ސިނަމާލެ ބްރިޖުގައި ފުލުހުން ހަރަކާތްތެރިވަނީ: ގަވާއިދާ ހިލާފަށް ޕާކުކުރި 1350 އުޅަނދެއްގައި މިދިޔަ ހަފްތާގައި ފުލުހުން ސްޓިކާ ޖެހި -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
30 ޖޫން 2019 - 11:47
ގަވާއިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފުތާގެ ތެރޭގައި 1،300 އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އަންނަނީ ކޮންމެ ހަފްތާއަކު ވެސް، އޭގެ ކުރީ ހަފުތާގައި އެތަނުން ބެލި ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބު އާންމުކުރަމުންނެވެ. ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި އެތަނުން ވަނީ ގަވާއިދާ ހިލާފަށް ފާކުކުރި 1،350 އުޅަނދެއްގައި ސްޓިކާ ޖަހައިފަ އެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (22nd June to 28st June 2019).@TransportMV @MaleCitymv pic.twitter.com/zSREZ1Q6b1
— Maldives Police (@PoliceMv) 30 June 2019
ފުލުހުން ކުރި ޓްވީޓެއް
ޕާކު ކުރާނެ ތަނެއް ދެއްކުމަށް ފަހު ނޫނީ ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވެ އެވެ. ނަމަވެސް ފެބްރުއަރީ މަހުން ފެށިގެން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި އަލުން ސްޓިކާ ޖަހަން ފަށައިފަ އެވެ.
ފުލުހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާ 591 އުޅަނދެއް ފާސްކޮށްފައި ވެ އެވެ. އެންމެ ގިނައިން ހިފަހައްޓާފައި ވަނީ ލައިސަންސް ނެތި ދުއްވި މީހުން ކަމަށް ފުލުހުން ބުންޏެވެ. ލައިސަންސް ނެތް 117 މީހަކު ހިފަހައްޓާފައިވާ އިރު، ލައިސަންސް ކާޑާ ނުލައި ދުއްވި 85 މީހަކު ވެސް އެތަނުން ވަނީ ހިފަހައްޓައިފަ އެވެ. އަދި މުއްދަތު ހަމަވެފައިވާ ލައިސަންސަކާ އެކު ދުއްވި 11 މީހެއްގެ ލައިސަންސް ހިފެހެއްޓި ކަމަށް ވެސް އެތަނުން ބުންޏެވެ.
މާލެ ސަރަހައްދުގައި މިިދިޔަ ހަފްތާގެ ތެރޭގައި 34 އެކްސިޑެންޓް ހިނގި ކަމަށާއި، އެ އެކްސިޑެންޓުތަކުގައި 20 މީހަކަށް ޒަހަމްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ. އަދި އެކްސިޑެންޓެއްގެ ސަބަބުން ފަސް މީހެއްގެ ލައިސަންސް ފުލުހުން ވަނީ އަތުލައިފަ އެވެ.
މީގެ އިތުރުން ހަތަރު ފުރޮޅުލީ ފަސް އުޅަނދަކާއި 39 ސައިކަލް ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ. އުޅަނދުތައް ޓޯ ކުރާއިރު މި ދުވަސްވަރު ބޮޑަށް ބަލަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށް ވުރެ ގިނަ ދުވަހު ޕާކުކޮށްފައި ހުންނަ ބާ އުޅަނދުތަކަށް ކަމަށް މި މަހު ކުރީކޮޅު ފުލުހުން ބުނެފައި ވެ އެވެ.
ގަވާއިދާ ހިލާފުވެގެން ޓޯކޮށްފައި ހުރި 79 އުޅަނދެއް މި މަހު 15 ގައި ފުލުހުން ވަނީ ނައްތާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބލބޑ
30 June 2019
ސްޓިކާ ޖެހެމުގައި މެގްޒިމަމް ސްޕީޑް، ޕާރކް ކުރަން ތަނެއް ދައްކަނީ އެއް ނޫން، ފުލުހުން މިހާ ފޯރީގައި ކުރާ އެއްކަމެއްވެސް ނުހުރޭ، މީހަކަށް އޮޅިގެންވެސް ތަނެއްގައި ޕާރކް ކުރެވިއްޖިއްޔާ ސްޓިކާ ޖަހާލާ،
އަހްމަދު
30 June 2019
ތިޔޮތީ ވަރަށް މޮޅު ކަމެއް ކުރެވިފަ! ދެން އަތްޖަހާ! ތިމީހުންނަށް އުފާވެރިކަން ލިބޭނީ ނިކަމެތި ރައޔިތުން ފެލުނު ވަރަކަށް!
