29 ޖޫން 2019 - 07:37
ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 29) - ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 2-0 އިން ވެނެޒުއޭލާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ފުރުސަތު ހޯދައިފި އެވެ. ސެމީގައި އާޖެންޓީނާ ނުކުންނާނީ ބްރެޒިލާއި ދެކޮޅަށެވެ.
މި މުބާރާތުގައި ބްރެޒިލާއި އާޖެންޓީނާ އެންމެ ފަހުން ބައްދަލުކުރީ 2007 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އޭގެ ފަހުން އާޖެންޓީނާ ވަނީ ދެ ފައިނަލުން ބަލިވެފަ އެވެ. އަދި މިއީ އެ ފަހަރު ތަށި އުފުލާލި ފަހުން ބްރެޒިލް ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ގްރޫޕްގެ ފަހު މެޗުން ގަަތަރުގެ މައްޗަށް ހޯދި މޮޅާ އެކު ސެމީން ޖާގަ ލިބުނު އާޖެންޓީނާ އިން ވަނީ ރޭގެ މެޗު ފަށައިގެން ވެސް ކުރިއަށް ޖެހިގެން އެޓޭކްކޮށްފަ އެވެ. ކުރީ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް އާޖެންޓީނާ އަށް ލީޑުނަގައިދިނީ އިންޓަގެ ފޯވާޑް ލަޓާރޯ މާޓިނޭޒް އެވެ. މެޗުގެ 10 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ސާޖިއޯ އަގުއޭރޯ ޖެހި ބޯޅައެއް މާޓިނޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ބޯޅައެއް އޭރިއާ ތެރެއިން ވަނީ ބްލޮކްވެފަ އެވެ. މި ހާފުގައި ވެނެޒުއޭލާ އަށް އެންމެ ރަނގަޅަށް އެޓޭކްކުރެވޭ ގޮތެއްނުވި އެވެ.
ދެ ވަނަ ހާފް ފަށައިގެން ތިން މިނިޓް ތެރޭ އާޖެންޓީނާ އަށް ލީޑުފުޅާކޮށްދޭން ރަނުގެ ފުރުސަތެއް މާޓިނޭޒް ވަނީ ނަގާލައިފަ އެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ މާޓިނޭޒް ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އާޖެންޓީނާ އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 74 ވަނަ މިނިޓްގައި ޖިއޮވާނީ ލޮ ސެލްސޯ އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ލޮ ސެލްސޯ މި ގޯލު ޖެހީ އަގުއޭރޯ ފޮނުވާލި ބޯޅައެއް ކީޕަރު ވުއިލްކާ ފަރިނޭޒް އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ކޮޕަ އެމެރިކާގެ ތަށި 1993 ވަނަ އަހަރު ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެންމެ ފަހުން ދެ ފަހަރު ފައިނަލުގައި ބަލިވި އާޖެންޓީނާ އަށް މި ފަހަރުގެ މުބާރާތުގެ ފެށުން ދިޔައީ އެންމެ ރަނގަޅަކަށެއް ނޫނެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެ އެ ޓީމު ވެސް ވަނީ ފޯމަކަށް އައިސްފަ އެވެ.
"ނޮކައުޓް ބުރަށްދާއިރު އާޖެންޓީނާ އަބަދުވެސް އޮންނާނީ ތައްޔާރަށްމ" ރޭގެ މެޗަށް ފަހު އަގުއޭރޯ ބުންޏެވެ.
ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ކޮލަމްބިއާ ޕެނަލްޓީ ޖަހައިގެން 5-4 އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އަތުން ބަލިވެފަ އެވެ. ސެމީގައި ޗިލީ ނުކުންނާނީ ޕެރޫ އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
29 June 2019
މަރުހަބާ އާޖެންޓީނާ.އުއްމީދަކީ ކުރިއަށްއޮތް މެޗުން އާޖެންޓީނާ މޮޅުވުން.
