ދާރުލް އުލޫމް އިމާރާތް ރައްކާތެރިކުރުމާ ބެހޭ ގޮތުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު މަޖީދިއްޔާގެ ވެރިންނާ މިނިސްޓްރީގައި ބައްދަލު ކުރައްވނީ. --ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
30 ޖޫން 2019 - 20:16
ތާރީހީ އިމާރާތެއް ކަމަށްވާ ދާރުލް އުލޫމް ރައްކާތެރިކޮށް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އެތަން ސާވޭ ކުރަން ހެރިޓޭޖް މިނިސްޓްރީން ނިންމައި، އެކަމާ ބެހޭ ގޮތުން މަޖީދިއްޔާ ސްކޫލުގެ ވެރިންނާ މިއަދު މަޝްވަރާކޮށްފި އެވެ.
މަޖީދިއްޔާ ސްކޫލްގެ ބައެއްގެ ގޮތުގައި ހުރި ދާރުލް އުލޫމުގެ ހާލަތު ބަލަން ފެށުމުގެ ކުރިން ކުރަން ޖެހޭ މަޝްވަރާތައް މަޖީދިއްޔާ ސްކޫލްގެ ވެރިންނާ އެކު މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވަނީ ހެރިޓޭޖް މިނިސްޓްރީގައި ބާއްވައިފަ އެވެ..
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ތޯރިގް "މިހާރު"އަށް މިއަދު ވިދާޅުވީ ދާރުލް އުލޫމުގެ ހާލަތު ބަލަން ނިންމީ އެތަނުގައި މުށި ޖަހައި، ބަދަލުތައް ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
"އަޅުގަނޑުމެން އިސް ނަގައިގެން އެތަނުގެ ހާލަތު ބަލަން މާދަމާ ޓީމެއް ދާނެ،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ދާރުލް އުލޫމް އިމާރާތުގެ ހާލަތު ބަލާނީ އެފަދަ ތަންތަން ހިމާޔަތް ކުރުމުގެ މާހިރުންގެ ޓީމަކުންނެވެ. އަދި އެތަން ރައްކާތެރިކޮށް ދަމަހައްޓަން ކުރަން ޖެހޭ ކަންކަމާ ބެހޭ ލަފަޔާ އެކު އެޓީމުން ރިޕޯޓެއް އެކުލަވައިލާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދާރުލް އުލޫމަކީ ގައުމީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެއް. އެހެންވީމާ އެތަން ރައްކާތެރި ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ފެށީ،" ތޯރިގު ވިދާޅުވި އެވެ.
ދާރުލް އުލޫމަކީ ރާއްޖޭގެ ތާރީހުގައި މުހިއްމު ބައެއް ރަސްމިއްޔާތުތައް ބޭއްވި ތަނެކެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސް ކަމުގެ ހުވާ ކުރެއްވީ އެތަނުގަ އެވެ. ރާއްޖޭގެ ދެކުނުގައި އުފެދުނު ހަމަނުޖެހުން ނައްތާލެއްވުމަށް ސަރުކާރަށް ބާރުދިން އެއްބަސްވުން "އޯލް ޕޯޓް ނާސިރު އެގްރީމެންޓް" ގައި ސޮއިކުރީ ވެސް އެތާނގަ އެވެ. މީގެ އިތުރުން އެއީ ރާއްޖޭގެ ވަރަށް އިސް ބައެއް ބޭފުޅުންގެ ތައުލީމީ ހަޔާތާ އެ އިމާރާތް ގުޅިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯކު
01 July 2019
ތާރީހީ ތަންތަނޭ ކިޔަނީ ވަރަށް ދުވަސްވެފަ ހުންނަ ތަންތަނަކަށް ނޫންތަ. ތިބުނާ ނާސިރެއް މަރުވީވެސް އިހައްދުވަހުއެއްނު.
