07 ޖުލައި 2019 - 09:31
ސައޮ ޕައޮލޯ، ބްރެޒިލް (ޖުލައި 7) - ފާއިތުވި ދެ ފަހަރު ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ކޮޕަ އެމެރިކާ ތަށި ގެންދިޔަ ޗިލީ އަތުން ރޭ އާޖެންޓީނާ މޮޅުވި މެޗަށް ފަހު ކެޕްޓަން ލިއޮނަލް މެސީ މުބާރާތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ. މި ފަހަރުގެ މުބާރާތުގެ ތިން ވަނަ އާޖެންޓީނާ ހޯދީ 2-1 އިން މޮޅުވެގެންނެވެ.
މި ފަހަރު ބްރެޒިލްގައި ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅޭ ދަނޑުތަކުގެ ފެންވަރު ދަށްކަމަށް ބުނެ ގިނަ ޓީމުތަކުން ފާޑުކިޔާފައިވާއިރު، މެސީ ވެސް ވަނީ އެކަމުގައި ބައިވެރިވެފަ އެވެ. އަދި ސެމީ ފައިނަލުގައި ބްރެޒިލް އަތުން 2-0 އިން އާޖެންޓީނާ ބަލިވިއިރު، މެސީ އާއި އާޖެންޓީނާ އިން ވަނީ އެ މެޗުގެ ރެފްރީ އަށް ވެސް ތުހުމަތުތަކެއްކޮށްފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނިޓްގައި ޗިލީގެ ކެޕްޓަން ގެރީ މެޑަލް އާއި މެސީއާ ދެމެދު ބޯޅަނެތިސް ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ސަބަބުން މެޗުގެ ރެފްރީ ވަނީ އެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކައިފަ އެވެ. މިއީ އާޖެންޓީނާ އަށް ކުޅުނު ފުރަތަމަ މެޗަށް ފަހު މެސީ އަށް ފާއިތުވި 14 އަހަރު ތެރޭގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މެޗަށް ފަހު މެސީ ބުނީ މުބާރާތް އިންތިޒާމްކުރާ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އާއި ބްރެޒިލުން ވަނީ ކޮރަޕްޝަން ހިންގާފައި ކަމަށާއި އޭގެ ސަބަބުން މި ފަދަ މުބާރާތެއްގެ އެންމެ މުހިއްމު މަގުސަދު ހާސިލްނުވާ ކަމަށެވެ.
"ކޮރަޕްޝަނާއި ގޯސް ރެފްރީންގެ ސަބަބުން ފުޓްބޯޅައިގައި އެންމެނަށް ލިބެންޖެހޭ އެ ހިތްހަމަޖެހުން އޮތީ ހުއްޓިފައި. މެޑަލް އަބަދުވެސް ކުޅެނީ އެހެން. އެކަމަކު މި ފަހަރު އޭނާ އަށް ވެސް އަދި އަހަންނަށް ވެސް ރަތް ކާޑު ދައްކަންޖެހޭ ވަރުގެ ކަމެއް ނުހިނގާ،" މެސީ ބުންޏެވެ.
ޗިލީގެ މެޑަލް އާއި މެސީ: ރަތް ކާޑު ދެއްކީ މި ވަގުތަށް ފަހު.
އޭނާ އަށް މި މެޗުގައި ދެއްކި ރަތް ކާޑަކީ ސެމީ ފައިނަލުގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރެފްރީންނަށް ފާޑުކިޔުމުން އައި ކަމެއްގެ ގޮތުގައި މެސީ ބުންޏެވެ. އަދި މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނީ ބްރެޒިލުން ކަމަށާއި އެއީ މުބާރާތް ފެށުނުއިރު ވެސް ނިމިފައި އޮތް ކަމެއް ކަމަށެވެ.
"މިއީ ބްރެޒިލާއި ކޮންމެބޯލް ގުޅިގެން ކުރާ ކަމެއް. ބްރެޒިލް ތަށި ހޯދާނެ. އެއީ ނިމިފައި އޮތް ކަމެއް." އުމުރުން 32 އަހަރުގެ މެސީ ބުންޏެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މެސީގެ މި ވާހަކަތަކުގެ ސަބަބުން އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި ސަސްޕެންޝަނެއް އަތުވެއްޖެނަމަ އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ކުޅޭ ކޮޕަ އެމެރިކާގެ ބައެއް މެޗުތައް މެސީ އަށް ގެއްލޭނެ އެވެ.
