މާފުށީ ޖަލު: ޖަލުން ގައިދީއަކު ދޫވި މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކަށް ވީ ޑިޕާޓްމެންޓުގެ އިސްވެރިޔާގެ މަގާމް ދަށްކުރުން. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ
19 ޖޫން 2019 - 11:23
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ތޮލާލާއި ޗިޓު ތައްޔާރުކުރި އޮފިސަރުގެ މަގާމު ދަށްކުރަން ދިން ލަފާ އަލުން މުރާޖައާ ކުރަން ކޮމިޝަނާ އޮފް ޕްރިޒްންސް އަބްދުﷲ މުނާޒު އަންގަވައިފި އެވެ.
ޖަލުން ދޫވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. އެއީ، ރައީސަށް މާފު ނުދެއްވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ.
ކަރެކްޝަނަލް ސާވިސަސްގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ބެލުމަށް ފަހު އެންގީ ގައިދީ ދޫވުމުގައި ޒިންމާ އުފުލަންޖެހޭ ދެ މީހެއްގެ މަގާމު ދަށްކުރުމަށެވެ. އެ ނިންމުން އަލުން ބަލައިދޭން މުނާޒު އެދިވަޑައިގެންނެވި ސަބަބެއް ސާފެއް ނޫނެވެ.
ކަރެކްޝަންސުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުންޏެވެ.
ކުށްވެރިޔާ ދޫވާނީ ޑިޕާޓްމެންޓުގެ އިސް ވެރިޔާ މުހައްމަދު ތޮލާލާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ޗިޓުގައި ސޮއި ކުރެއްވުމުންނެވެ.
މިކަމުގައި މުނާޒާއި ތޮލާލްގެ ވެސް މަސްލަހަތު ހިމެނޭތީ، ތަހުގީގުގައި ދެ މީހުންގެ ވެސް ދައުރެއް ނޯންނާނެ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ވެސް މާފު ނުދެވޭ ކުށްތަކުގައި ހިމެނޭ ނުވަ ގައިދީއަކު ދޫވި ކަމުގެ އަޑު ފެތުރުނެވެ. ކަރެކްޝަންސް އިން އެކަން ދޮގުކުރިޔަސް ހޯމް މިނިސްޓްރީން ބުނެފައިވަނީ އެކަން ސާފުވާނީ ގައިދީ ދޫވި މައްސަލައިގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގު ނިމުމުން ކަމަށެވެ.
ގައިދީ ދޫވި އިރު ޖަލުތައް ހިންގާ ގޮތުން ގިނަ މައްސަލަތަކެއް، ޖަލު އޮޑިޓް ކުރަން ހެދި ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެކަން އިސްލާހު ކުރަން ވެސް ކަމާބެހޭ އިދާރާތަކަށް ވަނީ ލަފާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
20 June 2019
ކިތަންމެ މަތީމަގާމެއްގައި ހުއްޓަސް ކުށެއްކުރެވުނީމާ އަދަބް ނުލިބި ދައްމަގާމުގެ ހުންނަ މުވައްޒަފު ކުރާ ކުށައް އަދަބްލިބޭނަމަ މިގައުމުގައި ދުވެހެއްގައިވެސް އިންސާފެއް ގާއިމް ނުވާނެ ،
ނާޖީ
20 June 2019
ތީއަބަދުވެސް ކުރާ ކަމެއް. ބަޔަކު ސިއްރު ކުރާތީ ނޭނގެނީ . މިހާރު ސީޕީ ގަޓު ހުރީމަ ވަގު ހިފާފާ ޕޮލިހަށް ފޮނުވީ
ފަންފަތް
20 June 2019
ނާޖީ ރަގަޅުވާހަކައެއް ބުނަން. މިހާރު ހުރި ސީޕީ އަކީ ގަޓްހުރި މީހެއް ނޫން. އެހެން ނޫންނަމަ ޖަލުން މީހާ ދޫވީމަ ޒިންމާ ނަގަންޖެހެނެނީ ސީޕީ. ޕެރޯލްގާނޫނުގަ ވަރަށް ސާފްކޮށް ލިޔެފަ އެބައޮތް ޖަލުން މީހަކު ނެރެވޭނީ އަދި ވެއްދޭނީވެސް ކަމިޝަނަރ ހުއްދަ ދިނީމަކަން. ސީޕީ ހުއްދަ ލިބިގެން ނެރުނީ ދެން ޒިންމާ ނަގަންވީ ނުން. ޕޮލިހަށް ފުނުވީމާ ކާކު އޮރިޔާން މިވަނީ.
