މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސޮނާކްޝީ، މަދޫރީ ޑިކްސިޓް އަދި އާލިއާ ބަޓް.

ބޮލީވުޑްގެ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ބާދްޝާހް އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ފިލްމުގެ ނަމާ އެކު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމަށް ދީފައިވާ ނަމަކީ "ހާންދާނީ ޝަފަހާނާ" އެވެ. މި ފިލްމު ސިނަމާކަށް އަންނާނީ އަންނަ މަހުގެ 26 ގަ އެވެ.

ޝިލްޕީ ދާސްގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފެމިލީ ކޮމެޑީގެ ކާސްޓުންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ވަރުން ޝަރުމާ، އައްނޫ ކަޕޫރް އަދި އެކްޓަރު ރާޖް ބައްބަރުގެ އަންހެނުން ނާދިރާ ހިމެނެ އެވެ.

"ހާންދާނީ ޝަފަހާނާ" އަކީ ޕަންބާޖްގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ.

ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ރިލީޒް ކުރާ ދުވަސް މިހާރު ވަރަށް ބޮޑަށް ކައިރިވެފައިވާތީ ފިލްމުގެ ޕްރޮމޯޝަން ވަރަށް އަވަހަށް ފަށައި، މީގެ ޕޯސްޓަރާއި ޓްރެއިލާ ވެސް މާ ލަހެއް ނުވެ ފެންނާނެ ކަމަށް ގަބޫލުކުރެވެ އެވެ.

"ދަބަންގް 3" ގެ އައިޓަމް ލަވަ ވަރީނާ އަށް

ކުރިން އަޑުތައް އަރާފައިވާ ގޮތުން ސަލްމާން ހާންގެ "ދަބަންގް 3" ގެ އައިޓަމް ލަވަ އިން މި ފަހަރު ފެންނާނީ ބަތަލާ މޯނީ ރޯއި އެވެ.

އެކަމަކު މީޑިއާތަކުން މިހާރު ބުނާ ގޮތުގައި ފިލްމުގެ އައިޓަމް ލަވައިން ފެނުމުގެ ފުރުސަތު ބޮޑީ މިދިޔަ އަހަރު ސަލްމާން ޕްރޮޑިއުސް ކުރި ފިލްމު "ލަވް ޔާތުރީ" އިން ބޮލީވުޑަށް ތައާރަފު ކުރި ވަރީނާ ހުސައިނެވެ. އަދި "ދަބަންގް 3" ގެ އައިޓަމް ލަވަވެގެން ދާނީ 2010 ގައި ރިލީޒް ކުރި "ދަބަންގް" ގެ ފުރަތަމަ ފިލްމުގައި ހިމެނޭ "މުންނީ ބަދުނާމު ހުއާ" ގެ އާ ވާޝަނެކެވެ. އެ ލަވައިން ފެނިގެން ދިޔައީ ސަލްމާނާ އެކު އޭނާގެ ކުރީގެ ފަހަރި މަލައިކާ އަރޯރާ އެވެ.

އަދި 2012 ގައި ރިލީޒް ކުރި "ދަބަންގް 2" ގެ އައިޓަމް "ފެވިކޯލް" ކުޅުނީ ކަރީނާ ކަޕޫރެވެ.

ޕްރަބޫދޭވާ ޑައިރެކްޓް ކުރާ "ދަބަންގް 3" ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 27 ގަ އެވެ.

އީޝާ އަށް މި ފަހަރު ވެސް އަންހެން ކުއްޖެއް

ކުރީގެ ބަތަލާ އީޝާ ޑިއޯލް އަށް އަނެއްކާ ވެސް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އޭނާ ވަނީ ދަރިފުޅުގެ ނަން ވެސް އިސްޓަގްރާމާއި ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅަށް ލިބުނު ދެވަނަ އަންހެން ދަރިފުޅުގެ ނަމަކީ މިރާޔާ ތަހުތާނީ އެވެ. އެ ދަރިފުޅު އުފަންވީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ބާރަތު ތަހުތާނީއާ 2012 ގައި ކައިވެނި ކުރި އީޝާގެ އަލަތު އަންހެން ދަރިފުޅު ރާދިއާ ތަހުތާނީ އަށް މި އަހަރު 2 އަހަރު ފުރޭނެ އެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި ބޮލީވުޑަށް ނުކުތް އިޝާއަކީ ފަހުން ކުޅޭނެ ފިލްމެއް ނުލިބި އެކްޓިންއާ ދުރަށް ދާން ޖެހުނު ބަތަލާއެކެވެ. އޭނާ ދާދި ފަހުން ވަނީ "ކޭކްވޯކް" ކިޔާ ކުރު ފިލްމެއް ކުޅެފަ އެވެ.

ބަޖާޖްގެ ގޮތުގައި ކަރަން ދައްކާލައިފި

ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ "ކަސޯޓީ" ގެ އާ ސީޒަނުގައި ބަޖާޖްގެ ރޯލް ކުޅޭ އެކްޓަރު ކަރަން ސިންގް ގްރޯވާ ބަޖާޖްގެ ގޮތުގައި ދައްކާލައިފި އެވެ.

ސޯލްޓް އެންޑް ޕެޕާ ލުކެއް ހުންނަ ބަޖާޖަކީ ނުފޫޒު ގަދަ ވިޔަފާރިވެރިއެކެވެ. އެ ރޯލުން ކަރަން ފެންނާނެ ގޮތް ޓްވިޓާގައި ހިއްސާ ކުރަމުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނީ ބަޖާޖްގެ ކެރެކްޓާ އަށް ސިލްސިލާ އަށް އައުމާ އެކު އަނޫރާގް ބާސޫ އާއި ބަޖާ ދެމެދު ބަތަލާ ޕްރޭނާ ފިތޭނެ ކަމަށެވެ.

ބަޖާޖްގެ ކެރެކްޓާއާ އެކު "ކަސޯޓީ" އާ ޕްރޮމޯއެއް ވެސް މާ ލަހެއް ނުވެ ބެލުންތެރިންނަށް ދައްކައިލަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ކެރެކްޓާގެ މަންޒަރުތަކެއް މިހާރު އަންނަނީ ނިއުޒިލެންޑްގައި ނަގަމުންނެވެ.

ކަރަންއަކީ ބޮލީވުޑްގެ ބަތަލާ ބިޕާސާ ބާސޫގެ ފިރިމީހާ އެވެ. އަދި އޭނާ ވެސް ވަނީ ކަރަން ބަޖާޖްގެ ރޯލް ކުޅޭތީ އެކަމަށް ހިތްވަރު ދީ ޓްވީޓްކޮށްފަ އެވެ. އެގޮތުން އާ ދަތުރަށް މަރުހަބާ ކިޔާ ކަމަށް ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454