ޕިއްޒާ ބޯނާގެ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ-- ފޮޓޯ:މިހާރު
30 ޖޫން 2019 - 14:38
ޕިއްޒާ ބޯނާގެ އަށް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް އެ ރެސްޓޯރެންޓުން ނިންމައިފި އެވެ.
ޕިއްޒާ ބޯނާ ހިދުމަތަށް އަށް އަހަރު ފުރޭނީ މާދަމާ އެވެ. އެހެންވެ މާދަމާ ޕިއްޒާ ބޯނާއިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މި ޑިސްކައުންޓް ލިބޭނީ ޕިއްޒާ ބޯނާގައި ތިބެގެން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެކަންޏެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޕިއްޒާ ބޯނާގެ އެކި އައުޓްލެޓްތަކުން ޕިއްޒާގެ އިތުރުން ސަބްމެރިން ފަދަ ތަކެތިން ވެސް ޑިސްކައުންޓް ލިބޭނެ އެވެ. ޕިއްޒާ ބޯނާގެ އައުޓްލެޓުތައް މާލެ އާއި ހުޅުމާލޭގައި ހުރެ އެވެ.
ޕިއްޒާ ބޯނާއިން އަންނަނީ އެ ރެސްޓޯރެންޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ މަސް ތެރޭގައި އިތުރު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެއީ ކޮން ޕްރޮމޯޝަނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫވިލު
30 June 2019
ހިތަށްއަރަނީ ތިތަނަށް މާދަމާއާއި މާދަމާރޭ ވަދެވޭވަރު ވާނެބާއޭ. ގުރޫޕުހަދާފާގޮސް ތިތަނަށްނުވަދެވި ގަޑިދެގަޑިއިރު އިންތިޒާރުކުރަންވީމާ ކަމަކުނުދާނެ. ޔަގީނުންވެސް މާދަމާއަކީ ތިތަނަށް ބާރުބޮޑު ދުވަހަކަށްވާނެ. އެހެންވީމާ ތިތަނަށްދާ ފަރާތްތަކަށް 50 ޕަސެންޓް ޑިސްކައުންޓް ދިފާ، އޯޑަރުކޮށްގެން ގެންނަ ފަރާތްތަކަށް 25 ޕަސެންޓް ޑިސްކައުންޓް ދޭންވީނު. ކޮންމެމީހަކީ ތިތަނަށް ދެވޭނޭމީހެއްނޫން. ގިނަފަހަރު ތިތަނުންވެސް ހުރިހާއެއްޗެއް މިގެންނަނީ އޯޑަރަށް. ވިސްނާލާ