ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުގައި ޓީސީ އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
11 ޖޫން 2019 - 10:47
މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗާ ކުރިމަތިލިއިރު މިދިޔަ އަހަރުގެ ޕްރިމިއާ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އަށް އޮތް އެންމެ ބޮޑު އަމާޒަކީ ޝީލްޑް ކާމިޔާބުކޮށް ރަނގަޅު ފެށުމަކާ އެކު ސީޒަނާ ކުރިމަތިލުމެވެ. ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި އޮތުމުން މިރޭ ކުޅޭ ދެ ވަނަ ލެގަށް ނުކުންނައިރު އެ އަމާޒަށް ވާސިލްވާން ދެ ޓީމަށް ވެސް ހަމަހަމަ ފުރުސަތެއް އެބައޮތެވެ.
މިރޭ ކުޅޭ ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށް ފުރަތަމަ ފަހަރަށް ޝީލްޑް ހާސިލްކުރެވޭނެ އެވެ. މެޗު 1-1 އިން އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅޭނެ އެވެ. ލަނޑެއް ނުޖެހި އެއްވަރުވިޔަސް ކުރި ލިބޭނީ ޓީސީ އަށެވެ. އެ ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވެއްޖެ ނަމަ ކުރި ލިބޭނީ ފޯކައިދޫ އަށެވެ.
މި މެޗު ކުރިން ކުޅެން ހަމަޖެހިފައި އޮތީ ރެ އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫ ކުޅުންތެރިންނަށް މާލެ އާދެވޭ ގޮތް ނުވުމުން މެޗު ވަނީ މިރެ އަށް ފަސްކުރީ އެވެ.
ފޯކައިދޫ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމަށް ވެސް އުނދަވޫވީ ދަނޑުގެ ހާލަތު އޮތްގޮތުންނެވެ. އަދި ވިއްސާރަ ދުވަސްވަރެއްގައި ވުމުން އިތުރަށް ދަތިތަކެއް އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު މީގެ ކުރިން ބުނީ ފޯކައިދޫ އަށް ލިބުނު ވަގުތާ ބަލައި އެ ޓީމުން ރަނގަޅަށް ތައްޔާރުވި ކަމަށާއި އުއްމީދަކީ ޝީލްޑް ކާމިޔާބު ކުރުން ކަމަށެވެ.
ޓީސީގެ ކޯޗުކަމާ މި ފަހަރު ހަވާލުވެ ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު އަދި ފިރިހެން ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު މުހައްމަދު އާތިފް (އާތީ) ހުރީ ފުރަތަމަ ލެގަށް ނުކުތްއިރު ތައްޔާރީތަކާ މެދު އެންމެ ހިތްހަމަޖެހިފައެއް ނޫނެވެ. އެއީ ފޯކައިދޫ އަށް ދެ ވުނީ މެޗު ކުޅެން ދެވުމުގެ އެއް ދުވަސް ކުރިން ކަމަށްވެފައި ބިދޭސީ ކުޅުންތެރިންނާ އެކު ޓީމު އެކަށީގެންވާ ވަރަށް ޕްރެކްޓިސް ކުރެވިފައިވެސް ނެތުމުންނެވެ. އެކަމަކު އާތީ އަށް އޮތް ޔަގީންކަމަކީ ޓީމު އެކުގައި ކުޅޭ ވަރަކަށް ކޮމްބިނޭޝަން ރަނގަޅުވެ، ޓީމު އިތުރަށް ވަރުގަދަވެގެންދިއުމެވެ.
ފުރަތަމަ ލެގުގައި ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބާއި ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު އަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ) ކަންތައްތައް ހަމަނުޖެހި ހުރުމުން ނުކުޅެވުނެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމުގެ ގޮތުން ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ހުރީ ވެސް ޓީމާ ދުރުގަ އެވެ. ސައްޓު މިހާރު ޓީމާ ގުޅިފައިވީ ނަމަވެސް އެނގިފައިވާ ގޮތުގައި މިރޭގެ މެޗުގައި ނުފެންނާނެ އެވެ.
