ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް: މި ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅާ ކޮމިޓީގެ މަސައްކަތް އަދި ނުނިމޭ.
30 ޖޫން 2019 - 13:11
ކުރީގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޫކުރި ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅަން ކުރާ މަސައްކަތްތަކުގެ ތަފުސީލް މި ހަފުތާގައި އާއްމުކުރާނެ ކަމަށް އެ މައްސަލަތައް ބަލާ ކޮމިޓީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ހިޔާ"، އަދި "ގެދޮރުވެރިކަމުގެ" މަޝްރޫއުން ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ. އެ ކަންކަން ބަލައި ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމު ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެކެވެ. އެކަމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ކޮމިޓީިއެއް އުފައްދަވައިފަ އެވެ.
އެ ކޮމިޓީގެ މަސައްކަތަށް ހަތް މަސް ވި އިރު ވެސް ނަތީޖާއެއް ނުފެންނާތީ އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
ފްލެޓްތަކާ ގުޅޭ ޝަކުވާތައް ބަލައި އިންސާފުވެރިން ކަނޑައެޅޭނީ ކޮން އިރަކުތޯ "މިހާރު" ން ސުވާލު ދެންނެވުމުން ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒާއި މެމްބަރު އަހްމަދު ތޮލާލް ވިދާޅުވީ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ވަރަށް އަވަހަށް އާއްމު ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް ނިމޭނީ ކޮން އިރަކުންތޯ ދެންނެވުމުން ވިދާޅުވީ މި ހަފުތާގައި ނެރޭ ބަޔާނުގައި ތަފުސީލްތައް ކޮމިޓީން ހިމަނާނެ ކަމަށެވެ.
ފްލެޓްތަކުގެ މައްސަލަ ބަލަން ފެށި ފަހުން އެ ކޮމިޓީން މިހާތަނަށް ތަފުސީލް އާއްމުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ.
ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީ.
މިދިޔަ ފެބުރުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީން ބުނެފައި ވަނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 23،000 އަށް ވުރެ ގިނަ ފޯމުގެ މައުލޫމާތުތައް އަލުން ބަލައި، ފްލެޓް ދީފައި ވަނީ އިންސާފުންތޯ ކަށަވަރު ކުރުމަކީ އުނދަގޫ މަސައްކަތެކެވެ. އެހާތަނަށް ބެލިބެލުމުން ވެސް ކަންބޮޑުވާ ފަދަ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފަ އެވެ.
ޔާމީންގެ ސަރުކާރުގައި ފުރަތަމަ ހުޅުވާލި މަޝްރޫއުން 700 ފްލެޓް ދޫކުރީ، މަތިން މާކްސް ލިބުނު މީހުން ބާކީކޮށްފައި، އެ އަށް ވުރެ ދަށުން ލިބުނު މީހުންނަށް ކަން ސާބިތުވާ ލިޔުންތަކާ އެކު ކަމާބެހޭ އިދާރާތަކަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލަތަކަށް އިންސާފު ނުލިބި ވަނިކޮށް، ދެ ވަނަ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި، އެ ފްލެޓްތައް ދިނީ ހައްގުވެރިންނަށް ނޫން ކަމުގެ ތުހުމަތު ކުރެ އެވެ.
އެކަމަކު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓްތައް ދޫކޮށްފައި ވާނީ، ހުށަހެޅި މައުލޫމާތުތަކަށް ބަލައި އިންސާފުވެރިކަމާ އެކު ކަމަށެވެ. ދެ މަޝްރޫއުން ފްލެޓް ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުން ވާނީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަބު
09 July 2019
ކޮބާ؟ އަދިވެސް މިހަފްތާ އެއް ނުނިމޭ ދޯ؟
މިގުދާދު
06 July 2019
ސަތޭކަ ދުވަސް ނިމުނުއިރު ވީކަމެއްނެތް މިފަސް އަހަރު ނިމޭއިރު ތިކަމެއް ނިމޭނެބާ ތިކޮމެޓީތަކަށް ފައިސާ ލިބޭހާ ހިނދަކު ތިކަމެއް ނުނިމޭނެ!!!