ރޭގެ މެޗު ފަށައިގެން 22 މިނިޓް ތެރޭގައި އާޖެންޓީނާގެ ދެ ގޯލު ޖެހީ ސާޖިއޯ އަގުއޭރޯ އާއި ޕައޮލޯ ޑީބަލާ އެވެ. ދެ ވަނަ ހާފުގައި ޗިލީގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން އާޓޫރޯ ވިޑާލް އެވެ.
މުބާރާތުގެ ފައިނަލުގައި މިރޭ ޕެރޫ ކުޅޭނީ ބްރެޒިލާ އެވެ. މިއީ 44 އަހަރު ތެރޭގައި ޕެރޫ ކުޅޭނެ ފުރަތަމަ ފައިނަލެވެ. އަނެއްކޮޅުން ބްރެޒިލުން ވެސް ފައިނަލުގައި ކުޅެނީ 12 އަހަރަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
07 July 2019
އެއްވެސް މީހަކުދެކެ ކަނުލޯބިވާކަށް ނުވާނެ. މެސީވެސް ގޯސްހެދީމަ ވާނީ ގޯހަށް.
ހަގީގަތް
07 July 2019
މެސީހެދި ގޯހެއް ނުފެނުނު. އޭނަ ޗިލީ ކުޅުންތެރިޔާގެ ގައިގައި ބޯޅަނެތި ޖެހިނަމަ ރަތްކާޑު ކީއްކުރަން އިތުރު މެޗުތަކަށްވެސް ސަސްޕެންޑްކުރުން ޙައްޤު. މައްސަލަޔަކީ ނުކުރާކަމަކަށް އަދަބު ލިބުނީމަ. ދެން މެސީވީ އެ ކުޅުންތެރިޔާ ޖެހުމުން ނޭމާހެން ވެއްޓި ފުރޮޅެންތަ؟ ނުވަތަ ރޮނާލްޑޯހެން އެކްޓް ކުރަންތަ؟ މެސީ އެއްކޮށް އިނަސޮންޓެކޭނޫން މިބުނަނީ. އެކަމަކު އެއީ ރަތްކާޑު ދައްކަންޖެހޭ ފައުލެއްނޫން. އަދި އެކާޑަކީ ފުޓްބޯޅަޔަށްކުރި މަލާމާތެއް.
އަންތަރު ބިން ޝައްދާދު
07 July 2019
މެސީ އެބުނި އެއްޗެއް އެބުނީ ވަރަށް ވިސްނާފަ ، އެކަމުން އޭނައަށް ކުރިމަތިވާނެ ގެއްލުމަކަށް ނުބަލައި ހަގީގަތުގައިވެސް މިފަހަރު ރެފްރީންގެ ފެންވަރު ދަށް .އަދި ބްރެޒިލް އާޖެންޓިނާ މެޗް ބެލި ކޮންމެމީހަކަށްވެސް އެނގޭނެ ރެފްރި އާޖެންޓިނާ އަށް ލިބެންއޮތް ޕެނަލްޓި ނުދިންކަން އަދި އެފަދަ ވާދަވެރި މެޗެއްގައި ރެފްރީގެ ނިންމުންތައް ގޯސްކަން އެންމެ އާދައިގެ މީހާއަށްވެސް އެނގެހާ ފާޅުކަންބޮޑު
ހަގީގަތް
07 July 2019
ރަނގަޅު ވާހަކައެއް. ކޮންމެ ޓީމަކަސް ހައްޤު މިންވަރު ލިބެންޖެހޭނެ. ޕެނަލްޓީއެއްތޯ ޗެކްކޮށްލިނަމަވެސް ފުދުނީސް. ހަމަގައިމުވެސް ދެ ފައުލް ތެރެއިން އެއް ފައުލަކީ ކްލިއާރ ޕެނަލްޓީއެއް. އަދި ބްރެޒިލްޖެހި ދެވަނަ ގޯލްގައި އާރޖެންޓީނާގެ ކުޅުންތެރިޔަކަށް ކްލިއާރ ފައުލެއްކުރި. އާރޖެންޓީނާވީމައެއްނޫން މިހެން މިބުނަނީކީ. އަހަރެން ސަޕޯރޓްކުރާ ޓީމަށް ރެފްރީ ފޭވާކުރިޔަސް މިހެން ބުނާނަން. އެންމެންނަށް ހަމަހަމަޔަށް ކަންތައްކުރުން މުހިންމު.
