ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ އިސް މަންދޫބު ފެޑެރިކާ މޮގަރިނީ ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓަރު
28 ޖޫން 2019 - 18:20
ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ދެ ފަރާތުގެ އިސް އޮފިޝަލުންގެ ބައްދަލުވުންތައް ގަވާއިދުން ކޮންމެ އަހަރަކު ބާއްވަން އެއްބަސްވެއްޖެ އެވެ.
އީޔޫ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމާއަތާއި ރާއްޖޭގެ އިސް އޮފިޝަލުން ކޮންމެ އަހަރަކު ބައްދަލުވުންތައް ބާއްވަން އެއްބަސްވީ، އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މަންދޫބު ފެޑެރިކާ މޮގަރިނީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައި ކުރެެއްވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ހެޔޮވެރިކަން ކަށަަވަރުކޮށް، ގާނޫނީ ހުކޫމަތު ވަރުގަދަ ކުރުމަށް އީޔޫ އިން އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް އެ ޖަމާއަތުން ބުނަމުން އަންނަ ބުނުން މިއަދުގެ ބައްދަލުވުމުގައި މޮގަރިނީ ތަކުރާރު ކުރެއްވި އެވެ.
ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މޮގަރިނީ އާއި ޝާހިދު އެއްބަސްވެވަޑައިގަތެވެ. ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތައް އިސްލާހު ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެ އެވެ.
ޝާހިދު، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އީޔޫގެ އިސް އެެހެން ބޭފުޅުންނާ ވެސް ބައްދަލުކުރެއްވި އެވެ. އެގޮތުން، އެ ޖަމާއަތުގެ ވިޔަފާރިއާ ބެހޭ ކޮމިޝަނަރު މެލްމްސްޓްރޮމް އާ މިދިޔަ ބުދަ ދުވަހު ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
29 June 2019
ބަލަ ކަލޭމެންނޭ ގޯސްކުރީ.
ޝާޑު
29 June 2019
އަހަރަކު މީޓިންގ އެއްބޭއްވީމަ ޝާހިދުއަށް ޔޫރަޕަށް ޖައްސާލެވޭނެއްނު ދޯ.....ކާފަ ބަހައްޓާތި ދަރިޔާ
ގުނާލާ
29 June 2019
ވަޒީރުކަމަށް އެރި ފަހުން ޔޫރަޕަށް ދިއަ ދަތުރުގެ އަދަދު ނޭނގޭ މީހުން ހީކުރާނީ އަހަރަކު އެއް ފަހަރުއޭ ދާނީ. މިހާތަނަށް ކިތަށް ފަހަރު ގޮއްސިކަން....
ބުރުގާ
29 June 2019
ތިގޮތައް އަންނި ބުނި ގުޅިފައިވާ ޕާޓީތަކުން މަހަކު އެއްފަހަރު ބައްދުވުން ބާއްވާނެޔޭ. އެކަމު މިހާރު މަންޒަރު ވަރައް ތާހިރެއްނު. އޭންދީ ވިއްޔަ މައުމޫނައްވެސް ޖައްސާފައިން ހާލު....
ކަނބިލި
29 June 2019
ދިވެހިރާއްޖޭގެ ކަންކަން ހިންގާނީ ދިވެހިންގެ ސަގާފަތާ އެއްގޮތަށް. އީޔޫ ބުނާ ގޮތަކަށް ނޫން. ބޭރުގެ ބާރުތަކުން ދިވެހިންގެ ކަންކަން ހިންގުމުގެ ނަތީޖާއަކަށް ވާނީ ނުތަނަވަސްކަން އުފެދުުން. ޔޫރަޕު ކްލޯނިއަލް ދުވަސްތަކަކީ މާޒީ. ޑިމޮކްރަސީގެ ތާކިހާ އަޅައިގެން ބަލިކަށި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަނީ އެބާރުތަކުގެ އަމިއްލަ އެދުމާއި މަސްލަހަތުު ހިމާޔަތް ކުރަން. ކުދި ގައުމުތަކަށް ހެޔޮ އެދިގެން ނެތް ނޫން.