ޙަޖީ
03 July 2019
މި ސަރުކާރު އައި ފަހުން އެ ވެސް ކަމެއް ރަނގަޅު ކުރުމަށް މަސައްކަތް ނުކުރޭ. ފުލެޓު ވެސް ލިބުނު މީހުން ނަށް ދީ ތި ބޭކާރު ކޮމިސަންުުއުވާލަންވެއްޖެޔެއްނު
ޢައިސާ
02 July 2019
ތިކަހަލަ ބައިވަރު ކަމެއް ނުވާ، ކޮމިޓީތަށް ހުރޭ ރަޢީސް އޮފީހުގައި. ނުހައްގުން ވަޒީފާއިން ކަޑާލި މައްސަލަ ބަލާ ކޮމިޓީ އަކީވެސް ތީގެ މިސާލެއް.
ޏަޒީނާ
01 July 2019
ފުލެޓްލިބުނު ފަރާތްތައްވެސް ބޯހިޔާވަހިކަން ނުދޭންވެގެން ދައްކާ ހުސް ބަހަނާ.ފުލެޓް ލިބޭތޯ ބަލަބަލާ ދެލޯ މިހާރު ފާރުވެ ހަލާކުވާވަރުވޭ.މީ އަރަތެއްތައް އަބަދު މިކިޔަނީ މީހުން އޮޅުވާލުމަށްޓަކައި ކޮންމެ ފަހަކު ނޫހަށް އިންޓަވިއު އަށް އަރާތިބެ ހުސްދައްކަނީ އެސަރުކާރު މިސަރުކާރު ދުވަހަކުވެސް މި މީހުންނަކަށް ފުލެޓް ލިބުނު ފަރާތަކަކަށް އެފުލެޓް ދެވޭނެ ވަރެއްނެތި މި5އަހަރުވެސް ނިމިގެންދާނީ ފުލެޓަށް ވެސް އިންތިޒާރުގެ ގިޓާ ޖަހަން މިޖެހެނީ.މީދެން ބޮޑުވަރު!?
ބްރޯ
30 June 2019
ހުޅުމާލޭން ގޯތިދިނުމުގެ ކަންތައް ކޮންހަފްތާއަކުންތޯ ހާމަކުރައްވަނީ
ރޫޔާ
30 June 2019
ފުލެޓް ކޮމިޓީގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ ކޮން އިރަކުންހޭ.... ؟ މިހާރު ކޮން ޒަމާނެއް... ތި ކަމެއް ނިމޭނެބާ އޭ ހިތަށް އަރާ... ނުވަންޏާ އިސްތިއުފާ ދެއްވާ ގެއަށް ދާންވީ ނޫން... ކޮންމެއަކަސް އެ ފުލަޓް ތަކަކީ ކޮތަރުކޮއްޓެކޭވެސް މިސަރުކާރުން ކިޔާފި... ދެން އެވަރުގެ ތަނެއް ވެސް ނުދޭން ދައްކާ ބަހަނާ ގެ ސިއްރަކީ ކޮބާ. ރައްޔިތުންނަށް ކަންކަން އޮޅުވާލާ މަކަރު ހެދުން ނޫން ކަމެއް އެބަ ކުރެވޭ ތަ.. ބަޔާނެއް ނެރި ބާތިލް ކޮށްލާ ނޫނީ ނުނިމޭ އުޒުރެއްދައްކާ!
ހާރޫން
30 June 2019
ބަޔާނުގަ އޮންނާނީ ނުނިމޭ ވާހަކަ. ފުލެޓް ކޮމިޓީއަށް ވ ސަލާމް
ރޫޔާ
30 June 2019
ޔަގީން ކަށަވަރު
ސިދާގެ ފޭން
30 June 2019
ކޮތަރިކޮށްޓޭ ކިޔާފަ އެވެސް ނުދޭން ބަހަނާ ދައްކަނީ.. ހައްތަހާ މި ސަރުކާރުގެ އަގު ވެއްޓޭނީ...
ތޫބާ
30 June 2019
ލިސްޓް އާންމު ނުކޮށް ބަހަނާއެއް ދައްކާލާ އަނެއްކާވެސް... މި ބުނި ގޮތަށް ނޫން އިތުރު ގޮތެއް މި ހަފުތާއަކު ނުހިނގާނެ.. ފުލެޓް ކޮމިޓީއަށް ވ ސަލާމް...
ރޫޔާ
30 June 2019
އަސްލު ވެސް