ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ޓްރީޓޮޕުން ހިލޭ ކުރެވޭ ގޮތް ހަމަޖައްސަން އާސަންދަ އާއި އައިޖީއެމްޗް އަދި ޓްރީޓޮޕުން ގާއިމްކުރި އެއްބަސްވުން ދައްކާލަނީ. -- ފޮޓޯ: މިހާރު
26 ޖޫން 2019 - 17:00
ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ޓްރީ ޓޮޕް ހޮސްޕިޓަލުން ހިލޭ ކުރެވޭ ގޮތް އާސަންދަ އިން މިއަދު ހަމަޖައްސައިފި އެވެ.
އާސަންދަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އައިޖީއެމްއެޗްއާ ދެމެދު މިއަދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ޓްރީ ޓޮޕަށް ބަލި މީހުން ރިފާ ކުރާނީ އައިޖީއެމްއެޗުންނެވެ.
އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ. އާސަންދައިގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގު އަދި ޓްރީ ޓޮޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑޭޭވިޑް ފެއިންބާގެވެ.
މިއީ ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ކުރަން ތިބި މީހުންގެ ކިޔު ކުޑަކުރަން ޓްރީ ޓޮޕާ އެކު ގާއިމްކުރި އެއްބަސްވުމެއް ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ވިދާޅުވި އެވެ. ކަކުލު ހުޅުގެ އޮޕަރޭޝަން ކުރަން މިހާރު ވެސް 173 މީހުން ކިއުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕާއި އާސަންދައާ ދެމެދުވި އެއްބަސްވުމުގެ ދަށުން ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނުގެ އަގަކީ 65،000 ރ. ނަމަވެސް އެ އަގު އެއްކޮށް ދައްކާނީ އާސަންދައިންނެވެ.
މިި ވަގުތު ކުރެވޭނީ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން އެކަނި ނަމަވެސް ކުރިއަށް އޮތް ތަނުގައި އުނަގަނޑުގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދަން އެއްބަސްވާނެ ކަމަށް އާސަންދައިގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވި އެވެ.
ޓްރީ ޓޮޕުން މީގެ ކުރިން ވެސް އާސަންދައިގެ އެހީގައި ޑިސްކައުންޓް އަގުތަކެއްގައި ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރި އެވެ. އޭރު ނަގަނީ އާސަންދަ އިން 50،000ރ. އަދި ބަލި މީހާގެ އަތުން 23،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާކުރަން
27 June 2019
ގޮތް ދައްކާފަ ރައްޔިތުން ފެލަމުން ދިޔަ މީހުން މިއަދު ހަމަ ބިމަށް ތިރިވީތީ ހަމްދު ކުރަން. އެއްމެ އެދެވޭ ވަރަށް ބަލި މީހުން ލިބެމުން ނުދާތީ ޖައްސާ ސްޓަންޓް. ރައްޔިތުންނޭ ސަމާލުވޭ.
ހަސީނާ
27 June 2019
ހިޔާ މަޝްރޫއުގެ ފުލެޓުތަކަށް މީހުން ވަނީމަ ތިޔަ އޮޕަރޭޝަނަށް ވަރަށް ޑިމާންޑު ބޮޑުވާނެކަމަށް ފެނޭ.
Reehan Ibrahim
27 June 2019
މީގެ ކުރިން /-50000 ރުފިޔާ އާސަންދަ ކަވަރ ކުރަމުން ދިޔަ އިރުވެސް އާއްމު މީހާ ދައްކަން ޖެހޭ /-23000 އެހެން ވީމަ މިހާރު އޮޕަރޭޝަންގެ އަގު /-73000 އިން /-65000 އައް ހެޔޮވީ ދެއްތޯ
ސަނީސާ
27 June 2019
ނުދާނަން !! ތި އުޅެނީ އެކްސްޕެރިމެންޓް ކުރަން
ދީމާހު
27 June 2019
ވަރަށް ރަނގަޅު ކުރިއެރުމެއް
މާރަނގާ - އައްޑޫ ސިޓީ
27 June 2019
ޖުމްލަ 4 ވަރަކަށްފަހަރު (އަމިއްލަޙަރަދުގައި) ތިތަނުގެހިދުމަތްހޯދިން. ކިރިޔާވެސް ތަންދޮރުއިގޭމީހުނަށް މިވާހަކަޤަބޫލުކުރެވޭނެ. * * ފަސްތަރީގެ ހޮޓަލެއްގެސިފަހުރިއިމާރާތުގައި މަދުންނަމަވެސް Modern and State of the Art ހޮސްޕިޓަލެއްކަމުގެ އިހްސާސްކުރުވުމަށް އެފަދަބައެއްކަހަލައާލާތްތައް ފެންނަފަށަލުގައިހުއްޓަސް ތަނުގެ ފުލްޓައިމް ގިނަ ޑޮކުޓަރުންނަކީ (ބިދޭސިން) ކަމުގައިވާއިރު ރާއްޖޭގެ ނަންކިޔާ ގިނަ ޑޮކްޓަރުންނަށްވުރެ ވަކި މޮޅުމީހުނެއްނޫން. އެކަމަކުއަގު؟؟
ޑރ.އަހުމަދު ނާސިހު/ކެނަޑާ
27 June 2019
އަނެއްކާ ޖަނަވާރުން އުޅޭ ގައުމެއް ކަމަށް ވިސްނައިގެންތޯ ޓުރޭނިން ހެދުމަށް އެކުސްޕުރިމެންޓަށް ކަކުލުހުޅު ހޯދަން އިސްތިހާރު ތިކޮށްލީ... ހަމަ އަހާލެވުނީ ތިހާ އަގުބޮޑު ތަނަކުން އަނެއްކޮޅުން ކަކުލު ހުޅު ބަދަލުކުރުމަކީ އެތަކެއްހާސް ޑޮލަރުތަކެއް ޚަރަދުކުރަންޖެހޭ މަސައްކަތެއްކަމަށް ވާތީ ހިލޭ ކޮށް ދިނުމުގެ ފަހަތުގައި ކިތަންމެ ކަމެއް ވާނެކަމަށް ވިސްނޭތީވެ
އައްޔަ-
27 June 2019
އަސްލު ހިލެޔޭ އެއޮތީ އޮޅުމަކުން ކަމަށް ފެންނަނީ، ހަބަރު ކިޔާލުމުން އިންގެނީ އާސަންދައިން ހަރަދުކުރާގޮތަށް ހަމަޖެހުނީކަން. ސުރުޚީރަގަޅު ކޮށްލަންފެންނަނީ
ބަނާނާ ޕީ
26 June 2019
މުޙިއްމު އެގްރީމެންޓްތަކުގައި ސޮއިކުރާއިރުވެސް މޮބައިލް ފޯނުން ބައެއްމީހުންނަށް އަތްދޫކޮށްނުލެވޭދޯ؟
ފޯނު
27 June 2019
މިވަރު މީހުން މިތިބެނީ އަރާ މީޑިއާގަ،
ނެޑް
26 June 2019
އަހަންނަށް ކިޔުނީ ކުކުޅު ހުޅު ބަދަލުކުރާ ވާހަކަ.
އެޖެންޑާ 19ގެ ތެރެއިން
26 June 2019
ލ އަތޮޅުގެ ހުޅަގު ރަށުގާ ތި އޮޕަރޭޝަން ކުރަން ޖެހޭ މީހުން ވަރަށް ގިނަކަން އެގިފައި ވެއެވެ.