ކަޕްވިނާސް ކަޕުގެ ބަދަލުގައި 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެފްއޭ ޗެރިޓީ ޝީލްޑް މެޗު މިދިޔަ އަހަރު ނުބާއްވަ އެވެ.ޝީލްޑް މެޗު ކުޅެން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުގައި އޭރު ރާއްޖެ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން މެޗު ފަސްކުރީ އެވެ. ފަހުން މެޗު ކެންސަލްކުރަން ނިންމީ އެ މެޗު އެހެން ތާރީހެއްގައި ބާއްވަން ކަލަންޑަރަށް ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ބުނެ އެވެ.
ފާއިތުވި ފަސް އަހަރަށް ބަލާއިރު ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައިވަނީ ނިއު ރޭޑިއަންޓް ނޫނީ މާޒިޔާ އެވެ. އެންމެ ފަހުން ކުޅުނު ފަހަރު 2017 ވަނަ އަހަރު މާޒިޔާ އިން ތިން ވަނަ ފަހަރަށް ޝީލްޑް އުފުލާލީ ކްލަބް ވެލެންސިއާ ބަލިކުރުމަށް ފަހު އެވެ.
ފޯކައިދޫ އާއި ޓީސީ ކުޅޭ ޝީލްޑް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޖޫ
11 June 2019
ނިއުސާދު، އަލީ، އަދި ރަމީޒު ޓެސްޓުން ފާސް ނުވާއިރު މިފަދަ މެޗެކަށް ނެރުމަކީ ކޮށްގެންވާނެ ކަމެއްނޫން ޓީމުތަށް ބޮޑުހަރަދުގަ ތައްޔާރުއިރު ރެފްރީން ޓރެއިން ނުކޮށް މިފަދަ މެޗަށް މިނެރެނީ ރެފްރީންވެސް ހަމަ އެކަނިނލިބބޭލާރި ކޮލަސް ވިސް ނަިގެން މެޗް ކުރުމުގެ ބަދަލްގަ ރެޑިވެގެން ނިކުމޭ.ސައީދު،އަމީޒު،ސަލީމް ޑޯނާ އަކީ ރެފްރީންނަށް ހުރި ނަމޫނާއެއް އެމީހުންގެ ބޭނުން ނުހިފާ އެފް އޭ އެްމް މިކަމެއްނުވާނެ އޭގެ ހެކި ފެންނަނީ މި.
އަހުމަދު ރެފްރީ
12 June 2019
ކޮން އިރަކު އޮތް ޓެސްޓަކުން ފާސް ނުވާ ވާހަަކަބާ މާ އެނގޭ މީހަކު މި ލިޔަނީ ނިއުޝާދަކީ 2019 އަހަރު ފީފާ އެސިސްޓެންޓް ރެފްރީ އެއް ދެން އަލީ އަކީ ވޭތުވެދިޔަ 2 އަަހަރު އެންމެ ގިނަ މެޗު ކުރި ކުރި އެއް ރެފްރީ ދެން ރަމީޒަކީ މިހާރު ކުރި އަރަމުން އަންނަ އެންމެ ފިޓްނަސް ރަނގަޅު އެކަކު...ވާނުވާ އެނގިގެން ކޮމެންޓް ކުރުމަށް ނަސޭހަތް ތެރިވަން.
ޟާނު
11 June 2019
ފިޓްނަސް އިންފާސްވި ރެފްރީ އެއް ފޮޓޮގަހުރީ ސިނާން އެކަނި. ޑެންތިބީ ފާސްނުވާމީހުން. ޟިހާ ބޮޑުމެޗެް ލީގު ފެށުމަށް ކުލުނު އިރު ެފެންވަރުގެ ރެފްރީން އެރުވުމަކީ ރެފްރީސް ޑިޕާރޓް މަންޓް ފެއިލްވެފަވާކަމުގެ ހެކި