އޯއައިސީގެ ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. -- ފޮޓޯ: ރައީސް އޮފީސް
01 ޖޫން 2019 - 09:47
އިސްލާމީ އުންމަތުގެ ލާބަޔަށް ކުރެވެން އޮތް ކޮންމެ ކަމެއް ރާއްޖެ އިން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސް ބައިވެރިވެ ވަޑައިގަތުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރެއްގައި ބުނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް މި ސަމިޓުގައި ރައީސް ހުށަހެޅުއްވި ކަމަށެވެ.
"މިގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެ އިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެ އިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރެއްވި" ކަމަށް ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖޭގެ ތާއީދު އޮތް މިންވަރު ވެސް ރައީސް ފާހަގަކުރެއްވި ކަމަށް އެ ޚަބަރުގައިވެ އެވެ.
މައްކާގައި އިއްޔެ ފެށި މި ސަމިޓުގެ މަގްސަދަކީ މުޅި މުސްލިމު އުންމަތުގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
އޯއައިސީގެ ވެރިކަން ސަމިޓު ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއްފަހަރު އެވެ. މި ސަމިޓުން މުސްލިމު މެޖޯރިޓީ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގެން އެންމެ މުހިންމު މައްސަލަތަކާއި އުންމަތުގެ އެކި ކަންކަމުގައި އެ ގައުމެއްގެ ވިސްނުން ހުރިގޮތް ހިއްސާކުރައްވަ އެވެ. އަދި އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ގައުމުތަކުގެ އިސް ވެރިންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް މި ސަމިޓުގައި ދެ އެވެ.
މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މުސްލިމުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލަ އާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮތްގޮތް
02 June 2019
އުންމަތަށް ލާބައެއް ކޮށްދެވޭނީ ޤައުމު ސަލާމަތް ޞިއްޙަތެއްގައި އޮވެގެނެވެ. މަގުމަތީން އިންސާފުހޯދާހިސާބަށް މިޤައުމުގައި އިންސާފުގެކަންތައް ހިނގައްޖެކަން ދެނެވަޑައިގަނޭތޯއެވެ؟ ލައްކަ ލައްކައިންނާއި މިލިއަނުންނާއި ބިލިއަނުން ޚިޔާނާތްތެރިވެފަތިބިމީހުންގެ ކަންކަން ނުބެލެއެވެ. ގަންހިންގެނީ ނިކަމެތިންނެވެ. ވެރިންނަށް ވިސްނިވަޑައިގަނޭތޯއެވެ؟ ބަސްމަދުކޮށް ޢަމަލުގިނަކުރުއްވާކަށް ނުވޭތޯއެވެ؟ ކަންކަން މިދާގޮތަށްދާނަމަ، މިޤައުމު އަޅުވެތިކަމުގެތެރެއަށް ......
ގައުމީ ލޯބީގާ
02 June 2019
ޕާޓޭ ހުންނަނީ އުއްމަތް ފުޑާލާނެ ގޮތެއް ނުފެނިފަ .ކޮންމެހެން ވެސް އުއްމަތަށް އިހާނަތް ތެރި ބަހެއް ބުނޭލާނެ ފުރުސަތަކަށް ބަލަބަލާ . ދުވަސް ކޮޅަކުން ފެންނާނެ އުއްމަތް ދެބައިވާތަން .ވަކިން ސައިބާ އުއްމަތެއް އުފެދިގެންދާތަން އެކަމަށް މިއަދު ފުރުސަތު ލިބިއްޖެ .
އަހުމަދު އިބްރާހިމް
02 June 2019
އެކޮއި ރަށަށް އަންނައިރު އެއަރޕޯޓްގެ ފައިސާގެ ބައި ހަމަޖައްސުވައިގެންއަންނާތި އިގޭ.ފައިސަލްވެސް ހުރީ ރަގަޅަށް.އޭނާ ގޯހެއް ނަހަދާ.
ރައީސްވދނ
02 June 2019
އުއްމަތުގެ މަސްލަހަތަކީ މުސްލިމުންނަށް އިހާނެތިކޮށްހިތާ ހިންދުކަރައާ ސީނުކަރައިގެ ބުޑަށް ނުވެއްޓި ޙިކުމަތްތެރިކަމާއެކު ވެރިކަން ކުރުން. ދެއިރު ދެދަޅައަށް މޯޑީ ނުގެނަޔަސް އިޤްތިޞާދު ބިނާކުރެވެންވާނެ.
ޢާންމު
02 June 2019
ހިންދު ކަރަޔަކީ މިބިންމަތީގައި މުސްލިމުން ދެވަނައަށް އެންމެ ގިނަ މުސްލިމުން އުޅޭ ތަންކަން ދެނެލައްވަންތޯ ؟ ހިންދުކަރައިގެ މުސްލިމުންނަކީ މުސލިމް އުންމަތުގެ ބޮޑު އިންސައްތައެއް
ޖަމލުބެ
02 June 2019
އެހެންވެ ވގނނާއި ޑުރަގުލޯރޑުން މިނިވަން ވަނީ ދޯ..
ޖަވާބުދީބަލަ
02 June 2019
އުންމަތުގެ ލާބަޔައް ދީ މަނިކުފާނުގެ މި ގައުމުގައި މީހުން ފާޅުގައި ދީނައް ފުރައްސާރަކުރާއިރު އެކަމައް އެކަށީގެންވާނެ އެއްވެސް ފިޔަވަޅެއް ނާޅަނީ.. އުންމަތުގެ ލާބަޔައްދޯ މިގަވްމުގެ އިންޓަނެޓުން ބަރަހަނާ މަންޒަރުދައްކާ ވެބްސައިޓްތައް ބުލޮކު ނުކުރަނީ.. އުންމަތުގެ ލާބަޔައްދޯ ޝަރުއީދާއިރާ އިސްލާހުކުރަން ޣައިރުމުސްލިމުން ވައްދަނީ..
މަންޑޭލާ
02 June 2019
ރާއްޖެ ސަލާމައްކުރަން ދިވެހިން ތެދުވާން ޖެހޭ އިންޑިޔާ ސިފައިން މިދަނީ އިތުރުވަމުން. ދެރަ
ހަސަނު
02 June 2019
އުނަމަތުން ގޮސް ޔަމަނަށް ބޮންއަޅާ ކުށެއްނެތް އެތަށް މުސްލިމުންނެއް މަރާއުރު އެކަމާ އެއްޗެކޭ ނުބުނުއްވީތީ ދެރަ..
ކޮތަރު
01 June 2019
ސައުދީއަރަބިއާ އުފެދުނީ އުސްމާނީ ޙިލާފަތް ނެތިކޮށްލުމަށްފަހު. ސައުސީ ސާހީއާއިލާވަނީ އުސްމާނީ ހިލާފަތް (އޮއްޓޮމަން އެމޕަޔަރ)ބަލިކޮށްލުމަށް އޭރު އިގިރޭސީންނާ ބައިއަތުހިފާފަ.
އޯ އައިސީ
01 June 2019
"އޯއައިސީގެ ވެރިކަން ސަމިޓު ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއްފަހަރު އެވެ." މިއީ ސާކް އަށްވުރެވެސް ބޭކާރު ޖަމިއްޔާއެއް. ކުރެވޭ އެއްވެސްކަމެއް ނެތް.
އިސްލާހެއް
01 June 2019
ރަގަޅު ގޮތަކީ ވެރިންގެ ސަމިޓް ނޫންބާ؟