07 ޖޫން 2019 - 10:04
މެޑްރިޑް (ޖޫން 7) - ބެލްޖިއަމް ތަރި އެޑެން ހަޒާޑް ވިއްކާލަން ޗެލްސީން ރެއާލް މެޑްރިޑާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޗެލްސީން ރެއާލަށް ހަޒާޑް ދޫކޮށްލާނީ 88 މިލިއަން ޕައުންޑް (111 މިލިއަން ޑޮލަރު) އަށެވެ. އެކަމަކު ބޯނަސްތަކާ އެކު ހަޒާޑަށް ރެއާލުން ދައްކާ އަގު ޖުމްލަ 130 މިލިއަން ޕައުންޑް (165 މިލިއަން ޑޮލަރު) އަށް އަރާނެ އެވެ.
އުމުރުން 28 އަހަރުގެ ހަޒާޑް ގެންދަން ރެއާލުން ވަނީ ޗެލްސީއާ އެކު ގިނަ މަޝްވަރާތަކެއް ބާއްވައިފަ އެވެ. ޗެލްސީން އެންމެ ފަހުން ހަޒާޑް ދޫކޮށްލަން އެއްބަސްވީ އޭނާ ވެސް އެ ގޮތަށް ބޭނުންވާތީ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލުގައި އާސެނަލް އަތުން 4-1 އިން މޮޅުވި މެޗަށް ފަހު ހަޒާޑް ބުނީ އެއީ އޭނާ ޗެލްސީ އަށް ކުޅެދިން ފަހު މެޗުކަމަށްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ރެއާލުން މީގެ ކުރިން ވެސް ހަޒާޑް ހޯދަން މަސައްކަތްކުރި އެވެ. އޭރު ކާމިޔާބުނުވި ނަމަވެސް ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން އަލުން ހަވާލުވެ ހަޒާޑް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމުން އޭނާ ވެސް އެ ކްލަބަށް ބަދަލުވާން ބޭނުންވީ އެވެ. ހަޒާޑް ވަނީ މީގެ ކުރިން ޒިދާނަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ވަނީ ޕޯޓޯގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ފްރޭންކްފާޓްގެ ސާބިއާ ފޯވާޑް ލޫކަ ޖޯވިޗް ގެނެސްފަ އެވެ. ޓޮޓެންހަމްގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވެސް ވަނީ ރެއާލާ ގުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ހަޒާޑް ޗެލްސީ ދޫކޮށްލާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ މުސްތަގުބަލާ ބެހޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. ޗެލްސީއާ އެކު މިދިޔަ އަހަރު ޖުލައި މަހު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ސާރީ މި ސީޒަނުގައި އެ ޓީމަށް ޔޫރޮޕާ ލީގު ހޯދައިދިނުމަށް ފަހު މިހާރު ބޭނުންވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާށެވެ. ސާރީ ވަނީ ޗެލްސީ ދޫކޮށްލަން ބޭނުންވާ ކަމަށް އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު ޗެލްސީން ސާރީ ދޫކޮށްލާނީ އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ ފަސް މިލިއަން ޕައުންޑް (6.3 މިލިއަން ޑޮލަރު) ދައްކަން ޔުވެންޓަސް އިން އެއްބަސްވުމުންނެވެ.
އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ވަނީ އެ ޓީމު ސަސްޕެންޑްކޮށްފަ އެވެ. ޗެލްސީން ފީފާ އާއި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ލުޔެއް ހޯދުމަށް މަސައްކަތްކުރަމުން އައި ނަމަވެސް އަދި އަލިމަގެއް ނުފެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ސީއޭއެސްގެ ވިސްނުން ހުރީ ފީފާގެ ނިންމުމަށް ތާއީދުކޮށް ޗެލްސީގެ ސަސްޕެންޝަން ދަމަަހައްޓާށެވެ.
