17 ޖޫން 2019 - 07:30
މި ފަހަރުގެ މިސް އިންޑިއާގައި މުޅިން ވެސް ވާދަކުރީ ހަމުގެ ކުލަ އަލި އަދި އެއްވައްތަރު ޖަހާ މީހުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމު ރާޖަސްތާނަށް ނިސްވަތްވާ ސުމަން ރާއޯ ކާމިޔާބުކޮށްފި އެވެ.
އުމުރުން 22 އަހަރުގެ ސުމަން މިސް އިންޑިއާގެ ޓައިޓްލް ހާސިލުކުރުމާ އެކު އޭނާވެގެން ދާނީ މި އަހަރު މިސް ވޯލްޑް ހޮވަން ބާއްވާ މުބާރާތުގައި އިންޑިއާ ތަމްސީލު ކުރާނެ މީހާއަށެވެ. މިސް ވޯލްޑް 69 ވަނަ އެޑިޝަން ބާއްވާނީ ޑިސެމްބަރު 7 ގައި ތައިލެންޑްގެ ޕަޓާޔާގަ އެވެ.
When dreams came true on the stage of @fbb_india @colorstv Femina Miss India 2019.
— Miss India (@feminamissindia) June 16, 2019
Presenting the crowning moments of @fbb_india @ColorsTV Femina Miss India 2019.
Co Powered by @sephora_india & @DS_SilverPearls#MissIndia2019Finale pic.twitter.com/YvNaveqH0q
ހޮނިހިރު ދުވަހު ބޭއްވި 56 ވަނަ ފެމިނާ މިސް އިންޑިއާގެ އިތުރު މަގާމުތަކަށް ބަލާއިރު، މިސް އިންޑިއާ ޔުނައިޓެޑް ކޮންޓިނެންޓްސްގެ މަގާމު ލިބުނީ ބިހާރުގެ ޝްރެޔާ ޝަންކަރަށެވެ. އަދި މިސް ގްރޭންޑް އިންޑިއާގެ މަގާމު ހާސިލުކުރީ ޗަތިސްގަޅުގެ ޝިވާނީ ޔާދަވް އެވެ.
Beautifully captured! From one queen to another. @anukreethy_vas #SumanRao @fbb_india @ColorsTV Femina Miss India 2019
— Miss India (@feminamissindia) June 16, 2019
Co Powered by @sephora_india & @DS_SilverPearls
Photographer: @prathameshb84#MissIndia2019Finale pic.twitter.com/XNUUtWhIor
ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފާއި ނޯރާ ފަތެހީ އާއި މޯނީ ރޯއި އަދި ވިކީ ކޯޝަލް ފަދަ ތަރިންގެ ފޯރި ގަދަ ހުށަހެޅުންތައް ވެސް ފެނިގެން ދިޔަ މިސް އިންޑިއާ މި ފަހަރު ހޯސްޓް ކުރީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ވިކީ އެވެ.
އިންޑިއާ އިން އެންމެ ފަހުން މިސް ވޯލްޑް ތާޖު ހާސިލު ކުރީ 2017 ގަ އެވެ. އެ ފަހަރު އެ މަގާމު ލިބުނީ މަނޫޝީ ޗިލާރުއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާރާ
04 July 2019
ޢައްޑޫ އަންހެނުން އަދި ފިރިހެނުން ރީތި އާން ބޭރު ފުށުން. އެކަމް ގިނަ އައްޑޫ މީހުނަކީ އެތެރެ ހަޑި ބައެއް... :)
ރީތީގެ ރާނީ
17 June 2019
ރާއްޖޭގެ އެންމެ ރީތި ފިހިރެނުން ގިނައީ އައްޑޫގަ އެންމެ ރީތި އަންހެނުން ވެސް އައްޑޫގަ ޚާއްސަކޮށް ފޭދުގަ. އަހަރުތަކެއް ކުރިން މަހިބަދޫވެސް ވަރަށް ކުރީގަ އުޅުނު.
އުމޭއް
17 June 2019
ކުލަ އައްޔަސް ދޮނަސް ރީތި މީހެއް ރީތިވާނެ، މީ ކުލައިގެ ސަބަބުން ވާ ކަމެއް ނޫން