ހަގީގަތް
29 June 2019
ބަޔަކު މީހުންނަށް ޤަބޫލުކުރަން ދަތިވިޔަސް މިއީ ހަގީގަތް. މި ފަހަރު ކޮޕާގެ ސްޓޭޑިއަމްތަކުގެ ޕިޗްތަކުގެ ކޮލިޓީ ވަރަށް ދަށް. މަރަކާނޯ ސްޓޭޑިއަމްވެސް އެހާ ފެންވަރު ދަށް. 2014 ވަނަ އަހަރު ވާރލްޑް ކަޕް ކުޅުނުއިރު ބްރެޒިލުން މި ދަނޑުތަކުގެ ޕިޗުތަށް ފެންވަރު ރަނގަޅުކޮށް ބެލެހެއްޓިއިރު މިފަހަރުދަނީ ދިމާ އިދިކޮޅަށް. ޓީޓޭވެސް މިކަން ފާހަގަކުރި. އަދި ސުއަރޭގެ އިތުރުން ގިނަ ޓީމްތައް މިކަމާ ވަރަށް ކަންބޮޑުވޭ.
އާއިޝަތު ރަދީފާ
29 June 2019
ކޮބާ ކުޅެންޖެހެނީ މެސީއޭ، ލަނޑުޖަހަން ޖެހެނީ މެސީއޭ، އެސިސްޓްކުރަން ޖެހެނީވެސް މެސީއޭ ކިޔާ ކުދިން؟ 2 ލަނޑުގައިވެސް މެސީގެ ހިއްސާއެއް އެއްވެސް ވަރަކަށް ނެތް. މެސީއަށް އޮން ޓާރގެޓް ޝޮޓެއް ނެހެދޭއިރު، އޯފް-ޓާރގެޓްވެސް ހެދުނީ އެންމެ ޝޮޓެއް. މަރުހަބާ އާރޖެންޓީނާ.
ހަގީގަތް
29 June 2019
ފުރަތަމަ ލަނޑު ޖެހީ މެސީ ނެގި ކޯނަރަކުން. ބިލްޑް އަޕްގައި އޭނަގެ ހިއްސާވޭ. އަދި ރޭގަ 3 ޗާންސް ކްރިއޭޓްކުރި. 1 ބިގް ޗާންސާއެކު.
މެސީ
29 June 2019
އެކަމަކު ކަވަރ ފޮޓޯ ގަ އިންނަން ވާނީ މަގޭ ފޮޓޯ.
އާއިޝަތު ރަދީފާ
29 June 2019
އަސްލު ރޭގެ މަޗްބަލަން އޮއްވާ މަށަށް ނިދުނީ.ފުރަތަމަ ގޯލް އެއީ މެސީގެ މޮޅު ކޯނަރަކުން ޖެހި ގޯލެއް.ދެންމެ ހައިލައިޓްސް ބަލާލީމަ ދޭހަވީ.
އާއިޝަތު ރަދީފާ
29 June 2019
ރަދީފް އަމިއްލަ ނަމުގަ ކޮމެންޓް ކޮށްބަލަ. ކިހާ ދެރަ ކަމެއްތަ. މެސީއަށް ރޭގަ އެސިސްޓެއް ނުކުރެވޭތާ ލަނޑެއްވެސް ނުޖެހޭ. މުބާރާތުގައިވެސް ޖެހުނު ހަމައެކަނި ލަނޑަކީ ޕެނަލްޓީއަކުން ޖެހުނު ލަނޑެއް. ކޯނަރާ، ޕެނަލްޓީއާ، ފްރީ ކިކާ ހުރިހާ އެއްޗެއް ޖަހަމުން ދަންޏާ ލަނޑުވެސް ޖެހޭނެ، ބިލްޑްއަޕްގައިވެސް ހިމެނިދާނެ. އެކަމަކު ރޭގަ މެސީ ފެނުނީ ވަނދުކޮށް. 90 މިނިޓް ކުޅެގެން ލިބުނީ 7.4ގެ ރޭޓިންގ އެއް. މިއަށްވުރެ މަތީ ރޭޓިންގއެއް ކީޕަރުވެސް ހޯދި.
