ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން

ވީއޭއެމްގެ އެކްސްކޯ އުވާލައި ހިންގުން ނޯމަލައިޒިން ކޮމިޓީ އަކަށް

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހެޅި ބަލަމުން ދިއުމާ އެކު، އެ އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީ އުވާލައި އެ އިދާރާ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމައިފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އިއްޔެ ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވަނީ އިންޓަރިމް ކޮމިޓީގެ މެމްބަރުންނާ ބައްދަލު ވެސް ކުރައްވައިފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އާމިރާއި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހުސައިން މުހައްމަދާއި އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ ދެ މީހަކު ވެސް ހިމެނޭނެ އެވެ.

ވީއޭއެމާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ މިދިޔަ މަހު 21 ވަނަ ދުވަހުން ފެށިގެން ކޮމިޓީއެއް މެދުވެރިކޮށް އެ އްސަލަތައް ވަނީ ބަލައިފަ އެވެ. އެނގިފައިވާ ގޮތުން އެ ކޮމިޓީ އަށް ވަނީ ވީއޭއެމްގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް މީޑިއާގައި ވާހަކަ ދެކެވުނީ ގައުމީ ޓީމުގެ ޖޯޒީ ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. ނަމަވެސް އެކަން ދޮގުކޮށް ވީއޭއެމުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. މިހާާރުގެ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފަށް އެ މަގާމު ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ.

އެކަމަކު ލަތީފުގެ ހިންގެވުމާ މެދު ހިތްހަމަނުޖެހި އެސޯސިއޭޝަނުގެ އެކި މަގާމުތަކުން މީހުން އިސްތިއުފާ ދެމުން އަ އެވެ. ގިނަ ފަރާތްތަކުން އިސްތިއުފާ ދިނީ ލަތީފްގެ ލީޑަޝިޕަށް ފާޑު ވެސް ކިޔަމުންނެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި ވޮލީބޯޅައިގެ މިހާރު އޮތް ލީޑަޝިޕާ އެކު ކުރިއަށްދާން ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ވޮލީބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ ސަރުކާރުގެ އިސް ފަރާތްތަކާ ވެސް ބައްދަލުކޮށްފަ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވީއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކުރާނެ އެވެ.

އަވަސް އިންތިހާބަކަށް ވީއޭއެމްގެ ލީޑަޝިޕުގެ ތާއީދު، އެކަމަކު ޝަރުތަކާ އެކު

ވީއޭއެމްގެ ރައީސް ލަތީފް މި މަހު އަށް ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ ސަލީމަށް ފޮނުއްވި ސިޓީގައި ވަނީ އެސޯސިއޭޝަނުން މިހާރު ކުރަމުން އަންނަ ބައެއް މަސައްކަތްތައް ނިމުމުން އަަވަސް އިންތިހާބަކަށް ދާން އެދޭ ކަމަށެވެ.

އެ ގޮތުން ވީއޭއެމްގެ ސިޓީގައި އެދިފައި ވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ކުރަމުން އަންނަ އިސްލާހީ އެޖެންޑާގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި އެކަން ނިމުމުން އަވަސް އިންތިހާބެއް ބޭއްވުމަށެވެ. ވީއޭއެމުން ވަނީ އިސްލާހީ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު މިނިސްޓްރީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހިއްސާކޮށްފަ އެވެ.

ވީއޭއެމުން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ 1982 ގައި އެސޯސިއޭޝަން އުފެދުމާ އެކު ވެސް ކުރަން ޖެހިފައިވާ ނަމަވެސް ނުކުރެވި ހުރި މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެއީ މިހާރުގެ ހިންގާ ކޮމިޓީން އެންމެ އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ފެށި މަސައްކަތްތައް ކަމަށް ވެސް ސިޓީގައި ވެ އެވެ.

އެކަމަކު މީގެ ދެ އަހަރު ކުރިން ލަތީފް އިއުލާންކުރެއްވި އިސްލާހީ މަސައްކަތުގެ ނަތީޖާ ނުފެންނަ ކަމަށް ބުނެ ވޮލީގެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން އިސްލާހީ މަސައްކަތް ކަމަށް ބުނެ ލަތީފްގެ ދައުރުގައި އުފެއްދި ތަފާތު ކޮމިޓީތަކުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެއީ ނަމެއްގައި އުފެއްދި ކޮމިޓީތަކެއް ކަމަށް މި ދައުރުގައި ގިނަ މަގާމުތަކެއް ފުރި ކޯޗު މުހައްމަދު ޝަރަފް ބުނެ އެވެ.

ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތްތައް ފުރިހަމަވުމަށް ފަހު ދެން ބާއްވާ އަަވަސް އިންތިހާބެއްގައި ވާދަނުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"މި އެސޯސިއޭޝަނުން ފަށާފައިވާ އިސްލާހީ މަސައްކަތްތައް މި އަހަރުގެ ޖުލައި މަހުގެ ނިޔަަލަށް ނިންމާލައި، މަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމަ، އަވަސް އިންތިހާބެއް ބާއްވައި އާ އިންތިހާބެއް ހިންގާ ކޮމިޓީއެއް އެކުލަވާލުމަކީ މި އެސޯސިއޭޝަނަށް ވެސް ފެންނަ ކަމެކެވެ. މި ގޮތުން ބާއްވާ އިންތިހާބެއްގައި އަޅުގަނޑު ވާދަނުކުރުމަށް ގަސްދުކުރާ ވާހަކަ ދެންނެވީމެވެ،" ލަތީފްގެ ސިޓީގައިވެ އެވެ.