މަލޯޚާ
29 June 2019
މިސަރުކާރު ހިންގާމެޝެނަކީ ޝާހިދު އެއީ ހިންގުންތެރި ޑިޕްލަމިޓިކް ބޭފުޅެއް.
10000
29 June 2019
ކޮންމެވެސް މީހަކު މީނާ ރާއްޖެގައި މިވެރިކަން ފެށުނީންސުރު ހުރީ ކިއްތަައް ދުވަހުތޯ ބަލާލަ ދީބަލަ
އުމަރުބެ
29 June 2019
އަބްދުއްﷲ ޝާހިދުއަކީ މާކުރީގައި ހުންނެވި ބޭފުޅެއް، އެމަނިކުފާނުނޫނީ ދެމެހެއްޓެނިވިކަމެއް ނުކުރޭ، ސައިތު އީސްޓް އޭޝިއާ ކަވާކުރުންވެސް މުހިންމު، ލައިކް ތައިލޭންޑް، އަދި ޗައިނާ ވަރަށް މުހިންމު
ބޮޑުމީހާ
29 June 2019
ތިމީހުން މިގައުމުގެ ތަރައްގީއަށް އެއްވެސް އެއްޗެއްދިންތަ މިއިން ދުވަހަކުވެސް އެމީހުން ފަންޑުކުރަނީ ފިކުރީ ހަގުރާމައަށް
ހަސަނުގެ ދިޔަ
28 June 2019
ޔޫރަޕް ވިސާ ލުބޭ ގޮތް ހައްދަވާދެއްވާ. ޕްލީސް. މިހާރު އިނގެރޭސިވިލާތް ، ސްކޮޓްލެންޑް، ވޭލްސް (ޔޫކޭ)، އަޔަލެންޑު، ރަޝިޔާ، ތުރުކީ، ޔުކްރޭން، އަރުމީނިޔާ ، އަޒަރުބައިޖާން އަދި ޖޯޖިޔާ އަށް ދެވޭއިރު ޔޫރަޕް ވަށައިގެން ހުރި ހުރިހާ ގައުމަކަށް ހެން މިއޮތީ ދެވޭގޮތަށް. އަހަރެމެން މުސްލިމުންގެ ތަންތަން ކަމުގައިވި ސިސިލީ. ކޯޑޮބާ ފަދަ އަންދަލުސް ގެ ރަށްތަށް ވަރަށް ބަލާލާހިތްވޭ!
ފަހަންމާ
28 June 2019
ކަލޭ ނޫސް ކިޔަ ނޫޅެންދޯ.. ޔޫރަޕުގައި މުސްލިމުންނައް ގޯނާ ކުރާވާހަކަ އަޑުއެހިންތަ.. އެތަނައް ޒިޔާރަތް ކުރާ މުސްލިމު ގައުމުތަކުގެ މީހުންނައް ފާރަލާވަހަކަ އަޑުއެހިންތަ.
ކަތީބު3
29 June 2019
ޢަހަރުމެން މުސްލިމުންގެ ތަންތަނޭ؟ ޢެއީ ފޭރުނު ތަންތަން. ޢެތަންތަނުގެ ހައްގު ވެރިންގެ އަތުގަ އެތަންތަން އެހެރި އެގިއްޖެ
އިގުސޮދު
28 June 2019
އީޔޫއާއި އެކު ތިޔައުޅެނީ ނާޖާއިޒު ގުޅުންތަކެއް ހިންގަން.. ރާއްޖެއަކީ އީޔޫގެ ގައުމުތަކާއި ޖިއޮގުރެޕިކްކޮއް ވަރައްދުރުގައި އޮތް ތަނެއް.. އީޔޫގެ އުނގައް ވެއްޓިގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް. މިހާތަނައް އީޔޫއަކުން ރާއްޖޭގެ ބޮޑު އިންފުރާ ސުޓުރަކްޗާއެއް އަޅާދީފަކާއެއްވެސް އަދި އެހީއެއް ދީފަހާއެއްވެސް ނެތް. ރާއްޖޭގައި ބޮޑު އިންފުރާސުޓުރަކްޗާއް އެހީ ނިހާތަނައް ލިބުފައި ހުރީ ޖަޕާނުންނާއި ޗައިނާއިން.