ޗެލްސީން ވަނީ ބޮރޫޝިއާ ޑޯޓްމަންޑްގެ އެމެރިކާ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗްގެ ސޮއި ހޯދައިފަ އެވެ. ޕުލިސިޗްގެ ޑީލް ޗެލްސީން ނިންމީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ އެ ޓީމަށް ރެއާލުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗްގެ އެއްބަސްވުން ދާއިމީކުރަން މަސައްކަތްކުރަމުންނެވެ. ގަވާއިދު ބުނާގޮތުން ކޮވަސިޗްގެ މިހާރުގެ އެއްބަސްވުން މި މަހު 31 ގެ ނިޔަލަށް ހަމަވުމުގެ ކުރިން ޗެލްސީ އަށް އެ އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނާ ބަހީ
08 June 2019
ނުވަވަނަރަދީފް. ސުމެއް
ސުޒޭންް
07 June 2019
މިއިން އިނގެނީ ތަނަކުން މޮޅު ކުޅުންތެރިއެއް ފެންނައިރަށް އެކުޅުންތެރިއެއްގެ ކުޅުން ހަލާކުކޮށްލަން ސްޕެއިން 2 ޓީމަކުން މަސައްކަތްކުރާކަން. ކަކާ، އަގުއޭރޯ، ކޯރޓުއާ، ކޫޓީނިއޯ، ބޭލް މިއީ ފުރިހަމަ މިސާލުތައް. ލިސްޓް ވަރަށް ދިގު. ސްޕެއިން ލީގު އެހާ ވަރުގަދަ ނަމަ ކީއްކުރަންތަ ރެކޯރޑް އަގު ދީފަ އެހެން ލީގުތަކުން ކުޅުންތެރިން ގެންނަންވީ؟ ދަށް ލީގު ތަކުގެ ކުޅުންތެރިން ބޮޑު އަގުގައި ގަންނާނީ މޮޔައެއްނު؟
ރަދީފް
08 June 2019
ބައެއްފަހަރު ނީލަމުން ވެސް މީހުން އަގުބޮޑު ބޭނުންތެރި ތަކެތި ގަނޭ ދޯ.ވިޔަފާރިކުރާގޮތް ދަސްކޮށްބަލަ.
ހަގީގަތް
08 June 2019
ކަލޭ މޮޔަ ނުގޮވާ ހުރެބަލަ. ބަލަ އިނގިރޭސި ލީގަކީ އެންމެ ވަރުގަދަ ލީގުނަމަ އެހެން ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިޔެއް ގަނެގެން ނުވާނެ. އެހާ ވަރުގަދަ ލީގަކަށް އިތުރު ކުޅުންތެރިންނެއް ބޭނުމެއްނުވާނެ. މޮރާޓާ، ޑި މާރިޔާ، ޔާޔާ ޓޫރޭ، ޕޮގްބާ އަދި މިނޫންވެސް ކުޅުންތެރިންގެ ކެރިޔަރު ހަލާކުކުރި ތިޔަ ލީގުން. ކަލެޔަށް ގުދޯ ގުދޯ ގޮވޭއިރުވެސް ނޭނގޭ.
ލޯންސްޓަރ
07 June 2019
ނިއުމާ ކަލެއަށް ފުޓްބޯޅަ ނޭނގޭ.
މައުމޫނު
07 June 2019
ތިލީގުން ދުނިޔޭގެ މީހުން ބަލާއުޅެނީ އެންމެ މެޗެއް ދެން ބާކީ އެއްވެސް މެޗެއް ނުބަލާނެ .... ސަލާން
ތެދު
07 June 2019
ސްޕެނިސް ލީގުން ބަލާނީ އެއްމެ މެޗެއް އެމެޗް ކުޅޭކަން އެންމެނަށް އެނގޭނެ .....
ހަގީގަތް
07 June 2019
ވަރަށް ބޮޑު ތެދެއް. މަމެން މިހާރު ބަލަނީ ބާރސާ/އެތްލެޓިކޯ މެޗު އެކަނި. ކިރިޔާވެސް ވާންކޮށްލެވޭ ވަރު ވަނީ އެމީހުންނަށް.
ލކއވ
07 June 2019
މިކަމުން އެގިގެންދަނީ އިނގިރޭސި ލީގު ވަރުގަދަކަންދޯ. ވަރުގަދަކަމުން ދުނިޔޭގެ ހުރިހާ މޮޅެތި ކުޅުންތެރިން މިދަނީ އެއްކަލަ ފެންވަރުދަށް ސްޕެނިޝް ލީގަށް. އިނގިރޭސި ލީގުވަރުގަދައީ މީޑިއާގައޭ.
މޫސާކުއްދާ
07 June 2019
ޔޫރަޕްގެ އެންމެ ބޮޑު ދެ މުބާރާތުގެ ފައިނަލްގައި މިއަހަރު ކުޅުނީ ސްޕެއިންގެ ހަތަރު ޓީމް ދޯ؟ ހަހަހަ
ނިއުމާާ
07 June 2019
އެންމެ ފަހުން ތިގޮތަށް ލިވަރޕޫލް ދޫކޮށް ޗެމްޕިއަންސް ލީގު ހޯދަން ސްޕެއިނަށް ބޮޑު އަގުގަ ދިޔަ ކުޅުންތެރިން ކޮބާ؟ އެކުޅުންތެރިން ތިއްބާ ކޮންމެ އަހަރަކު ލަދުވެތި ގޮތަކަށް ބަލިވަނީ. މިއަހަރު އެކުޅުންތެރިން ކޮޅަށް 4 ލަނޑު ޖަހާ ލަދުގަންނަވާލީ ލިވަރޕޫލުން. އެކުޅުންތެރިން ނުލާ ޗެމްޕިއަންސް ލީގު އެނެގީ. އެކަމަކު އެއީ ފުލުފުލުގަ ލަލީގާ ނަގަމުން އަންނަ ޓީމުގެ ފެންވަރު. ރެސްޓްކޮށްގެން ނުކުމެ ޗޮކުން
ހަގީގަތް
07 June 2019
މަރުހަބާ ހަޒާޑް. ދުނިޔޭގެ އެންމެ ޓެކްނިކަލް ލީގަށް މަރުހަބާ ކިޔަން. އުންމީދުކުރަން ރިއަލް މެޑްރިޑާއެކު ކާމިޔާބު ހޯދާނެކަމަށް. ބާސާޔާއެކު ކުޅޭ މެޗު ފިޔަވައި ހުރިހާ މެޗަކުން ހަޒާޑް ކުޅޭ ޓީމަށް ކާމިޔާބީޔަށް އެދެން. އަންނަ ސީޒަނުގައި ސްޕެނިޝް ލީގު ވަރަށް ވަރުގަދަވާނެކަމަށް އުންމީދުކުރަން.