ވީއޭއެމްގެ މިހާރުގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާ، ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވާއިދު ބަދަލު ކުރުމުގެ އިތުރުން ވޮލީގެ ލޯގޯ އަށް ވެސް ބަދަލު ގެނައުމުންނެވެ. އެ ލޯގޯ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނީސް ވީއޭއެމުން ވަނީ ބޭނުންކޮށްފަ އެވެ.

އަހަރީ ޖަލްސާގައި އަސާސީ ގަވައިދަށް ބަދަލުގެނައީ ގަވައިދާ ހިލާފަށް ކަމަށް އެ ޖަލްސާގައި ބައިވެރިވި އޮބްޒާވަރެއްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ)ގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ވީއޭއެމްގެ ރައީސް ލަތީފާއި ސީނިއަ ނައިބު ރައީސް މުހައްމަދު ފަހުމީ މި ވަގުތު ހުންނެވީ ތައިލެންޑުގެ ބެންކޮކުގަ އެވެ.

7 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަޔާން ޒަކީ

11 June 2019

ވަރަށް އުފާވެރި ކަމެއް...ދެން އޮތީ ކޮން ބަޔެއް ބާ؟؟ ނުބުނިޔަސް އިގޭ ދޯ...މޫސަ ބީ ރެޑީ ?

The name is already taken The name is available. Register?

ހުރީމޭ

11 June 2019

ލަތީފު ކަހަލަ ބޮޑާ މީހަކު ތިމަގާމު ލިބުމުނީމަ ވާނެގޮތް ތިވަނީ.

The name is already taken The name is available. Register?

ރަދީފް

11 June 2019

ހެހެހެހެހެހެ.ކޮބާ ރީތިވެއްޖެތަ؟؟ މިހާރު ހުންނާނެ އައްޑޫގެ 5 ވަރަކަށް މީހުންނަށް ރާކަނިމަސްކެވިފަ.މި 05 މީހުން ހިތުން މިމީހުންނަށް އެކަނި ވޮލީއެއީ ކޯޗެއްކަން އިނގެނީ.އަދި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (FIVB) ވެސް އިނގެނީ މިމީހުން ހިތުން މިމީހުންނަށް އެކަނި.ވ.ވެދުން

The name is already taken The name is available. Register?

އެނދި މަރިޔަބު

11 June 2019

ކަންނަންނޫރުގެ ކޮމެންޓް ކިޔާލުމުން އެނގުނީ ހުސެންގެ އިޚުލާޞްތެރިކަން. އޭނަގެ އަމިއްލަ އެދުން އިސްނުކޮށް އޭނަމަސައްކަތް ކޮށްފަ އެއޮތީ ޤައުމަށްޓަކައި ދާއޮހޮރުވަމުން ދިޔަ ކުޅުންތެރިންނަށް ރުފިޔާފޮއްޗެއް ލިބޭނެ މަގެއް ތަނަވަސްކޮށްދިނުން. ޝުކުރިއްޔާ ކުރީގެ ޖީއެސް ޙުސެން މުޙައްމަދު.

The name is already taken The name is available. Register?

ޝަރަފު

11 June 2019

މިހާރު ހުންނާނީ ރާކަނިމަސްކެވިފަ. ފިތުނައާ ކޮރަޕްޝަނާ ބޮޑާކަމާ ބާރުވެރިކަމުގަ ތިޔާހުރީ ވޮލީ ރަގަޅަށް ހިންގިފަ. ވަރަށް ސަލާމް

The name is already taken The name is available. Register?

ކަންނަންނޫރު

11 June 2019

ރިޒޯޓް ވޮލީ ހަލާކުކުރި ހުސައިން މުހައްމަދު ލައިގެން ނުވާނެ ތިކަމެއް. ރާއްޖޭގެ އެއްމެ ފޯރިގަދަ ވޮލީ މުބާރާތް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލާރި ހޯދަދޭން މުޅި އެތި ފުނޑާލީ އޭނަގެ ޖީއެސް ކަމުގަ ޝަރަފްމެން ވެގެން

The name is already taken The name is available. Register?

ހަސަން ނުވަވަނަ

11 June 2019

ކޮބާ އިހުލާސްތެރިއަކީ. ތިޔަ ހެދި ކޮމިޓިއަށް ލާފަ އިން ކުރީގެ ޖީއެސް ހުސައިން މުހައްމަދުގެ ބަސްމަގު ސޯޝަލްމީޑިއާއިން ފެނުނު ޔާމީނުގެ ވެރިކަން ބަދަލުވުމާއެެކު. އެފެންވަރުގެ މީހުން ލައިގެން ދެންވެސް ހިންގާނީ ސިޔާސީ އެޖެންޑާއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454