ޕްރޮފެސަރު އުގެއިލް އާއި އުރީދޫގެ ސީއީއޯ ނަޖީބު ޚާން އެއްބަސްވުން ބަދަލުކުރައްވައި ސަލާމް ކުރައްވަނީ.---ފޮޓޯ: އުރީދޫ
03 ޖުލައި 2019 - 23:00
ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމަށް އުގެއިލް ފައުންޑޭޝަނުން ބާއްވާ އޭ.އައި މޯލްޑިވްސް މަހާސިންތާގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
އަންނަ މަހުގެ 26-28 އަށް އއ. އުކުޅަހުގައި ބާއްވާ މި މަހާސިންތާގައި އެކި ގައުމުތަކުގެ އާޓިފިޝަލް އިންޓެލިޖެންސްގެ މާހިރުން ބައިވެރިވާނެ އެވެ. މަހާސިންތާގައި ބައިވެރިވާ މީހުންގެ މެދުގައި، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާ ކުރާނެ އެވެ.
އުރީދޫއާ އެކު ވި އެއްބަސްވުމާ ގުޅޭގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވީ، މި އެއްބަސްވުމުން އެނގެނީ ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފު ކުރުމަށް އުރީދޫން އިސްކަންދޭ މިންވަރު ކަމަށެވެ.
އުގެއިލް (ކ) އާއި އުރީދޫގެ ސީއީއޯ ނަޖީބު ޚާން އެއްބަސްވުމުގައި ސޮއިކުރައްވަނީ.---ފޮޓޯ: އުރީދޫ
އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އޭ.އައި މޯލްޑިވްސްގެ މަހާސިންތާގެ ޓައިޓަލް ސްޕޮންސަރުކަން ލިބުމަކީ ޝަރަފެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މިފަދަ ދާއިރަތަކުގެ މައުލޫމާތަކީ ރާއްޖެ ފަދަ ގައުމެއް ޑިޖިޓަލް ވުމަށް ލިބޭ ފުރުސަތަކަށް ވުމުން، މި މަހާސިންތާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫން މަސައްކަތް ކުރާނެ ކަމަށެވެ.
"އޭ.އައި މޯލްޑިވްސް ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާކުރުމުގައި މިފަދަ ޓެކްނޮލޮޖީގެ މުހިއްމު ދައުރާ މެދު ހޭލުންތެރިކަން އިތުރުކޮށް، އޭ.އައި ހިމެނޭ އީޖާދީ ޚިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. އޭ.އައި މޯލްޑިވްސް ޓައިޓަލް ސްޕޮންސާ އަށް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް، އަދި މި އިވެންޓު އިތުރަށް ފުރިހަމަކޮށް، ފައިދާހުރި ޕެލްޓްފޯމަކަށް ހެދުމަށް އުރީދޫގެ ފުރިހަމަ އެއްބާރުލުން އުގެއިލް ފައުންޑޭޝަނަށް ފޯރުކޮށްދޭނަން،" ނަޖީބު ޚާން ވިދާޅުވި އެވެ.
މި މަހާސިންތާގެ އިތުރުން އުކުޅަހުގައި ޓެކް ފެއާއެއް ވެސް މި ދުވަސްތަކުގައި ކުރިއަށް ގެންދާނެ އެވެ. މި ފެއާގައި ދިވެހި ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި އާ އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަންބެ
04 July 2019
ޖަމާލުތޯ ޗީފު ގެސްޓަކީ. ލޮލް.
ަަައަމީރު
04 July 2019
ސުމުއްވުލް މުހައްމަދު އަމީނު ރާއްޖެއަށް ފުޓުބޯޅަ ތާރަފު ކުރައްވަން އުޅުއްވިއިރު ވެސް ބައެއް މީހުން މިގޮތަށް ވާހަކަ ދެއްކި.
ކޮތަނބިރި
04 July 2019
ތިޔައީ ގޯސްކަމެކޭނޫން މިބުނަނީ، އެކަމަކު އޮމާންޓިނުކޮޅަކުން ފަންކާއެއްގެ ފިޔަގަނޑެއް ހަދާނުލެވޭ ތަނެއްގަ އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރުވަން ތިއުޅެނީ.