ަަައަލީ މަރޭ
19 June 2019
ޕޮލިހުންތަހްޤީޤު ކޮށްފިއްޔާ މަތިފަޑި ކުއްވެރިވާނެތީ ރީތިކޮށްލީ ތިވެސް ގޮތެއް ޖަވާަބުދާރީ ވާންޖެހޭދުވަހު ތިކަން ތިގޮތައް ވާނެބާ އާޚްރަތް ދުވަހުން ކީިކޭެތޯބުނާނީ ތިތާގެ ހުރިހާކަމެއްވެސް ހުރީ ތިގޮތައް ޕްރޮމޯޝަނެއްދިނަސް ކޯހެއްދިނަސް ހާަލަކީތީ އިސްކޮށް ތިތިބީ އަމިއްލަ އެދުމުން ފޯވެފަތިބި ބައެއް
އިމްރާން
19 June 2019
ފައިސާކޮޅެއްދިނީމާ ގަވާއިދުން ބޭރުން ޖަލުން މީހުންދޫކުރުމަކީ 2019 އިންފެށިގެން ހިނގާ އާއްމުކަމެއް. އިންޑިޔާގެ އަވަށްތަކުގެ އޮންނަ އުސޫލު މިއީ.
ބޮޑުމީހާ
19 June 2019
ތިރިވިއު ނިމޭއިރު އެމީހުންނަށް ވަޒީފާގެ ޕްރޮމޯޝަނާއި، މުސާރަ ބޮޑުކޮށްފަ އޮންނާނީ. މީ އާއްމު އުސޫލު
ގަޓް ބްރޯ
19 June 2019
ތިޔަ މައްސަލަ ރިވިޔު ކުރުމުގެ ބަދަލުގަ ތިޔަކަމުގަ ބައިވެރިވި އެންމެނާ ކޮމިޝަނަރ މަގާމުން ދުރުކޮށް ވަޒީފާއިން ވަކިކުރީމަ މައްސަލަ ހައްލުވީ! ތިޔައީ ކުޅޭކުޅޭ ކަމަކަށް ހަދަން މިސަރުކާރުގެ ހަތުރުންނަށް ފުރުސަތު ދީގެންނުވާނެ.
މުށި
19 June 2019
މުނާޒާއި ދޭތެރޭ ފިޔަވަޅެއް ނާޅަން ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ކީއްވެ؟
މުލޭ
19 June 2019
ޑިސިޕްލިނަރީ ކޮމިޓީއަކަށް ނޯންނާނެ އެފަދަ އިސްމަގާމެއްގައި ހުރި މީހަކަށް ފިޔަވަޅުއަޅަން. އެއީ ސިޔާސީ މަގާމެއް. އެފިޔަވަޅެއް އަޅާނީ އެމަގާމަށް މީހާ އިސްކުރި ފަރާތުން. ޝުކުރިއްޔާ.
ހަސަން ނުވަވަނަ
19 June 2019
އޯކޭވާނެ ޖަޒީރާގަ. ބަހައްޓާ. ޗިޗަންޑާ19ގެ ދަށުން ނުތިބޭނެ ކުށްވެރިންނެއް.
ރާސްޓަސް
19 June 2019
ގަސްތުގަ ބޭނުންވިމީހަކު ދޫކޮށްލާފަ ތިކިޔަނީ ކުޗްކުޗްހޯތާހޭ ..
ހާލަތު1
19 June 2019
ޗިޓު ތައްޔާރުކުރި އޮފިސަރުގެ މަގާމު ދަށްކުރަން ޖެހެނީ ކީއްވެތޯއެވެ. އޭނާ ކައިރީގައި ލިސްޓެއް ދީފައި ވެރިމީހާ މި ބުނަނީ މި މީހުން ދޫ ކުރަން ޗިޓް ތައްޔާރު ކުރާށޭ. އޭނާގެ ކަމަކަށް ވަނީ ވެރިމީހާ ދިން ލިސްޓުގައިވާ ގޮތަށް ޗިޓްތައް ލިޔުމެވެ. އޭގައި ސޮއެކޮަށް އެޕްރޫވް ކުރިމީހުންނެއް ނޫންތޯ ޒިންމާ ނަގަންޖެހޭނީ.