އިސްޓިކާ
30 June 2019
އިސްޓިކާ ޖެހީމާ ޖަހާ މީހާ ގޯސްވާނީ. ބަލަ، ޖެހިގެން ޕާކިން ޒޯން ހުންނައިރު އެހެރެ ދަނީ ފިހާރަ ދޮރުމަތީ ޕާކުކޮށްލާފާ ވިޔަފާރިކޮށްލަން. ކުށްވެރިޔަކީ މުޅި މަގު ޕާކިން ޒޯނަށް ހަދާނުދިން ވެރިޔާ، ނޫނީ އިސްޓިކާ ޖެހި ފުލުސް ސޮރު. ރޭގަނޑު އެތައް ފަހަރަކު ފެނިއްޖެ، އޭޓީ އެމަށް، ޕިކްޕޯސްޓަށް ވަންނަން، ބިލްޑިން ދޮރުމަތީ ޕާކުކޮށްލާފާ ދާތަން. ޖެހިގެން އެހެރީ ޕާކިން ޒޯން ހުސްކޮށް. ކީއްދޯ ކުރާނީ
ކޮރަލް
30 June 2019
މަސައްކަތެއް ނުކޮށް ސަރުކާރަށް ފައިސާ ލިބޭ ގޮތަކީ މިއީއެވެ. ބްރިޖް އަށް އެރޭނީ ސްޓިކާ ފައިސާ ދެއްކީމައެވެ ފެލާލަނީއެވެ.
ބުނެލީ
30 June 2019
ޕާކިން ޖޯން ހެދިވަރު ހަބަރުގަ ޖެހިނަމަ ވަރައް ފުރިހަމަ ވާނެ. ޕާކިން ޒޯން ނޫން ތަންތާގަ ޕާކުރަނީ ވަކި ޕާން ޒޯން ނެތިގެންނޭ ވެސް ބުނެވޭ ކައްވެސް ނެތް އެކަން ވަރައް ރަނގަޅައް އެގޭ. އަހަރެންވެސް ހަމަ ދުއްވަނީ ސައިކު އެކަމު ސްޓިކާ އެެއް ނުޖަހާތާ މިހާރު ދެ އަހަރު ވެއްޖެ. ޕާކް ކުރަން ތަންކޮލެއް ދުރަންވެސް ދާންޖެހޭ. އެހެން ނަމަ ވެސްހަމަ ޕާކިން ޖޯން އެއްގަބަހައްޓަނި.
ލޮލީބެ
30 June 2019
ނަންވާނީ ޔާމީނު، ކުރިއަށް ހަމަ ދެން އަންހަ ހަފްތާގަ 2 މިލިއަން ޓާގެޓަކަށް ލޮލް
ބޮޑުމީހާ
30 June 2019
ސަރުކާރަށް ލާރި ހޯދަން މިނޫން ކަމެއް ނުފެނުނީތަ؟ ހުޅުމާލޭ ބީޗްއިން ހަފްތާއަކު އެއްފަހަރު ކުލި ނަގާބަލަ؟ ރައްޔިތުން ފެލާ ސަރުކާރު
ޕިކްސް
30 June 2019
އަހަރެން ސައިކަލުގައެއް ސްޓިކާނުޖަހާ. ޕާކުކުރަން ހުއްދަ ތަނުގަ ޕާކުކޮށްފަ ދާންބޭނުންވާ ތަނަކަށް ދަނީ. ޢެއީ ދާން ބޭނުންވާތަނާ ދުރުވިޔަސް.
ނަތީޖާ
30 June 2019
ފައްކާ ކަމެއް. އެއް ހަފްތާއިން މިލިޔަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓަށް ވަދެއްޖެ. ވެރިކަމަށް އަންނަންވެގެން ވައުދުވީ ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނޭ ކަމަށް. އެކަމަކު ވެރިކަމަށް 6 މަސް ވުމާއެކު ހަބޭސް ކިޔާފައި ތެޅިގަތީ. ޕާކް ކުރާނޭ ތަނެއްނެތް. ބާއުޅަނދުތަކުން މާލެ ފުރިފައި. އެތެރެކުރާވަރަށް އެތެރެ ކުރަނީ. ޕާކް ކުރާނޭތަނެއް ނެތް. ފެލެން އޮތްވަރަކަށް ފެލާ. 24ގަޑިއިރުގެ މަސައްކަތުން ލިބޭލާރިކޮޅު ސަރުކާރާއި މާލޭ މީހުންނަށް ބަހާހުސްވަނީ
ރައްޔިތުން މޮޔަހެދިފަ
30 June 2019
ވައުދުވާން ވަރަށް ފަސޭހަ ވާނެ އެބޭފުޅުންނަށް، ވައުދު ނުފުއްދާވާނެ ހުރިހާ ގޮތެއް ހޯދަން ވެސް އިގޭނެ. ފުލުހުންގެ މުއައްސަސާއަށް ބުނެލަން އޮތީ ތި ސްޓިކާރ ޖެހުން އެއީ އޭ ތިބޭފުޅުން އެންމެ ރަގަޅަށް ކުރާ ކަންތައް. ތިޔަ ތަނުގައި އުޅޭ ޓްރެފިކް ޕޮލިހުން ނޫން މީހުން ތިބެނީ ނިދާފަތޯ؟