ޥަހިދު
04 July 2019
މީނާ މީ މައްސޫރުވާން އުޅޭ މީހެއް މީނާގެ ފަރާތުން ދިވެހިންނަ ކުރު ފައިދާއެނެ
ހެހެ
04 July 2019
ހެހެ ޢޭނާވާނެ އިތުރު މަޝްހުޫރެއެ ނެތް. އެނާއަކީ ދުނިޔެ ބަލައިގެންފައިވާ މީހެއް. ވަހީދު ތިއީ ހަސަދަވެރިއެއް ކަމަށް ލަފާކުރެވޭ،
ފިރިކަމު
04 July 2019
ނަފްރަތަކީ ނުބައި ވަބާ އެއް.
ޔޭސް
04 July 2019
ޥަރަށް ރަނގަޅު ކަމެއް.
ސަޅި
04 July 2019
ޗާލު އުގެއިލް.
ބަނާނާ ސަރުކާރު
04 July 2019
ލިބިފަހުރި ރަގަޅު އިލްމު ހެޔޮގޮތުގަ މީސްތަކުންނަ ފޯރުކޮއްދީ އިޖްތިމާއީ ކަންކަމުގަ އުޅުން އިލްމުވެރިންނަ މާރަގަޅުވާނެ ވެރިކަމާ ސިޔާސީ ކަންކަމާއުޅުމަށްވުރެ. މިވެސް އިލްމުވެރިންގެތެރޭގަ ހިމެނޭނެ ބޭފުޅެ.މިއަދުގެ ހަގީގަތަކީ ވެރިކަމަކީ އައުރަ ކަޝްފުކުރުން އަމިއްލައަތުން. މިއަދަކު ވެރިކަމުގަ ޝަރަފެ އިއްޒަތެ އަބުރެނެތް. ރައްޔިތުންގެ ރުހުން އިލްވެރިންނަވެސް ގެއްލިނިމިއްޖެ. ސިޔާސީވެށި މިފަދަމީހުންނަކާ ނުގުޅޭ.
ރަންބުއްދި
04 July 2019
ޢިލްމުވެރިން ވެރިކަމާ ސިޔާސީ ދާއިރާއަށް ނުކުތުމުން ގައުމަށް ފައިދާވާނެ.ގައުމަށް ގެއްލުންވަނީ އިލްމުލިބުނަސް ނުލިބިތިބިނަމަވެސް އަމިއްލަ އެދުމުގަ ކަންކަމާ ކުރިމަތިލާ ވަގުންގެ ސަބަބުން.އިންޑިއާގެ ވެރިންގެ ތެރޭގަ ނިއުކުލިއަ ސައންޓިސްޓް ޑރ.އަބްދުލް ކަލާމް ހިމެނުމުން ގައުމު ދިޔައީ ކުރިއަށް.
ހޮޅިވާހަކަ
04 July 2019
މީނަގެ އެހީގަ ގެއްލިފަ ތިބި މީހުން ހޯދަންވެސް ބުންޏެއް ނު. އަދިވެސް ނުހޯދޭތަ.
ހިނިހޮރުން
04 July 2019
ވެރިކަންދީ
ލަންބެ
04 July 2019
މަހާސިންތާ ބޭއްވުން ދެން އަނެއްހެން މައްސަލައެއް ނެތް، އެކަމަކު ޓެކްނޮލޮޖީގެ ގޮތުން ދިވެހިން ހީކޮށްގެން މިތިބީ ވަރަށް ކުރީގައިކަމަށް ނަމަވެސް ހަމަ ސުމެއް، މިނިސްޓްރީގެ އިހުމާލުވުން ވަރަށް ބޮޑު، ނެތޭ ކުރެވިފައި ކަމެއްކަހަލަ ކަމެއް......
عبدالله ސަޢީދު
04 July 2019
ވަޒީފާއެއްގައި ހުރެގެން ކުރެވޭނީ، މަޤާމު ހުއްދަކުރާ ކަންކަމެވެ