ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް މީޑިއާތަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
28 މެއި 2019 - 14:56
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރީބްރޯޑްކާސްޓަރުންގެ މައްޗަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ޖޫރިމަނާތައް މާފުކޮށްދެވޭނެ ހަމައެއް އޮތްތޯ ބަލައި އެކަމުގެ ލަފައަކަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އަރިހުގައި އެ ކޮމިޝަނުން މިއަދު އެދިއްޖެ އެވެ.
ބްރޯޑްކޮމް އިން ރިފްއަތަށް ފޮނުވި ސިޓީއެއްގައި ބުނީ، ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބަޔާންކުރާ ޖޫރިމަނާ 29 ފަރާތަކުން ދައްކަން ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ފައިސާ ދެއްކީ 15 ފަރާތެއް ކަމަށް ސިޓީގައި ވެ އެވެ.
ޖޫރިމަނާ ނުދައްކާ ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މާފު ކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހެޅިއިރު، އެއީ ރަށްރަށުގައި ކުދި ވިޔަފާރިކުރާ ބައެއް ކަމަށް ސިޓީގައިވެ އެވެ.
މާލީ ހާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާތީ، އިތުރު ފުރުސަތެއް ދިނުމަށް އެ ފަރާތްތަކުން ބްރޯޑްކޮމްގައި އެދިފައިވާ ކަމަށް އެ ކޮމިޝަނުން އެދިފައި ވެ އެވެ.
ބައެއް ކުންފުނިތަކުން ޖޫރިމަނާ މާފު ކޮށްދިނުމަށް އެދި ރައީސް އޮފީހަށް ހުށަހެޅި އިރު، ސަރުކާރުގެ ބައެއް ވަޒީރުން ވެސް މިކަމުގައި ލުޔެއް އޮތްތޯ ބަލަން ބްރޯޑްކޮމް އަށް ހުށަހެޅި ކަމަށް ސިޓީގައިވެ އެވެ.
ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި، އެ ދަތިކަމުން އަރައިގަތުމަށާއި ގާނޫނާއި ގަވައިދުގެ ތެރެއިން ހަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށް އިތުރު ފުރުސަތެއް ހޯދައި ދިނުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ މިހާތަނަށް ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ ގާނޫނާއި ގަވައިދުގެ ތެރެއިން މާފު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ އަރިހުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
28 May 2019
މީރާއިން ކުދި ވިޔަފާރީގެ ޖޫރިމަނާތައް މާފް ކޮށްދޭން ވީއެވެ
ކަވަރުނާ
28 May 2019
ތީ ދެން ވަރަށް ހެއްވާ ކަމެކެވެ. ޖުރިމާ ފައިސާ ބަރާބަރަށް ދެއްކި މީހުންނަށް ތިއީ ވަރަށް ބޭ އިންސާފުން ކުރާކަމެކެވެ. ދައްކަންޖެހޭ ފައިސާ ނުދައްކައި ހުރެ ޖޫރިމަނާ މައާފުކުރުމުން އެ ދެވެނީ އެކަން ރަނގަޅަށް ކުރާ މީހުންނަށް ވެސް އެކަން އެގޮތަށް ނުކުރަން ދެވޭ ހިތްވަރަކަށެވެ. ތިގޮތް ރަނގަޅެއް ނޫނެވެ. ޖުރިމަނާ ކުރުމުގެ ކުރިން ތިކަމަށް ވިސްނާލުން މުހިންމެވެ.
ފޮނިޓައްޕު ހަސަނު
28 May 2019
އާ މަޖްލިސް ހުވައި ކުރުމާއި އެކު މިމީހުންގެ މަގާމުތައް ގެއްލިދާނެތީވެ މަގާމު ދިފާއު ކުރުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްލަނީ.