ޚަބަރު / މުހައްމަދު ހަމީދު (ޕޮލިސް ކޮމިޝަނަރު)

ރޭގެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާ ސީޕީ ހަމީދު ބައްދަލުކުރައްވައިފި

މާފަންނު ގެއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރުމަށް ފަހު، އެ މީހާ އަށް ފުލުހުންތަކެއް ރޭ އަނިޔާ ކޮށްފައިވާއިރު، އެ މީހާ އަތުލައިގަތް އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައްދަލުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާފަންނު ގެއެއްގެ ތެރޭގައި ހުއްޓައި ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު ދިޔައީ ވަރަށް ބޮޑަށް އަނިޔާ ކުރަމުންނެވެ. ވީޑިއޯގައި، އެ މީހާގެ ގައިގައި ކޮޅުފައިންނާއި ގާބުރިއަކުން ތަޅަ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

ޕޮލިސް ކޮމިޝަނަރު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންގެ ގްރޫޕާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (ޕީއެސްސީ) އިން އެ މައްސަލައިގައި އެތެރޭގެ ތަހުގީގެއް ކުރުމަށް ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ހަމީދު މިއަދު ކުރެއްވި ޓުވީޓު.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިކަމުގައި މިނިވަން ތަހުގީގެއް ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.

"މި ހުރިހާ ތަހުގީގުތަކަށް އަޅުގަނޑާއި ފުލުހުންގެ މުޅި އެގްޒެކެޓިވް ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. މިފަދަ ލާއިންސާނީ އަމަލުތަކަށް ޓޮލެރޭޓެއް ނުކުރެވޭނެ،" ހަމީދު ވިދާޅުވި އެވެ.

ފުލުހުން ރޭ އަނިޔާ ކުރީ، މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މ. އުޖާލާގެ އަށް ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގައި ހުރި މީހަކަށެވެ. ފުލުހުން ބުނި ގޮތުގައި އެ ގެ އަށް ފުލުހުން ވަދެފައި ވަނީ ރޭ 7:30 ހާއިރު އެވެ.

މި އޮޕަރޭޝަން ހިންގުމުގައި ބައިވެރިވެ، އެމީހާ އަށް އަނިޔާ ކުރި ފުލުހުންގެ އޮފިސަރުން ސަސްޕެންޑް ކުރުމަށް ޕޮލިސް ކޮމިޝަނަރު ވަނީ ނިންމަވައިފަ އެވެ.

33 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 4%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުލުސް މީހާ

07 July 2019

އަޑުއެހިން އަދިވެސް އެއްވެސް ފުލުހަކު ސަސްޕެންޑް ނުކުރާކަމަށް. އެމީހުން ސަސްޕެންޑް ކޮށްފިނަމަ ފުލުހުންގެ އޮޕަރޭޝަން ހުއްޓާލާނެކަމަށް ދެންތިބި ފުލުހުން ބުނެ އިންޒާރު ދީފަ އޮތީމަ

The name is already taken The name is available. Register?

ބޯގޯސް

07 July 2019

އެމްޑީޕީ ވެރިކަމެއްގައި ފުލުހުންނާއި ނުވިދި ނުވާނެ ކަމެއް.

The name is already taken The name is available. Register?

އަލީ އަހުމަދު

07 July 2019

ފުލުހުންގެ މަދު ބަޔަކު މިކަހަލަ ދަށު ދަރަޖައިގެ އަމަލެއް ހިންގީމަ އެމްޑީޕީތަ ކުއްވެރިވަނީ؟ ޔޫ އާ ސޯ ނެރޯ މައިންޑަޑް.

The name is already taken The name is available. Register?

އިހޫ

07 July 2019

ހަމަ އެއްގޮތަކަށްވެސް ނޭނގުނު އެ ފުލުހުންނާއި ސީޕީ ބައްދަލުކުރި މަގްސަދެއް.. ޚާއްސަކޮށް ކަމާއި ބެހޭ ދެ މުއައްސަސާއިން އެމައްސަލަ ތަހުގީގު ކުރަމުން ގެންދަނިކޮށް ސީޕީ ބައްދަލުކުރެއްވުން ވަރަށް ގޯސް. ދެން ޚަބަރު ފުރިހަމަވީހީ ސީޕީ އެފުލުހުންނަށް ދިން މެސެޖަކީ ކޮބައިކަން ބުނެދިން ނަމަ...

The name is already taken The name is available. Register?

ިސައްހަ ހަބަރު

07 July 2019

އައި ކާންޓް ޓޮލެރޭޓް ދިސް.... މިހެން ސީޕީ ބުނީ

The name is already taken The name is available. Register?

ބޭރުމީހާ

07 July 2019

މިސަރުކާރު އައިފަހުން މިކަހަލަ ނުރަނގަޅު ވަރަށްގިނަ ކަންތައްތައް އެބަފެނެއެވެ. މިއީ ފުލުހުންނާއި ތަޅާލަން ކުދިންކޮޅެއް ހޯދާށޭ ބުނިމީހުންގެ ސަރުކާރެވެ. މިއީ ފުލުހުންނާ ދިމާލަށް "މަނީ މަނީ ޔެސް ސާ" މިހެން ކިޔައި ފާރުތަކުގަ ލިޔުނު ބައިގަނޑެވެ. އަދި ވޯންޓެޑް ޖަހައި، ގަނޑުތަކުގައި އެކި ފުލުހުންގެ ނަންތައްލިޔެގެން އެމީހުންގެ ފޮޓޯތައް ހިފަިއިގެން އުޅުނު މީހުންނެވެ. މިމީހުންގެ ސަރުކާރު އައިމާ ފުލުހުންވެސް ތިބޭނީ ގަޓުގައެވެ.

The name is already taken The name is available. Register?

ލައްޗޭ

07 July 2019

ފުލުހުންނަށް ތަމްރީނު ދިނުމުގެ ތެރޭގަ އެމްސީ މިހަމަޔަށް އެންމެ ގިނަ ދުވަސް ހޭދަ ކުރީ. ނޫހަކުން އެ ތަމްރީނު ފުރިހަމަ ކުރި އޮފިސަރުންނާ ސުވާލުކޮށްލަބަލަ ދިން ތަމްރީނު. މާފުށީގަ ފައި ޖެހުނު ވަގުތުން ފެށިގެން ތަމްރީނަށޭ ކިއާފަ ގެންގޮސް ގަޔަށް ބޮލަށް އަރާ އެބިއުސް ކުރަމުގަ 3 މަސް ހޭދަވެދިއައީ. އޭގެ ސަބަބުން ނުކުޅެދޭ ހާލާތައް ބައެއް ކުދިން އައި. ނޫހަކުން ބަލާބަލަ މިކަންކަން ގޮސް އޮތް ގޮތް ދެން އެމީހުން މިހެން ހެދީމަ ކަންބޮޑުވާކަށް ނުޖެހެ!

The name is already taken The name is available. Register?

ބޮޑުމީހާ

07 July 2019

ހައްގު އަދަބުދޭންވާނެ. ލާ އިންސާނީ އަނިޔާކުރުމަކީ އިސްލާމް ދީނުގެ އުސޫލުތަކާއިވެސް ޚިލާފްކަމެއް.

The name is already taken The name is available. Register?

عبدالله ސަޢީދު

06 July 2019

ވަގުތުގެ ގޮތުންނާއި ޙާލަތުގެ ގޮތުން ނުކުރެވޭ ޒާތުގެ ކަމެއް ތިޔަކުރެއްވީ،

The name is already taken The name is available. Register?

އާރީ

06 July 2019

ތިންހަރުކިލޯ މަސްތުވާ ތަކެތި ބިދޭސީއަކު ގެންގުޅޭތީ ހިންގި އޮފަރޭސަނެއް. ބިދޭސީމީހާ ފުލުހުންނަށް ހަމަލާ ދީފަ ފިލަށްއުޅުނީމަ ފުލުހުންވެސް މަނަމަވެސް ނުހުންނަަނެ ދޯ.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

06 July 2019

މަޤާމްތަކާއި ޒިންމާތައް ދައުރުވާގޮތަށް (އުތުރާއި، މާލެ އަދި ޢައްޑޫ) ގެ ޑިވިޝަންތައް ތައާރަފްކޮށް 3 ނުވަތަ 6 މަހުން އޭރިއާ ޑިވިޝަންތަކުގެ ވެރިން ރޮޓޭޓް ކުރުމަކީވެސް ނުބައިހެދުމަށް އުދަގޫވާނެ ކަމެއް. * * ތިތަނުގެ ގިނަ ޑިޕާޓްމަންޓް Procurement Department ފަދަ ތަންތަނުގެ ހާލަތު އިގޭނީ ބަޔަކު ތިއީ ފުލުހުންގެ މުއައްސަސާއެއްހޭ ސުވާލު ކުރާވަރަށް ކަންކަން ގޯސް. * * އެކުދިން ރުޅިއަންނާނެ. އެހެން ނަމަވެސް ސީޕީ މިކަން ބަދަލު ކުރާންޖެހޭ.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

06 July 2019

ކޮމިޝަނާއަށް ސީދީ ރިޕޯޓް ކުރެވޭގޮތަށް އުތުރާއި، މާލެ އަދި އައްޑޫގައި Director General of Police ޑީޖީޕީ އަކު ބަހައްޓަވާ އަދި އާބާދީ ބޮޑު ސަރަހައްދު ތަކަށް Inspector General of Police އައިޖީޕީ އެއް ކަޑައަޅުއްވާ ފުލުހުންގެ އިދާރާގައި މަދުބަޔަކު ކޮންޓްރޯލްކުރާ ބާރުތައް ލާމަރުކަޒުކޮށްފިނަމަ ނާޖާއިޒު ބާރުތަކާއި ނުފޫޒުތަކަށް ތިތަނުގެ ތެރޭގައިއޮތް ސަޤާފަތަށް ލުއެއްލިބޭނެ. * * ސީޕީ ވަގުތުނަގާނުލާ ބަދަލުތަކަށް ދޮރުހުޅުވާލާ ޕޮލިސް ރިފޯމް ކުރައްވާ.

The name is already taken The name is available. Register?

ޔެލޯ

06 July 2019

މިއީ އިންޑިޔާތަ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454