ދުނިޔެ

ފިލިޕިންސްގައި އަނބަށް ވުރެ ގިނަ އެއްޗެއް ނެތް، ދެ މިލިއަން ކިލޯ ފީވެދާނެ

11 ޖޫން 2019 - 08:21

13 comments

މޫސުމީ ބަދަލެއްގެ ސަބަބުން ފިލިޕިންސްގައި އާދަޔާ ހިލާފަށް އަނބު ގިނަވެ، ބޭނުންވާ ވަރަށް ވުރެ އިތުރަށް ދެ މިލިއަން ކިލޯ އެބަހުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

އެގްރިކަލްޗާ މިނިސްޓަރު އެމެނުއެލް ޕިނޯލް ވިދާޅުވީ އަނބު މާ ގިނަވީ މޫސުމީ ބަދަލުތައް އަންނަ އެލް ނީނޯ ފިނޯމިނާގެ ސަބަބުން ހޫނު ގަދަވެގެން ކަމަށެވެ.

ގިނަވެފައިވާ އަނބުތަކުގެ ތެރެއިން އެއް މިލިއަން ކިލޯގެ އަނބު މި މަސް ނިމުމުގެ ކުރިން ވިއްކާލަން ޖެހޭ ކަމަށާއި އެހެން ނޫނީ އެ މޭވާތައް ފީވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ މިހާރު ވަނީ އަނބު ވިއްކަން ހާއްސަ މާކެޓިން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

މެނީލާ ޓައިމްސް އަށް ޕިނޯލް ވިދާޅުވީ އެލް ނީނޯގެ ސަބަބުން 2015 އާއި 2016 ގައި ވެސް މިގޮތަށް އަނބު ގިނަވި ކަމަށެވެ.

މިހާރު ދެ މިލިއަން ކިލޯގެ އަނބު ގިނަވެފައި އެބަހުރި ކަމަށާއި މޫސުމީ ބަދަލުގެ ސަބަބުން އަނބު ގިނަވި ކަމުގައި ވިޔަސް އަނބު ގަނެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ވެސް ފިލިިޕިންސް އަނބު ގިނަވާ ކަމަށް ޕިނޯލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގައި ހައްދާ އަނބު ގަތުމުގެ ބަދަލުގައި އެހެން ގައުމުތަކުން އަނބާއި އެހެން ބާވަތްތަކުގެ މޭވާ އެތެރެކުރާ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ އެކްސްޕޯޓްކުރާ ފެންވަރަށް އަނބު ހައްދާނެ ގޮތް ދަނޑުވެރިންނަށް ދަސްކޮށްދޭން ވޯކްޝޮޕްތަކެއް ވެސް ފަށައިފަ އެވެ.

13 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 38%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރަންޓޭ

11 June 2019

މާލޭގެ ކަރަންޓުބިލްތަށް ބޮޑުވީ މިފަދަކަމަކާހެދިގެންނޫންބާ ނުނީ އެޖެންޑާނަވާރަޔަށް މާގިނައިން ވަގަށް ކަރަންޓު ބޭނުންކުރީބާ...

The name is already taken The name is available. Register?

ދސފސދފ

11 June 2019

ދެމިލިޔަން ކިލޯ ލިޔުމަށްވުރެ ފަސޭހަވާނެ ދެހާސް ޓަނު ލިޔަން

The name is already taken The name is available. Register?

އަލްޖިބްރާ

11 June 2019

އަވަހަށް ދިވެހިރާއްޖެއަށް ފޮނުވާލާ ! 100ރުފިޔާއަށް ދިހައަބު( އަވިން ހޫނޫނުވެގެން ދޮވެފަ ހުންނަ އަބު ) ވިއްކާ ވިޔަފާރިވެރިން ވަރަށް ހެވިފަ ތިބޭނެ !

The name is already taken The name is available. Register?

