ފިނޭންސް މިނިސްޓްރީ އިމާރާތް--ފޮޓޯ:މިހާރު
10 ޖޫން 2019 - 12:20
މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ ދަރަންޏަށް 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން ކޮންމެ ތިން މަހުން އެއް މަހު ނެރޭ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 48 ބިލިއަން ރުފިޔާގައި ހުރުމަށް ފަހު މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ވަނީ 49.6 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
މި މުއްދަތުގައި ބޭރުގެ ދަރަނި ވަނީ 20.3 ބިލިއަނުން 20.8 ބިލިއަނަށް އިތުރުވެފަ އެވެ. އެހެންވެ ބޭރުގެ ދަރަންޏަށް ގާތްގަނޑަކަށް 558 މިލިއަން ރުފިޔާގެ އިތުރުވުމެއް ވަނީ އައިސްފަ އެވެ.
އެތެރޭގެ ދަރަންޏަށް މިދިޔަ ތިން މަހު ވަނީ އެއް ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން 27.7 ބިލިއަން ރުފިޔާ އިން 28.8 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެތެރޭގެ ދަރަނި 1.1 ބިލިއަން ރުފިޔާ އަށް އިތުރުވީ ޓްރެޝަރީ ބިލް ވިއްކުމުންނެވެ.
މި މުއްދަތުގައި ކޮމާޝަލް ބޭންކްތަކަށް 751 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ އިރު އެހެން މާލީ އިދާރާތަކަށް 386 މިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފަ އެވެ.
ރާއްޖޭގެ ދަރަނި އިތުރުވަމުންދާ އިރު އެ ދަރަނި ނުދެއްކޭ ހާލަތަށް ދިއުމުގެ ނުރައްކާ ބޮޑު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްްއެފް) އިން މިދިޔަ މާޗު މަހު ބުނެފައިވެ އެވެ. އެކަމަކު މިކަމުގައި އެމްއެމްއޭ އާއި ސަރުކާރުގެ ސިޔާސަތު ރަނގަޅު ކަމަށް ވެސް އެއިދާރާ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާސެ
11 June 2019
ތިކަންދާނީ ދުވަހެއްދުަވަހަކަށް ބޮޑުވަމުން. ކޮންގައުމެއްގެ މިނިސްޓަރުންނެއްތޯ ފުރަތަމަ މިނިސްޓަރުކަމާ ހަވާލުވެފަ ޓެކްސްސިސްޓަމް ފުނޑާލަން މަސައްކަތްކުރާނީ. އިކޮނޮމިކް މިނިސްޓަރުމެން ކުރިން ވިޔަފާރިކޮށް ޓެކުހަށް މަކަރުހަދަންއުޅެފަ އައިސް ފުރަތަމަވެސް ޕްބަލިކްގަ އެޓޭކްކޮށް މީރާގެ އަގުވައްޓާލާ ޓެކްސްނުދައްކަން ގޮވާލީ. ފައްޔާޒޫ އަދިވެސް ބާރަށް ޓެކްސް ނުދައްކަންގޮވާ، އޭރަށް ރައިކަނިމަސް ކެވިފައޮންނާނީ. މަހުންމަހަށް އާމްދަނީދަށްވަމުންއަންނަ ތަންފެނޭ.
ބަޖިޔާ
11 June 2019
ފޮރިން މިނިސްޓަރ ކައިރި ބުނޭ ރަށުގަ އެއްގަޑިއިރަށްވެސް ފައި ނުޖައްސާ، ބޭރަށް ދަތުރު ކުރާށޭ. އަދި ދާއިރު ސެކިއުރިޓީ އާ އަރިހުގާ ބާންދީވެސް ގޮވައިގެން ދާށޭ
މަންނާނު
10 June 2019
މަށަށް ފެންނަނީ މެޓާނިޓީ ލީވް އަދި 6 މަސް އިތުރު ކޮށްލާ 12މަސްދުވަހަށް ހަދާލަން އެއިރުން ތަރައްޤީގެ ދުވެލި އެތައްހާސް ގުނަޔަކުން ކުރިއަށް ޖެހިލާނެ
1467
10 June 2019
ސަރުކާރު ބޮޑުނުވާތޯއެއްނޫން ކަމެއް ނުވެގެން މިއުޅެނީ. ބަޖެޓް ހުސްކޮށްލީ ބޭރުދަތުރަށާ މަޖްލިސް އިންތިހާބަށް. ދެން ކަމެއް ނުވެގެން އުޅޭ ސަބަބަކީ، ދިވެހިރާއްޖެ، އޭޝިޔާގަ އަދިވެސް އޮތުމުންނާ ދުނިޔެ އެނބުރޭތީއާ ނެލްސަން މަންޑޭލާ ޖަލުގަ ދުވަސްތަކެއް ހޭދަކުރެއްވުމުން
ފާރަވެރިން
10 June 2019
މަހަކު 500 މިލިއަން ދަރަނި ވަމުން ގޮސް އިގުތިސާދު ފުޑުނީމަ ގައުމު އަންނިއައް ދީފަ ހުރިހާ ދިވެހިން ދާނީ ފެހެންދޫ ކުދިންނައް މޯދީޖީ ދެއްވާ ޑިންގީގަ ކޮޗިންނައް..
