ހިތަދޫގެ މަގަކުން ބަޔަކު ދުއްވާފައި ދަނީ.
11 ޖޫން 2019 - 14:50
އައްޑޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 893 މީހުން ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި އައްޑޫން މި އަހަރު 47،7731ރ. ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން މިއަދު އާންމުކުރި ފިތުރު ޒަކާތުގެ ތަފުސީލުގައި ބުނީ މި އަހަރު 17،355 މީހަކު ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ.
ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އަދަދުތަކަށް ބަލާއިރު އައްޑޫގެ އެންމެ އާބާދީ ބޮޑު ހިތަދޫން ފަގީރުންގެ ގޮތުގައި 490 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، ދެން އެންމެ ގިނަ ފަގީރުން ތިބީ ހުޅުދޫގަ އެވެ. އެ ރަށުން ރަޖިސްޓްރީކޮށްފައި ވަނީ 102 މީހުންނެވެ.
1440 vana aharuge fithuru zakaaiy Addu City ge avashu office thakah dhekki meehunnai libunu faisaa adhi fageerunge adhadhu pic.twitter.com/Qf0ZUVRL2l
— Addu City Council (@AdduCityCouncil) June 11, 2019
ތިރީސް ހާހަށް ވުރެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ އެހެން އަވަށްތަކަށް ބަލާ އިރު ފޭދޫން 98 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، މީދޫން 91 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މަރަދޫން 57 އަދި މަރަދޫފޭދޫން 55 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންތަރި
16 June 2019
ފޮޓޯގައި ތި ދައްކާލާ ފިރިހެން ކުއްޖާ އަކީ ހަމަ ގައިމުވެސް ފަގީރެއްނޫން.ތަނަވަސްކަމުގެ އަހުލުވެރިއެއް. ހިތަދޫ ދައްކާއިރުވެސް މީހުންގެ ޙާއްގު ނުގެއްލޭ ގޮތަށް ޖެހުން ބުއްދިވެރި.
ދޭސީ
11 June 2019
ހާދަ ބައިވަރު ފަގީރުންނެކޭ
ޢަހުމަދު ހަމީދު
11 June 2019
ލަދުން މީހުނަށް ރަޖިސްޓުރީ ކުރަން ދާންނުކެރުނީ އަދި އެހާމެ އުނދަގޫ އެތަންތަނުގައި އެތިބޭ މުވައްޒަފުންގެ ފަރާތުން ފޯރާ، އެތަކެއް ފަހަރު ގޮސްގެން ނުކުޅުދުންތެރިކަން ހުރި ދެމެފިރީންނަށް ރަޖިސްޓުރީ ވެވުނީ. ތަންކޮޅެއް ފަސޭހަ ގޮތަކުން ފަގީރު ނިކަމެތީން ދަނަގަނެވޭނެ ގޮތެއް އޮތްދުވަހެއްނަމަ އައްޑޫގައި ދިރިއުޅޭ ކޮންމެ 3 މީހަކުން 1 އެއީ ފަގީރު ނިކަމެތީން ، އަހަރެން މިއަތޮޡލުގައި އުޅޭތާން މިވީ 4 އަހަރުދުވަސްތެރޭގައި މިކަންތަޖުރިބާވެއްޖެ.
ސަރިއްކަ
11 June 2019
އަ ފެއިލްޑް ޖެނެރޭޝަން. ވަޓް އަ ޖޯކް.
މާގުރެޓު
11 June 2019
ކަލޭމެން ނިކަން ވިސްނާލާ ސިންގަޕޫރަށް މިއޮތް ވަނީއޭ ކިޔައިގެން 5 އަހަރު ދުއްވާލިއިރު ކަލޭމެން ތިބީ ގަބޫލުކޮށްގެންނޭ.
ތެޗަރު
11 June 2019
ކުރިއަށް އޮތް މި 5 އަހަރު އިންޑިއާގެ އަވަށަކަށްވުރެ ދަށު ދަރަޖައަކަށް ރާއްޖެ ވެއްޓެން ދާ ތަން އެކަމު އެބަ ފެނޭ.
ބެޓިކަލޯ
11 June 2019
އަމައްޔާއި...ތީ ދެން އެމެރިކާ ވިއްޔާ...ލަދުން ބޯ ހަލާކު
ރަދީފް
11 June 2019
ސާބަހޭ.ހާދަ ރީތި މަގެއް ފޮޓޮއިން އެފެންނަނީ.އެމެރިކާއިން ވެސް އެފަދަ ރީތި މަގެއް ނުފެންނާނެ.