އުރީދޫން ވަނީ އަގުހެޔޮކޮށް ގުޅޭނެ ދެ ޕެކެޖެއް ތައާރަފްކޮށްފައި.
06 ސެޕްޓެމްބަރ 2016 - 18:09
ގިނަ ވަގުތު ފޯނުން ވާހަކަ ދައްކަން ބޭނުންވާ މީހުންނަށް މުޅިން އާ ދެ އެޑްއޯން އެއް އުރީދޫން ތައާރަފްކޮށްފި އެވެ.
އެ ކުންފުނިން ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭ ފްރީ މިނެޓް ޕެކް އަދި ރޭޓްކަޓާ ޕެކް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށް ގުޅުމަށް ވެސް ހިލޭ މިނެޓް ނުވަތަ 50 ޕަސެންޓާ ހަމައަށް އަގުހެޔޮކޮށްފައިވާ ކޯލް ރޭޓް ލިބިގެންދާނެ ކަމަށެވެ.
އުރީދޫގެ ރޭޓްކަޓާ ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް މުޅި ދުވަހު ކޮންމެ ނެޓްވޯކްއަކަށް ގުޅާލަން ވެސް 50 ޕަސެންޓާ ހަމައަށް އަގުހެޔޮވެ އެވެ. އެ އެޑްއޯންތަކުގެ ތެރޭގައި ތަފާތު ތިން ޕެކެއް ހިމެނެއެވެ. އެއާއެކު ތައާރަފްކުރި ފްރީ މިނިޓްސް އެޑްއޯން ބޭނުންކޮށްގެން ކޮންމެ ނެޓްވޯކަކަށް ވެސް ހިލޭ ގުޅެ އެވެ.
"އުރީދޫގެ އަމާޒަކީ އާންމު ދިރިއުޅުމުގައި ފަސޭހަކަން ފޯރުކޮށްދޭ ހިދުމަތްތަކާއި ހައްލުތަކެއް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން. އަޅުގަނޑުގެ އުއްމީދަކީ ރޭޓްކަޓާ ޕެކް އަދި ފްރީ މިނިޓްސް ޕެކްއަކީ ދިވެހިންނަށް ކަމުދާ އަދި ފައިދާކުރާނެ ހިދުމަތްތަކެއް ކަމުގައި ވުން،" އުރީދޫގެ ހެޑް އޮފް ވޮއިސް ޕްރޮޑަކްޓްސް، އަރުޝަދު ޝާކިރު ވިދާޅުވެފައިވެ އެވެ.
އުރީދޫގެ ހާއްސަ އެޑްއޯންތަކަށް ސަބްސްކްރައިބް ކުރުމަށް، *929*15* އަށް ގުޅާލުމުން، އެ ހިދުމަތް ލިބޭނެ އެވެ. ރޭޓް ޕެކްގެ ބެލެންސް ނުވަތަ ވެލިޑިޓީ ބެލުމަށް *200*21# ޖަހަން ޖެހެ އެވެ. އަދި ފްރީ މިނިޓްސް ޕެކްގެ މައުލޫމާތު ބެލުމަށް *200*22# ޖަހަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލީ
20 September 2016
ކޮބާ ޕެކޭޖްގެ އަގަކީ
ހަސަނު
07 September 2016
މި އެޑްއޯންއާއިބެހޭ އެއްވެސް މައުލޫމާތެއް އުރީދޫ ވެބްސައިޓުގައިނެތްކަން ފާހަގަކުރަން.
ބުރުގާ
07 September 2016
މިއަދު އޫރިދޫއައް ބަދަލުވާނަން. ދެނެއް ކެތެއް ނުވާނެ.