20 ޖޫން 2019 - 09:10
ބެލޯ ހޮރިޒެންޓޯ (ޖޫން 20) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ދެ ވަނަ މެޗުގައި މިއަދު ލިއޮނަލް މެސީގެ ލަނޑާ އެކު ޕެރެގުއޭއާ 1-1 އިން އެއްވަރުވިއިރު، ކުއާޓާ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވި އާޖެންޓީނާ އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕް ބީ ގެ ފުލުގަ އެވެ. ރޭ ގަތަރު އަތުން 1-0 އިން މޮޅުވެ ހަ ޕޮއިންޓާ އެކު ކޮލަމްބިއާ ވަނީ ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ. ދެ ވަނައިގައި ދެ ޕޮއިންޓާ އެކު ޕެރެގުއޭ އޮތްއިރު ގަތަރު އޮތީ އެއް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.
ފަހު މެޗުން ގަތަރު އަތުން އާޖެންޓީނާ މޮޅުވެ އަދި ކޮލަމްބިއާ އަތުން ޕެރެގުއޭ އަށް މޮޅުނުވެވިއްޖެ ނަމަ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ކޮލިފައިވާނެ އެވެ. އެކަމަކު އެ މެޗުން އާޖެންޓީނާ މޮޅުވެ އަދި އަދި ޕެރެގުއޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ރޭންކިންގައި ކުރި ލިބިގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އާޖެންޓީނާ އޮންނާނެ އެވެ. ފަހު މެޗުން ބަލިވެއްޖެ ނަމަ އެއްވެސް ފުރުސަތެއް އާޖެންޓީނާ އަށް ނޯންނާނެ އެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ (ކ) މެޗުގެ ތެރެއިން ފުރުސަތެއް ގެއްލުމުން މާޔޫސްވެފައި. --ފޮޓޯ: އޭއެފްޕީ
ތިން ވަނަ ޓީމުގެ ރޭންކިންގައި މިވަގުތު ކުރީގައި އޮތީ ދެ ޕޮއިންޓް ހޯދާފައިވާ ގްރޫޕް އޭ ގެ ވެނެޒުއޭލާ އެވެ. ދެ ވަނައިގައި އެއް ޕޮއިންޓާ އެކު ގްރޫޕް ބީ ގެ ގަތަރު އޮތްއިރު ތިން ވަނައިގައި ޕޮއިންޓެއް ނުލިބި އޮތީ ގްރޫޕް ސީ ގެ ޖަޕާނެވެ. ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ކުއާޓާ އަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މިއަދުގެ މެޗުގެ 37 ވަނަ މިނެޓުގައި ރަފައެލް ސަންޗޭޒްގެ ލަނޑުން ޕެރެގުއޭ ލީޑު ނަގާފައިވަނިކޮށް އާޖެންޓީނާ އަށް އެއްވަރުކޮށްދިން ލަނޑު މެސީ 57 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޕެރެގުއޭ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޑާލިސް ގޮންޒާލެޒް ޖެހި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު ފްރާންކޯ އަރްމާނީ ވަނީ މަތަކޮށްފަ އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ އާޖެންޓީނާ 1993 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ފަހުން ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އަށެވެ. ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ހުރިހާ ތަށްޓެއް އަދި އިންޑިވިޖުއަލް ކެރިއަރުގައި ވެސް އެތައް އެވޯޑެއް ހޯދާފައިވާތީ އާޖެންޓީނާ ސަޕޯޓަރުން އޭނާގެ ފަރާތުން ކާމިޔާބަކަށް އުއްމީދުކުރެ އެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމުގައި މެސީ އަށް ނުކުޅެވުނީ އެ ޕްރެޝަރާ ހެދި އެވެ. ބެލެވޭ ގޮތުގައި މިއީ އާޖެންޓީނާއާ އެކު ތަށްޓެއް ހޯދަން މެސީ އަށް ލިބޭނެ ފަހު ފުރުސަތެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ މި މުބާރާތަށް ފަހު ރިޓަޔާކުރުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލާ
22 June 2019
ގައުމީޓީމަށްކުޅޭ އެންމެބޮޑު ގަސްގަނޑް މެސީ އަކީ
ޕޮގުބާ
21 June 2019
މެސީއަށްޖެހޭނީ ހުރިހާކުޅުންތެރިންގައިން ނަށްޓްވާފަ ކީޕަރ ކައިރިންވެސް ނަށްޓާފަ ލަނޑްޖަހާށޭކިޔާފަ ބޯޅަދޭން އޭރަށް އެސޮރު ގޯލަޔަށް ބޯޅަ ވައްދާލާނެ މެސީޔަށް ގައުމީޓީމަށް ނުކުޅެވޭ ވާހަކައެއް ނުދައްކައެ އެކަކުވެސް
ހަގީގަތް
21 June 2019
ކަލޭގެ ކޮމެންޓުން ހީވަނީ އެހެން ކުޅުންތެރިޔަކު އެންމެން ކައިރިން ނަށްޓާފަގޮސް މެސީޔަށް ހުސް ގޯލަށް ޖަހަން ބޯޅަ ދޭށޭ ބުނާހެން. އެހެން ކަމަށް ވެއްޖިއްޔާ އާރޖެންޓީނާގައި ކަން ހިނގަނީ ދިމާ އިދިކޮޅަށް. މެސީޔަކީ އެމީހުންގެ ކްރިއޭޓާ އަދި ގޯލް ސްކޯރާވެސްމެ. އެހެން ކުޅުންތެރިން ނޫޅޭ އޭނަޔަށް ބޯޅަ ލިބޭއިރަށް ރަނގަޅު ރަންއެއް ހަދާލާކަށްވެސް. ދެ ފުލް ބެކުން ކުރިޔަށް ޖެހި އަދި ވިންގަށް ކުޅޭ ކުޅުންތެރިން ރަން ހަދާނަމަ އާރޖެންޓީނާ ތަފާތުވާނެ.
ރަށްދު
21 June 2019
އާރޖެންޓީނާ އެއޮތީ ނޭވާހޮޅިޔަށް އެޅިފަ މެސީ ނުކުޅޭތި އެހެންއެވީ މެސީ ކުޅޭނަމަ އެހެންނެއްނުވާނެ
ބާލައާދަނު
21 June 2019
ކުދިންނޭ ހާސްކަނޑާލާ އާޖެނޓީނާ ނޮކްއައުޓް ސްޓޭޖް ކުޅޭނެ. އެއީ މުޖައްރިބު ކަމެއް.
Solah
20 June 2019
ކީއްވެ އާޖެންޓީނާގެ އަމިއްލަ ބާރު ކެނޑިއްޖެޔޭ ލިޔެފައި އެއޮތީ؟ ގްރޫޕުގެ ސްޓޭޖުގައި އާޖެންޓީނާ ކުޅޭ ފަހުމެޗުން މޮޅުވެއްޖެނަމަ، އެހެން ޓީމުތައް ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް، ގްރޫޕްތަކުން 3 ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ކްއާޓަރ ފައިނަލަށް ހޮވޭ 2 ޓމުގެތެރޭގައި އާޖެންޓީނާ ނުހިމެނޭނެ އެއްވެސްގޮތެއް ނެތް. އަމިއްލަ ބާރު ކެނޑިއްޖެޔޭ ބުނާނީ ފަހު މެޗުން އާޖެންޓީނާ މޮޅުވިޔަސް، އެހެން މެޗުތަކަށް ވާގޮތަކުން އާޖެންޓީނާ ކެޓުމުގެ ފުރުޞަތު އޮތިއްޔާ.
