މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޔުވްރާޖް: "ދި އޮފީސް" އިން ފެންނާނެ.

ރިލީޒްކުރާ ތާރީހު ފަސްކުރަމުން ގޮސް، އަންނަ އޮގަސްޓް މަހުގެ 2 އަށް ތާވަލުކޮށްފައިވާ އެކްތާ ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ "ޖަބަރިޔާ ޖޯޅީ" ގެ ޓްރެއިލާ މިއަދު ދައްކަން ހަމަޖެހިއްޖެ އެވެ.

މި ފިލްމުގެ ލީޑް ރޯލު ކުޅޭނީ ސިދާތު މަލްއުތުރާ އާއި ޕަރިނީތީ ޗޯޕްޅާ އެވެ. މިއީ 2014 ގައި ރިލީޒްކުރި "ހަސީ ތޯ ޕަސީ" އަށް ފަހު މި ޖޯޑު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.

"ޖަބަރިޔާ ޖޯޅީ" އަކީ ޑައުރީ ދައްކަން ޖެހޭތީ ކައިވެނިން ސަލާމަތްވާން މަސައްކަތް ކުރާ ފިރިހެނުން ކިޑްނެޕްކޮށްދޭ ތަގެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ޕްރަޝާންތު ސިންގެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ، އަޕަރްޝަކްތީ ކުރާނާ، ސަންޖޭ މިޝްރާ، ޗަންދަން ރޯއި ސަންޔާލް އަދި ރުސްލާން މުމްތާޒް ހިމެނެ އެވެ. މީގެ އިތުރުން އައިޓަމް ލަވައަކުން އެލީ އަވްރަމް ވެސް ފެނިގެން ދާނެ އެވެ.

"ޖަބަރިޔާ ޖޯޅީ" އޮގަސްޓް 2 ގައި ރިލީޒް ކުރާ އިރު، އެ ދުވަހު ސޮނާކްޝީ ސިންހާ އާއި ވަރުން ޝަރުމާ އަދި ބާދްޝާގެ "ޙާންދާނީ ޝަފަޙާނާ" ވެސް ރިލީޒް ކުރާނެ އެވެ.

ވިދިޔާގެ ހާއްސަ ފެނިލުމެއް

ޑައިރެކްޓަރު އަނޫރާގް ބާސޫ އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ އެންތޮލޮޖީ ފިލްމުގެ ރޯލަކަށް ވިދިޔާ ބާލަން ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހުނަރުވެރި ބަތަލާ އެ ފިލްމުން ފެނިގެން ދާނީ ހާއްސަ ފެނިލުމަކުންނެވެ. އެހެންވެ އޭނާގެ މާ ބޮޑު ރޯލެއް ފިލްމަކު ނުހިމެނޭނެ އެވެ. ވިދިޔާގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓް 15 ގައި ރިލީޒް ކުރާ އަދި ބޮޑު ކާސްޓެއް ވެސް ހިމެނޭ "މިޝަން މަންގަލް" އެވެ.

އަދި ނަން އިއުލާން ނުކުރާ އަނޫރާގްގެ ފިލްމުގެ މައިގަނޑު ތަރިންނަކީ އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް، ރާޖްކުމާރު ރާއޯ، ސާނިޔާ މަލްއުތުރާ، އަދިތިޔާ ރޯއި ކަޕޫރް އަދި ޕަންކަޖް ތުރިޕަތީ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 21 ގަ އެވެ.

"ބުލްބުލް" ގެ ލީޑް ކާސްޓް އިއުލާންކޮށްފި

ބަތަލާ އަނުޝްކާ ޝަރުމާ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ބިރުވެރި ވެބް ސީރީޒް "ބުލްބުލް" ގެ ކާސްޓުން އިއުލާންކޮށްފި އެވެ.

އޭގެ ލީޑް ރޯލުން ފެންނާނީ މިދިޔަ އަހަރު ރިލީޒް ކުރި "ލައިލާ މަޖުނޫ" އިން ތައާރަފުވި ދެ ތަރިން ކަމަށްވާ އަވިނާޝް ތިވާރީ އާއި ތުރިޕްތީ ޑިމްރީ އެވެ. މީޑިއާތަކުން ބުނީ "ބުލްބުލް" ގެ ޝޫޓިން ވެސް މިހާރު ނިންމާލާފައިވާ ކަމަށެވެ.

ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަނުޝްކާ މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.

އޭނާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން މިހާތަނަށް ތިން ފިލްމު ޕްރޮޑިއުސްކޮށް، އަނުޝްކާ އެ ފިލްމުތަކުގެ ބަތަލާގެ ރޯލް ވެސް ކުޅުނު އިރު، އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "ޕަރީ" އެވެ. އެކަމަކު "ބުލްބުލް" އިން އޭނާގެ ރޯލެއް ނުފެންނާނެ އެވެ.

މި ސީރީޒް ސްޓްރީމް ކުރަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު އެވެ.

"ދި އޮފީސް" އިންޑިއާ ވާޝަން ހޮޓްސްޓާ އަށް

ބީބީސީން ގެނެސް ދިން މަޝްހޫރު ސީރީޒް "ދި އޮފީސް" ގެ އިންޑިއާގެ ވާޝަން ސްޓްރީމް ކުރަން ފަށައިފި އެވެ.

މި ސީރީޒް ގެނެސް ދެނީ ސްޓާޕްލަސްގެ ޑިޖިޓަލް ޕްލެޓްފޯމް ހޮޓްސްޓާ އިންނެވެ.

ޖުމްލަ 13 އެޕިސޯޑް ހިމެނޭ "ދި އޮފީސް" ގެ ކާސްޓުންގެ ތެރޭގައި ގޯހަރް ހާން، ރަންވީރު ޝޯރޭ، މުކުލް ޗައްޑާ، ގޯޕާލް ދަތު އަދި އަބިނާވް ޝަރުމާ ހިމެނެ އެވެ. މީގެ ހާއްސަ ރޯލަކުން އިންޑިއާގެ ކްރިކެޓް ތަރި އަދި ބޮލީވުޑްގެ ބަތަލާ ހޭޒަލް ކީޗްގެ ފިރިމީހާ ޔުވްރާޖް ސިންގް ވެސް ފެނިގެން ދާނެ އެވެ.

"ދި އޮފީސް" އިންޑިއާގެ އޯޑިއަންސަށް ގެނެސް ދިނުމުގެ ފަހަތުގައި ތިބީ "ކުޗް ނާ ކަ ހޯ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ރޯހަން ސިއްޕީގެ އިތުރުން ޑެބީ ރާއޯ އާއި ވިވެކް ބުޝަން އެވެ.

"ދި އޮފީސް" އަކީ ބީބީސީން 2001-2003 އަށް ގެނެސް ދިން މޮކިއުމަންޓަރީ ސީރީޒެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި ރިކީ ޖޭވެއިޒް، މެކެންޒީ ކްރުކް، އިވެން މެކެންޓޯޝް، މާޓިން ފްރީމަން އަދި ލޫޒީ ޑޭވިސް ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454