ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ލީޑަރު ގާސިމް އިބްރާހީމާއި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އެ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން ދާއިރާތަކުގެ ރައީސުން އިންތިޚާބު ކުރަން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު
01 ޖުލައި 2019 - 10:12
ޖުމްހޫރީ ޕާޓީން 87 ދާއިރާ އަށް ރައީސުން އިންތިޚާބުކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
އެ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ދާއިރާ ރައީސުން އިންތިޚާބުކުރުމުގެ ޝަރުތުތައް ކަނޑައަޅައިފަ އެވެ. އެ އުސޫލާ އެއްގޮތަށް އިންތިޚާބު ބާއްވަން ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ބަހާލާފައިވާ ގޮތަށް ބަލައި ކޮންމެ ދާއިރާ އަކަށް އެ ޕާޓީގެ ރައީސަކު އިންތިޚާބު ކުރަން ނިންމީ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން ކަމަށެވެ. އަދި އާއްމު މެމްބަރުންނާއި ޕާޓީއާ އޮންނަ ގުޅުން ބަދަހިކުރަން ކަމަށް ވެސް ވިދާޅުވި އެވެ.
"މުޅިން އަލަށް ޕާޓީގައި ދާއިރާ ރައީސުން މި އިންތިޚާބު ކުރަނީ. މި ބަދަލާ އެކު ޕާޓީގެ ހިންގުން ވަރަށް ބޮޑުތަނުން ހަރުދަނާ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ޕާޓީން ހުސްވެފައިވާ ނައިބު ލީޑަރުގެ މަގާމަށް ކުރިމަތިލާން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުގައިވާ ގޮތުން ޖުމްހޫރީ ޕާޓީގައި ތިބީ 9،334 މެމްބަރުންނެވެ.
މި އަހަރުގެ މާޗް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ދާއިރާތަކަކަށް ޖޭޕީން ވާދަ ކުރި އެވެ. އެކަމަކު އެ ޕާޓީ އަށް ކަށަވަރުވީ އެންމެ ފަސް ގޮނޑި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެޔޮވިސްނޭ
01 July 2019
ވަރަށް ރަނގަޅު ނިންމެވުމެއް. މަރުހަބާ. އަދި ކިރިޔާ ޕޮލިޓިކަލްޕާޓީއެއްގެ ސިފަޖެހެން ތިއުޅެނީ. ސޭޓު ކަންކަމުގެ ތެރެޔަށް އަތްނުބާނާނެކަމަށް އުންމީދުކުރަން.
ގަޓް ބްރޯ
01 July 2019
87 ދާއިރާ އަށް ރައީސުން ހަމަވެދާނެ ވިލާ ކުންފުނި ތަކުގެ މުއައްޒަފުން ލައިގެންވެސް. އެކަމަކު އެކަމުން ސިޔާސީ ގޮތުން ވާނެ އެއްވެސް ފައިދާއެއް ނެތް. އެއީ އެމީހުންވެސް ސޭޓަށް ތާއީދު ނުކުރާތީ.
ބޮލިހިލާ ރަދީފު
01 July 2019
ޖޭ. ޕީގެ ވިސްނުން ރަނގަޅެވެ. ޢެންމެންވެސް ބޭނުމީ ރައީސްކަމެވެ. ޢެހެންވީމަ ގިނަ ރައީސުން ހޮވާށެވެ
ޑރ.އަހުމަދު ނާސިހު/ކެނަޑާ
01 July 2019
ރަނަގަޅު ކަމެއް، ނަމަވެސް މިހާރު މިއޮތް ފެހި ގާނޫނު އަސާސީ ހަދަމުންގެންދިޔަ އިރު ރާއްޖޭގައި އޮތުމަށް ފެންނަނީ ކޮންވައްތަރެއްގެ ވެރިކަމެއްތޯ ބެލުމަށް ރައްޔަތުންގެ ވޯޓަކަށް ދިޔަ ނަމަވެސް އެވޯޓުގައި ބައިވެރިނުވެވުނު މީސްމީހުންގެ ވޯޓުގެ އިތުރުން ބައެއް ރައްރަށުގެ ރައްޔަތުންގެ އާބާދީއަށް ތުރެން ގިނަވޯޓު ވަނި ރިޔާސީ ނިޒާމަށްލިބިފައިކަމުން އެއީ ސައްހަ ވޯޓެއްކަމަކަށް ނުބެލޭ. އަބަދު ތިޔަ ކުދި ކުދި ޕާޓީތަކުގެ އުނދަގުލުން ސަލާމަތްވާންއެބަޖެހޭ.ހައްލެއްބޭނުނ
ހަކީމް
01 July 2019
ވިޔަފާރި ޕާޓީ .. އެންމެ މަދު މީހުން އުޅޭ ސަރުކާރުގެ އެންމެ ބޮޑު ފަޅި ނަގާ ޕާޓި ..
އަޙުމަދު
01 July 2019
ތިޔަޕާޓީގެ ދާއިރާ ރައީސަކަސް، އެހެންމީހަކަސް އެއްވެސް އިޚްތިޔާރެއް ނޯންނާނެ. ހަދާ ހުރިހާ ގަވާއިދެއްވެސް އޮވޭކަންނޭގެ އެކަމުއަސްލު އެ ވަރަށް ކުރު. އެއީ "މިޕާޓީން ކަންކަން ނިންމާނީ ލީޑަރަށް ފެންނަގޮތަކަށެވެ." އެ ނިމުނީ. މިވަރުގެ ސިޔާސީ ޕާތީއެއް އަޅުގަނޑު ވާ ދުވަހަކުވެސް ނުދެކެން އަދި ނުވެސް ފެންނާނެހެން ހީވަނީ. އެކަމަކު ތިގޮތުގަވެސް ހިފާއްޓަވާ ކަމަށްޓާކައި ވ ބޮޑަށް ޝުކުރިއްޔާ! ވ ސަލާމް
ކުރުކުރު
01 July 2019
އެއްމެ ބޮޑު ޑިމޮކްރެޓިކް ޕާޓީކަމަށް ދައުވާ ކުރާ އެމްޑީޕީގައިވެސް ގޮތްނިންމަނީ ރައިސް ނަޝީދު ބޭނުންވެ ލައްވާ ގޮތަށް. އެހެން ވީމާ މިކަން މިހެން ވުމުން އަހަރަމެން ހައިރާނެއް ނުވޭ. ހެހެހެހެހެހެ
ބަބުރަންޖީ ހާޖީ
01 July 2019
ލުތިފީ މައްސަލައިގައި ސޭޓު ހަމަ އެކައްޗެކޭވެސް ނުބުނޭތަ؟ ސޭޓު ހާދަ ޚަބަރެއް ނުވެޔޭ.
ސީދިބެ
01 July 2019
ބަޣާވާތާ ގުޅޭ ކަމެއްގަ ސޭޓަށް އެއްޗެކޭ ބުނެވޭކަށް ނޯންނާނެ.