ހަގީގަތް
21 June 2019
އެއީ ކީއްވެ؟ ހަމަ އަމިއްލަ ބާރެއް ނެތް. ގްރޫޕް އޭގެ 3ވަނަ ވެނަޒުއޭލާއަށް 2 ޕޮއިންޓް، ގްރޫޕް ސީގެ 3ވަނަ ޖަޕާނަށް 1 ޕޮއިންޓް، ދެނޯ؟ ޖަޕާނާ ވެނަޒުއޭލާ ފަހު މެޗުން މޮޅުވެ، އަދި ޖަޕާން ތަފާތު ބޮޑުކޮށް މޮޅުވެއްޖެއްޔާ އާރޖެންޓީނާ ކުޑަ ތަފާތަކުން މޮޅުވިޔަސް ކަޓާނެ ނޫންތޯ؟ ކޮބާ އަމިއްލަ ބާރު؟ ހަމަ އެހެން މެޗުތަކުގެ ނަތީޖާ އަންނަ ގޮތަކުން އާރޖެންޓީނާ ކުއާރޓަރ އަށް ދާނީ..
މީނަ
21 June 2019
ހަގީގަތަށް. ބަލަ އާރޖެންޓީނާ ބޮޑު ތަފާތަކުން ގަތަރު ބަލިކޮށްފަ ނުވަތަ ކުޑަ ތަފާތަކުން ވިޔަސް މޮޅުވެ ޕެރަގުއާއީ އެއްވަރުވެ ނުވަތަ ބަލިވެއްޖެނަމަ 3 ވަނަޔަކަށް ބަލާކަށް ނުޖެހޭނެ. އެއިރުން 2 ވަނަ ޓީމުގެ ގޮތުގައި ނޮކް އައުޓަށް ދާނެ.
ހަގީގަތް
21 June 2019
މީނަ، މިދައްކަނީ އަމިއްލަ ބާރުގެ ވާހަކައޭ! ކިޔޭ ނުކިޔޭ އެނގޭތަ؟ އަމިއްލަ ބާރު އޮތޭ/ނެތުމޭ ކިޔަނީ ދެން ހުރި މެޗުތަކުގެ ނަތީޖާއަށް ނުބަލާ ދެން އޮތް ބުރަށް ދެވެންޏާ. ތިކިޔާ ގޮތަށް ކިޔަންޏާ، އާރޖެންޓީނާ ފަހު މެޗުން އެއްވަރުވެ ނޫނީ ބަލިވެއްޖެއްޔާ ގްރޫޕްގެ 4ވަނަ ޓީމުގެ ގޮތުގައި މުބާރާތުން ކެޓީ..
ހަގީގަތް
20 June 2019
އާރޖެންޓީނާ އެބަޖެހޭ ރަނގަޅު ކޯޗެއް ހޯދަން. މިއަދުވެސް މާރޓިނޭޒް އެހާ ރަނގަޅަށް ކުޅި ކުޅި އޮށްވައި ބޭލީ. ޑިބާލާގެ ބަދަލުގައި އަރުވަނީ ކޮންމެވެސް މަޓިއަސް ސުއަރޭޒެއް. ގިނަ ކުޅުންތެރިންނަކީ ޓީމާއެކު 5 މެޗުވެސް ނުކުޅޭ މީހުން. މިފަހަރު ކެޓިޔަސް ދެން އަންނަ ފަހަރު ރަނގަޅުވާނެކަމަށް ހީކުރަން.
މަރޭ
20 June 2019
މެސީ އަށް ކުޅެވޭނީ ހަމައެކަނި ބާސާގަ، އެއީ ފެންނަން އޮތް ހަގީގަތް. ވީމާ އާޖެންޓީނާ އެބަޖެހޭ މެސީ ދޫކޮށްލާފަ، ނަމަށް ނުވިސްނާ ކޮމްބިނޭޝަން ރަގަޅު ޓީމަކަށް އިސްކަންދޭން. އެހެންނޫނީ ހަމަ ދާނީ މިކަން ތަކުރާރު ވަމުން. އިނަފް އިޒް އިނަފް.