މަގުފުޅާޓިނު
10 June 2019
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ....މިވެސް ވިސްނާލަން ޖެހޭ ތަންކޮޅެއް ދެއްތޮ.
ނަރީމާ
10 June 2019
ހާސްކަޑާލަބަލަ!! އެއްބޮޑު އިންޑިޔާ އެއޮތީ ހީގަނެގެން، "ކިހާވަރެއް ހޭ ބޭނުމީ" ކިޔާލަ ކިޔާލަ. "ބެޖެޓް ސަޕޯޓް" ނޫނީ "ފައިނޭންސަލް އެސިސްޓެންސް" އެއީ ލޯނެއް ނޫން. ދަޢުލަތް ބަނގުރޫޓުން ސަލާމަތް ކުރަނީ.
ހަރުގަދާ
10 June 2019
ގައުމުގެ ހަޒާނާ ކާލައިގެން ފިލި ގްރޫޕް މިހާރު ތިބޭނެ ހޭން. އެމީހުން ގައުމަށް ދިން ގެއްލުމުން އަރާގަންނަން ދުވަސް ނަގާނެ. ޔާމީނުގެ ހުރިހާ މުދަލެއް ދައުލަތަށް ނަގަންވި
ރޔޒ ރށދ
11 June 2019
މި ތިން މަހު ވެރިކަމުގަ ހުރީ ތިބުނާ ގްރޫޕްތަ؟ މި އުޅެނީ މި ތިން މަސް ތެރޭ އިތުރު 1.6 ބިލިއަން ރުފިޔާ ދަރުވާލައިގެނޭ
ކަނބިލި
10 June 2019
މިއޮއްދަނީ ރާއްޖެ ގާދޫ ކޮލުން ނުކުމެގެން
ޑާޑާ
10 June 2019
ބަޔަކު ދައުލަތުގެ ތިޖޫރި ދޮވެލައިގެން ފިލީމަ ވާނެ ހައެތި މިވަނީ، ދުރުނޫން މުސްތަޤްބަލެއްގަ އެބައިގަނޑު ހައްޔަރުކުރާނެ ކަމަށް މި އުއްމީދުކުރަނީ.
ރޔޒ ރށދ
11 June 2019
ބަޔަކު ތިޖޫރީ ދަރުވާލީއޭ މީދަލޭ ކިޔައިގެން ވެސް ހިތްހަމަ ޖެހިގެން ހުރެލާ. މި ތިން މަސްތެރޭ ތިޖޫރީން 1.6 ބިލިއަން ދިރުވާލީ ޔާމީނެއް ނޫން ދޯ.
ޖަމްޝީދް
10 June 2019
އަދި މިސަރުކާރަށް އަހަރެއްވާން ކައިރި ނުވަންޏާ މީ މިސަރުކާރުގެ މައްސަލައަށްވުރެ ކުރީ ސަރުކަރުގެ މައްސަލަ ކަމަށް ބެލެވޭ
ރޔޒ ރށދ
11 June 2019
ކުރީ ސަރުކާރުގެ ދަރަނި އެ އޮތީ ފެންނަން. މި އުޅެނީ މިހާރުގެ ސަރުކާރުން އިތުރަށް ދަރަނިވެރިކޮށްލި 1.6 ބިލިއަން ރުފިޔާގެ ވާހަކަ
ސިނަމާ
10 June 2019
ކޮބާ ފޮރިންމިނިސްޓަރު؟ އަދި ދައުލަތުގެ ޚަރަދުގައި ޗުއްޓީ ހޭދަކުރަން ނުދެވި ކިތައް ޤައުމު އެބައޮތްތަ؟