ޑިންޑި
01 July 2019
މައުމޫނަކީ މަޖީދިއްޔާ ނެތިކޮށްލަން މަސައްކަތް ކުރެއްވި ބޭފުޅެއް. މަޖީދިއްޔާ ދެ ފަޅިކޮށް ރާއްޖޭގެ އެންމެ ވަރުގަދަ ތައުލީމީ އިންސްޓިޓިއުޝަން އެއްގެ ދަރަޖައިން އުނިކޮށްލަން މަސައްކަތް ކުރެއްވި ބޭފުޅެއް. ދާރުލްއުލޫމަކީ އެތަށް ގުނަ ދިވެހި ދަރިންނެއް ތައުލީމު ލިބިގެން މި ޤައުމަށް ހިދުމަތް ކުރަން ނުކުތް ތަނެއް. އެތަން ހަލާކުކޮށްލަން އުޅުނު ބޭފުޅާގެ ދަރިކަނބަލުން މިއަދު އެތަން ދަމަހައްޓަން މަސައްކަތް ކުރައްވަން މަސައްކަތް އެކުރައްވަނީ ހަމަ އިބުރަތެއް.
ތާރީހު
01 July 2019
ދެން ތިޔަ ތަންވެސް އެންމެ ފަހުން ތާރީހީ ވެގެންގޮސް ދަރިވަރުން ވަނުން މަނާކޮށް، މަޖީދިއްޔާއަށް އޮތް ތުރާލަކަށް ނުހަދައިފިއްޔާވާ ރަނގަޅު.
ޑރ.ނަޒުނާ އަހުމަދު ހިތަދޫ/ޔޫކޭ
01 July 2019
މާލޭގައި ތިޔަ ވިދާޅުވާ ދާރުލް އުޅުމައްތުރެން ދުވަސްވީ އަދި އެއިމާރާތަކީ އޮނިގަނޑު މުޅީން ހައިވަކަރުން ފައުނޑޭޝަން ޑިޒައިންކޮށްފައިވާ ހިރިގަލުން، ފުރާޅު ހިޔާކޮށްފައިވަނީ ހައިވަކަރު އާދެ! މަޝްހޫރު ޓީކު ވޫޑު އިން، 890 އަހަރުވެފައިވާ މި ތާރީޚީ އީމާރާތަކީ ތަޢުލީމު ދަރީންނަށް ދިނުމައްޓަކައި އެދުވަސްވަރު އެޅި އިމާރާތެއް،އަޅުގަނޑުގެ ބައްޕަވެސް ކިޔެވި، ނަމަވެސް މައުމޫނުގެ ވެރިކަމުގައި މިއިމާރަތްވަނީސުންނާފަތިކޮށްފައި މަޝްހޫރު ހުސައިނިއްޔާ ސުކޫލްގެ ވާހަކަ
ކުރަންއެބަހުރި
01 July 2019
ދާރުލްއުލޫމް ހިމާޔަތްކުރަން ތިޔަ ނުކުންނެވުނީ އެ ތަނަށް ހަދާނެ އެއްޗެއް ހަދައި ނިމުނު ފަހުން. މަޖީދިއްޔާއަށް ފަންސާސް އަހަރު ފުރުނު އިރު ހުރި ދާރުލްއުލޫމުގެ އިމާރާތާއި އޭގެ ފަހުން އެ އިމާރާތަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާ އިރު އެ އިމާރާތުގެ އަސްލަށް ރުޖޫޢަކުރާން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާންޖެހޭނެ.
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
30 June 2019
ސާވޭ، ކޮމެޓީ. ފަސްއަހަރު ނިމިގެންދާއިރުވެސް ސާވޭ، ކޮމެޓީ. ބޯހަލާކު.
falcon_autho
30 June 2019
އާސާރީ އަދި މުހިންމު ތަންތަން ރައްކާތެރިކުރާނޭ ކަމެއްނެތް. މިރާއްޖޭގެ ރައްޔިތުންނަކީ ނިކަން އުސްއިމާރާތްތަކުގައި އުޅޭހިތްވާބައެއް.