މެރަޑޯނާ
20 June 2019
މެސީގެ ބަދަލުގަ ޑީބަލާ ކުޅުވަން ވެއްޖެ. އަދި ކެޕްޓަން ބޭންޑްވެސް ޒިންމާ ނެގޭވަރު މީހަކާ ހަވާލުކުރުން މުހިއްމު. އެހެން ނޫނީ އާރޖެންޓީނާއަކަށް ކުރިއެރުމެއް ނެތް. މެސީއަށް ޕްރެޝަރ މާބޮޑީ.. އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއެކު މުޅި ކެރިއަރުގައި ކުޅުނު ކުޅުންތެރިއަކަށް އެވަރެޖް ޓީމަކާ އެކު ކުޅެން ޖެހުނީމަ ނުކުޅެވޭނެކަން އެއީ ދަންނަން ޖެހޭ ކަމެއް. ނަމަވެސް މިކަހަލަ ކަންކަމާ ފްރަސްޓްރޭޓް ނުވާނެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން އެބަޖެހޭ.
ހަގީގަތް
20 June 2019
މެސީ އާރޖެންޓީނާގައިވެސް ތަފާތު ދައްކާ. މައްސަލަޔަކީ ދެންތިބި ކުޅުންތެރިން އެހީނުވާތީ. ކޮޕާ އެމެރިކާގައި 3 ސިލްވާ މެޑަލް ހޯދިއިރު ޖުމުލަ 9 ގޯލާއެކު 13 އެސިސްޓްހެދި. އަދި ވާރލްޑް ކަޕްގެ ސިލްވާ މެޑަލްގެ އިތުރުން 6 ގޯލް ޖެހުމާއެކު 5 އެސިސްޓްވެސްހެދި. ވާރލްޑް ކަޕް އަދި ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިޔާކަންވެސް ހޯދައިފައިވޭ. ބަލަ ދެ ޕާސްވެސް ނުޖެހޭ ކުޅުންތެރިން ލައިގެން ކިހިނެތްތަ ކުޅޭނީ. އެންމެންވެސް ބަލަނީ މެސީޔަށް ޖެއްސޭތޯ.
މަރޭއަށް
20 June 2019
ކޮން ޒަމާނެއްގަ ތަ އާޖެންޓީނާގަ އެވަރެޖް ޓީމެއް އޮތީ؟ ނަން ހުސްކޮށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއިއެކު އާޖެންޓީނާގައި މެސީ ނުކުޅޭ އިރެއް ނުދޭ.
ށޭޒު
20 June 2019
ކަލޯ މިއަދުގެ ފުލް އެގާރައިގަ ކަލޭމެން ދަންނަ ކިތައްމީހުން އުޅޭ މެސީގެ އިތުރަށް މަ އަޑު އެހި ނަމަކީ އަރުމާނީ އާއި ޑިފންޑަރެެއް. ދެން ދަންނަ އެކަކުވެސް އަދި ބޮޑު ލީގެއްގެ ކާމިޔާބު ޓީމަކަަށް ކުޅޭ މީހަކަަށް ފުރަތަމަ 11 އިނީ މެސީ އެކަނި.އެއީތަ ތިކިޔާ ސްޓާރުންނަކީ
ސަނީީ
20 June 2019
