައްދުލްވާންވީ. މިއީ ރާވައިގެން ދައުލަތުގެ ލާރި ކާންކުރާކަމެއް. މީކަމުގައި ހުރިހާ ދިމާލެއްގެ މީހުންނަށް ބައިއެޅުން އޮންނާނެ. ވީމާ، މިކަންތައް ހުއްޓުވާނެ ގޮތެއްވެސް ނުވާނެ ނިޒާމުގެ ތެރެއިން. ރައްޔިތުން ހަމަ ނިކުންނަންވީ. މަގޭ ޓެކްސްލާރި ކައިގެންނުވާނެ
ފީއަލީ
23 May 2019
އެމްޑީޕީ ކުރީގެ ސަރުކާރުން ހެދި ހުރިހާ އެގްރިމެންޓަކަށް މިޖެހެނީ ނިކަމެތި ރައްޔިތުން ޒިންމާވާން ތިންސަތޭކައިން ހަތަރުސަތޭކަ މިލިއަނުން ޑޮލަރު ކޮންމެފަހަރަކުވެސް ހަވާލުވަނީ މަށަށްވާނޭ ކިޔާފަ
ސިޔަމް
23 May 2019
ނަޝީދުގެ ވެރިކަން ވެއްޓުނު ސަބަބު: ޕާޓީގެ މީހަކު ބުނީ 500އަހަރަށް ވެރިކަން ކުރާނަމޭ.