ނިއުމާާ
07 June 2019
އެންމެ ޓެކްނިކަލް ލީގުގެ ޗެމްޕިއަންކަން ކޮންމެ އަހަރަކު ހޯދާ ޓީމަށް ކޮންމެ އަހަރަކު ޗެމްޕިއަންސް ލީގުގައި 3ލަނޑުގެ އެޑްވާންޓޭޖެއް އޮވެ، ނުކަޓާނެ ޓެކްޓިކެއް ވިސްނިފައި ނެތުމަކީ ޓެކްނިކްސް އުތުރި އެރުމޭ މަމެން ބުނަން ނެތީމުދޯ؟ އާދައިގެ ރޯމާއަކާ ޖެހުނީމަވެސް 3-0 އިން ބަލި. ލިވަރޕޫލާ ޖެހުނީމަ 4-0. އެއަށްވުރެ ކުރިއަށް ޖެހިލާއިރު ޔުވެންޓަސް އަތުން 3-0. ބަޔާރން އާ ޖެހުނީމަ އެގްރިގޭޓް 7-0. ޕީއެސްޖީ 4-0. ރެފްރީ ގަތުން ނޫން އެހެން ޓެކްޓިކެއް އެނގޭބާ؟
ހަގީގަތް
07 June 2019
ނިއުމާޔަށް. ދޮންކަލޯ ބަލަ ތި ދެއްކީ ހަމައެކަނި ބާސާގެ ވާހަކައެއްނޫންތަ. ބަލަ ސްޕެނިޝް ލީގުގައި ހަމައެކަނި ކުޅޭ ޓީމަކީ ބާސާއެއްނޫނޭ. ރިއަލް މެޑްރިޑް އެތްލެޓިކޯ މެޑްރިޑް އަދި ސެވިއްޔާވެސް ކުޅޭ. މިއަހަރުގަ އިނގިރޭސި ޓީމުތައް ކުރިއަރަމުން ދިޔަޔަސް މީގެ ކުރީ އަހަރުތަކުގައި ސްޕެއިން ދިޔައީ ޑޮމިނޭޓްކުރަމުން. އެންމެ ފަހުން ކުޅުނު 10 ޗެމްޕިއަންސް ލީގް އަދި ޔުރޮޕާ ލީގަށް ބަލާލިޔަސް މިކަން ފެންނާނެ.
ނިއުމާާ
08 June 2019
މިދައްކަނީ ލީގު ޗެމްޕިއަންކަން ސީޒަން ފެށުމުގެ ކުރިން ދީފަ އޮންނަ ޓީމުގެ ހާލަތު. ދެން މިދިޔަ އަހަރު ޔޫރޮޕާ ލީގު ހޯދި ސްޕެއިންގެ 2ވަނަ ޓީމު އެތްލެޓިކޯއަކީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން އިނގިރޭސި 5ވަނަ ޗެލްސީ ކަޓުވާލި ޓީމެއް. އިނގިރޭސި 5 ޓީމް ނޮކްއައުޓް ސްޓޭޖަށް ދިޔައިމަ ޔޫރޮޕާގައި ކުޅޭނީ އިނގިރޭސި 6ވަނަ ޓީމް ނޫންތޯ؟ ދެން ރެއާލް/ބާރސާއަށް ރެފްރީން އެހީވާކަން އެހީ އޮބްވިއަސް ކަމެއް. އެވާހަކަ އެންމެ ގިނައިން ދައްކަނީވެސް ރެއާލް/ބާރސާ ފޭނުން
ރަދީފް
07 June 2019
ވެލްކަމް ޓު ދަ ވޯލްޑްސް ބެސްޓް ލީގް.ވ.ވެދުން
ލޯންްސްޓަރ
07 June 2019
ވޯރލްޑްސް ބެސްޓް ކްލަބް*
ހަގީގަތް
08 June 2019
ވޯރލްޑްސް ބެސްޓް ކްލަބް ލީގު ޗެމްޕިއަންކަން ލިބުނު ހަނދާން އެބަހުރިތަ؟