އޮޓަމެންޑީ- ސިޓީ، ޕެޒެއްލާ - ފިއޮރެންޓީނާގެ ކެޕްޓަން، ޓަގްލިއަފީކޯ - އަޔަކްސް، ރޮޑްރިގޯ - އުދިނޭސީ، ލިއާންޑްރޯ - ޕީއެސްޖީ، ޖިއޮވާނީ - ޕީއެސްޖީ/ރެއާލް ބެޓިސް، ޕެރޭރާ - ވަޓްފޯރޑް، މާޓިނޭޒް - އިންޓަ މިލާން، މެސީ - ބާސާ. މިއީ ރޭގެ ފުރަތަމަ އެގާރައިގަ ހިމެނުނު ޔޫރަޕުގައި ކުޅޭ ކުޅުންތެރިން. ދެން ބަދަލު ކުޅުންތެރިންނަށް ބަލާއިރު، އަގުއޭރޯ - ސިޓީ، ޑި މާރިއާ - ޕީއެސްޖީ. ދެން ށޭޒު އަށް މިކުޅުންތެރިންގެ އަޑު އިވިފައި ނެތުމަކީ ފުޓްބޯޅަ ނުބަލާކަމުގެ ހެއްކެއް
ޝަމްްް
20 June 2019
ހަގީގަތް، ބަލަ މެސީ ވޯރލްޑް ކަޕްގައި 6 ލަނޑު ޖެހުނީ 4 ވޯރލްޑްކަޕުގައި އެންމެ އީޒީ ގްރޫޕްގައި ހިމެނިގެން.. ނޮކް އައުޓް ސްޓޭޖުގައި ލަނޑެއް ޖެހުނުތަ؟
ހަގީގަތް
21 June 2019
ޝަމްއަށް. ދޮންކަލޯ އީޒީ އަދި ޑިފިކަލްޓް ކިޔާނެ ކަމެއްނެތް. ނޮކް އައުޓްގައި ގޯލެއް ނުޖެހުނަސް 4 އެސިސްޓް ހެދި. ދޮންކަލޯ މެންގެ ހީރޯޔަށް ނޮކްއައުޓްގައި ގޯލެއް ނުޖެހުނުތާ އެސިސްޓެއްވެސް ނުހެދޭ. ދެން ކީ ޕާސް، ޑްރިބަލްސް، ލޯންގް ބޯލްސް، ބިގް ޗާންސް ކްރިއޭޝަންގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ.
ރަދީފް
20 June 2019
ޑޮލަރޭ ކަލޭގެ ކްލަބް ސްޕާސް ބައި ގަރުނުތެރޭގަ އަލަށް ޔޫސީއެލް ފައިނަލްގަ ކުޅެވިގެން ދޯ މާބޮޑަށް ފެންމަތިވެގެން ތިއުޅެނީ.ސްޕާސްގެ ޕްލާސްޓިކް ކޮތަޅުތައް ދޭބަލަ މަހަށް.
ޑޮލަރޭ
20 June 2019
ކަލޭގެ ބާރސާއަށް ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުގައި ނުކުޅެވޭތާ 4 އަހަރުވި ވާހަކަ ކިޔާބަލަ. އަދި ކަލޭގެ އާރސެނަލް އެބަޖެހޭ 2 ޔޫރޮޕާ ހޯދަން ސްޕަރސްގެ ލެވެލަށް އަންނަން. 10 ޓީމަށް ސަޕޯރޓްކުރާއިރު އޭގެ ތެރެއިން އެންމެ ޓީމަކަށްވެސް ޔޫރަޕުގައި ކާމިޔާބީ ނުހޯދި އަހަރުތަކެއްވުމަކީ ލަދުވެތިކަމެއް ނޫންތޯ؟ ވެދުން
މީނަ
20 June 2019
އަމިއްލަ ބާރު ފެންނާނެ ގަތަރާ ދެކޮޅަށް...
ތީނަަ
20 June 2019
މުޅިންވެސް މިފެންނަނީ އަމިއްލަ ބާރުގައި ބަލިވާތަން ނޫނީ އެއްވަރުވާތަން.
އާބިދާ
20 June 2019
އިނގިރޭސި ލީގުގައި ކުޅޭ ކުޅުންތެރިން ނުލާ އާރޖެންޓީނާ ހާދަ މޮޅަށް ކުޅެފިއޭ؟ އަގުއޭރޯވެސް ދެވަނަ ހާފްގައި ނޭރުވިނަމަ ރަނގަޅުވީސް.