ޖަހޯބަރާ

11 June 2019

ފިލިޕީންސްގަ ހޫނުމޫސުމުގަ ކަރުންޓް ބިލް ބޮޑުނުވެ ދެމިލިއަން ޓަނުގެ އަނބު އިތުރުމިވީ...! ރަނގަޅެއްނޫން...! ރާއްޖޭގަ ތިންމިލިއަން ޔުނިޓް ކަރަންޓު އިތުރަށް އެޅީ.. އަހަރުމެން ޖެހެނީ މި ތިންމިލިއަން ޔުނިޓަށް އަގުދައްކަން..

The name is already taken The name is available. Register?

ފަހަރި

11 June 2019

މި ދުނިޔޭގެ އެކިތަންތާ އެބަތިބި ބަޑަށްޖެހިފަތިބި ފަޤީރުން... ތި ފޮނުވަބަލަނިކަން އުކާނުލާ މާތްކަލާއްކޯ...

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާގެއަނބިމީހާ

11 June 2019

ފިލިޕީންސުން މިތަނަށް އަންހެންވެރިން ފޮނުވުމުގެ ބަދަލުގާ އަނބުބަސްތާކޮޅެއް ފޮނުވާލަދީބަލަ. އަނބު އޮއިކުންޏަށް އުކާފައިއޮތަސް މާރުކޭޓުން އަނބުބައެއް ލިބޭނީ 100ރ އަށް. އެއީ ގާތްގަނޑަކަށް އަނބެއް 10ރ.

The name is already taken The name is available. Register?

ހަސަން ނުވަވަނަ

11 June 2019

ޑިމާންޑް އޮތް އެއްޗެއްނު ފޮނުވޭނީ

The name is already taken The name is available. Register?

ހުދުހުދު

11 June 2019

ތި ރާއްޖެ އަށް ފޮނުވަބަލަ. އޭރުން އުކާލާކަށް ނުޖެހޭނެ

The name is already taken The name is available. Register?

ލކއވ

11 June 2019

ހަމަ އުކާލަންޖެހޭނީ. 100އަށް ބައެކޭކިޔާނީ. 3އަނބު ފީވެފަ އޮތަސް 100 ރުފިޔާއަށް ނޫނީ ނުދޭނެ. ކޮންމެވެސް މިރާއްޖެ ނުގެންނާތި. ފަޤީރު ހިސާބަކަށް ބަހާލާ

The name is already taken The name is available. Register?

ސަންޕަ އަހަންމަދު

11 June 2019

މިކޮޅަށް ފޮނުވާލަބަލަ ހައެއްކަ ޓަނު.

The name is already taken The name is available. Register?

ސަންޕަތު

11 June 2019

އެންމެ 6 ޓަނު؟؟ މިހާރުވެސް މަހަކު 10ޓަނު އެބަފޮނުވަމޭ....

The name is already taken The name is available. Register?

އެދުރުބެގެ ދަރި

11 June 2019

ސަމްޕަތު ހެވޭ ކިތަންމެވަރަކަށް ފޮނުވިޔަސް ތިޔަ ލޯކަލްމާރުކޭޓް ތެރޭއުޅޭ މީހުން ތިޔައަނބުގެ އަގު ހެވެއްނުކުރާނެ. ލައްޖަހައިގެން ގޮސް ފާނަޔަށް ބަދަލުވެގެން އުކާލަންޖެހުނަސް 100 ރުފިޔާއަށް ބައިހަދައިގެން ހަމަތިބޭނީ.

The name is already taken The name is available. Register?

ޒުހޫ

11 June 2019

އަނބު އެކަނިތަ. ދޮންކެޔޮ ވަކެއްގެ އަގުއަހާލިޔަސް -/10 އަށް ތިން ވަށް. އެހެޔޮ ކުޑައިނގިލި ވަރުނުވިޔަސް. ފީވެގެން ކެޔޮގަނޑު އެއްލާލަން ޖެހުނަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454