ހިސޭ
29 June 2019
ތިޔަ ގޮތަށް ކިޔަންޏާ ބުނެވިދާނެ، ކީޕަރު ގޯލް ކިކަކުން ޖެހި ބޯޅައަކުންނޭ ލަނޑު ޖެހީވެސް. ހެޔޮ 15 ޕާސް ކޮށްފަ ލަނޑުޖެހިޔަސް. ދެން މެސީ ނެގި ކޯނަރު މޮޅޭ؟ ކޯނަރު ނެގި ކުޅުންތެރިޔާ ބޮލުގަ ނުޖެހި، ވެލަޒުއޭލާގެ ޑިފެންޑަރަށް ކްލިއާރ ނުކުރެވުނު ބޯޅައެއް އެއީ. ބައުންސްވެފަ ލިބުނީ އަގުއޭރޯއަށް، އެއީ ނަސީބު. މޮޅީ އަގުއޭރޯގެ އެސިސްޓް އަދި ލަނޑުޖެހި ކުޅުންތެރިޔާ. އެކަމަކު ކްރެޑިޓް މެސީއަށް؟ މެސީއަކީ މުބާރާތުގައި އެންމެ ގިނައިން ޑިސްޕޮސެސްކޮށްލި ކުޅުންތެރިޔާ
ރަދީފްް
29 June 2019
އެއްކަލަ ފޭކް ސަޕޯރޓަރުން ތިލަވެއްޖެ. މުބާރާތް ފެށުނުއިރު އާރޖެންޓީނާ މިފަހަރު ދާންޖެހޭނީ މަހަށޭ ކީ ރޯނުއެދުރު ހަގީގަތް މިހާރު ޓީމުގެ ދިފާއުގަ. ދެމެޗަކުން މޮޅުވީމަ މިމީހުން މިފެންނަނީ.
ހަގީގަތް
29 June 2019
ހިސޭ އަދި އައިޝަތު ރަދީފާޔަށް. އަހަންނަކީ ރަދީފެއްނޫން. އަހަންނަކަށް ނޭނގެ ކަލޭމެން މިނަމުގައި ކޮމެންޓްކުރާ ކޮންމެ ފަހަރަކު ރަދީފޭކިޔާ ސަބަބެއް. ދެން ރޭގަ މެސީ ދެއްކީ ދަށްކުޅުމެކޭ އެއްގޮތަކަށްވެސް ނުބުނެވޭނެ. އޭނަގެ ސްޓޭންޑަޑްގައި އެއީ ވަރަށް ދަށް ކުޅުމެެއް. އެންމެންނަށްވެސް އިނގޭ މެސީޔަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިޔެއްކަން. އެކަމަކު ރޭގަ މެސީވަނީ 3 ކީ ޕާސް ޖަހައި 1 ބިގް ޗާންސް ކްރިއޭޓްކޮށްފަ. އަދި 2 ބޯޅަޔެއް އިތުރަށް ކްރިއޭޓްކުރި.
އާއިޝަތު ރަދީފާ
29 June 2019
ހަގީގަތް، އަޅުގަނޑު މިބުނީ ރަދީފް އަޅުގަނޑުގެ ނަމުގައި ކޮމެންޓްކުރާ ވާހަކަ. މިހާރު ތިޔަ ދެއްކި ވާހަކައަކުން އޮޅިއްޖެ.
އާއިޝަތު ރަދީފާގެ މާމާ
29 June 2019
އަހަރެން މިއީ މެސީގެ ފޭނެއް.
ރަދީފް
29 June 2019
@އާއިޝަތު ރަދީފާ.ކަލޭ އޮޅިފަ ނުހުންނަ ދުވަހެއް ނިކަން ބުނެބަލަ.
ގޯނިބެ
29 June 2019
3 ކީ ޕާސް 90 މިނެޓް ތެރޭ. އެކަމަކު ކުޅުން ހަމަ ހަބޭސް ދޯ.
ހަގީގަތް
29 June 2019
ގޯނިބެޔަށް. ކަލެޔަށް އިނގޭތަ ކީ ޕާސްއެއީ ކޯޗެއްކަން. ގިނަ ކުޅުންތެރިންނަށް 90 މިނެޓް ނިމޭއިރު އެއް ކީ ޕާސްވެސް ޖަހާ ނުލެވޭ. 3 ކީ ޕާސްއެއީ ބޮޑު އަދަދެއް. 87 ޕަސެންޓް އެކިއުރޭޓް ޕާސްވެސްޖެހި މެސީ. އަހަރެން ނުބުނަން މެސީ ކުޅުނީ އެންމެ ރަނގަޅު ކުޅުމެކޭ. އެކަމަކު އެއީ ވަރަށް ދަށް ކުޅުމެއްނޫން. ދަނޑުގެ ވިނަގަނޑު ރަނގަޅުނަމަ އަދި ކުޅުން މާ ރަނގަޅުވީސް.