ނާޢިމް
07 July 2019
މީގެން ވެސް އެނގެނީ އާޖެންޓީނާ ބައްޔެއް ނޫންކަން
ދަންނަނުދަންނަ ތިބެބަލަ
07 July 2019
އޮންނާނީ ފާއިތުވި 2 އަހަރުގެ ޗެމްޕިއަން ބަލިކޮށްފަ.ޗިލީ ދޭ މަހަށް.
ޕޮގުބާ
07 July 2019
ރަތްކާޑް ދައްކަންޖެހޭތީ ރަތްކާޑް ހަދާފައެހުންނަނީ މެސީ އެއުޅެނީ ބިރުދައްކައިގެން މުބާރާތްތަކުގެ ނަތީޖާ އާޖެންޓީނާ ކޮޅަށް އެނބުރޭތޯ ވަރަށްހަޑިގޮތެއް
ހަގީގަތް
07 July 2019
ރަތް ކާޑު ހަދާފައި އޮންނަނީ އެ ދައްކަން ޑިސާވްވާ ކުޅުންތެރިންނަށް. ބޭ އިންސާފަކުންނެއްނޫން.
ކޯޗް
07 July 2019
މެސީ ހުއްޓަސް ހަމަ މޮޅުމީހުން މޮޅުވާނެއެވެ.
ލީގް ވޮޗް
07 July 2019
މެސީ ޖުމްލަ 02 ރަތްކާޑު ރޮނާލްޑޯ 10 އަދި ޒިދާން 14 . މިވާހަކަވެސް ކޮމެންޓްކުރާ ރޯނުއެދުރުން ދައްކަބަލަ.
ރަދީފް
07 July 2019
އާޖެންޓީނާ މޮޅުވެއްޖެނަމަ 25 ވަރަކަށް ކޮމެންޓް.ބަލިވެއްޖެނަމަ 55 ކޮމެންޓް.
ހަގީގަތް
07 July 2019
މިތާގައި ގިނައިން ކޮމެންޓްކުރަނީ އަސްލު ފުޓްބޯޅަ ނޭނގޭ މީހުން. ވަރަށް މަދު އޮށްޓަރު ހުރި ވާހަކަ ދައްކާ މީހުން. އެމީހުން މުޅިންވެސް ބަލަނީ ޓްރޯލް ކުރެވޭތޯ. އެއީ ކަށީގައި ހަރުލާފައި ހުންނަ ކަމަކަށްވާތީ. އާރޖެންޓީނާޔާ ދެކޮޅަށް އަސްލު އެކުރަނީ މެސީހުރީމަ. މެސީ ދާދުވަހަކުން އެމީހުންތައް ގެއްލޭނެ. މެސީޔަށް އޮންނަ ހޭޓް އާރޖެންޓީނާޔަށް ބާލަނީ. އަހަންނަކީ މެސީ ސަޕޯރޓަރެއް ނަމަވެސް ރޮނާލްޑޯޔަށް އިޙްތިރާމްކުރަން.
ރަދީފް
07 July 2019
@ހަގީގަތް ތިބުނީ ވަރަށް ބޮޑު ތެދެއް.
ވާލުސޮރު
07 July 2019
މޮޅު މެސީމެން ގެރިގައްޑާ ކުޅޭނީ ހާދަ ފެންވަރު އޮޅުނީމައޭ ދޯ، ބަލަ ލަލީގާ 2 ހޯސްރޭސްގަ އަބަދު މޮޅުވިޔަސް ދުނިޔޭގެ އެހެން މުބާރާތްތަކުގަ އަބަދު މޮޅެއްނުވޭ، އެހެންވީމާ ބާސާގެ މެންޓަލިޓީން މެސީ ނިކުންނަން އެބަޖެހޭ. މެސީއަށް ހެސްކިޔާފަ ބަޔަކު ފޭވަރ ކުރިޔަސް އަމިއްލަ ބައްރުގެ މީހުންނަށް އިނގޭ މުޅި ދުނިޔޭގެ ނިސްބަތުން ހުނަރުވެރި މޮޅު ކުޅުންތެރިން ނިކުންނަނީ އެބައްރުންކަން، އެހެންވީމާ އެމީހުންނަށް މެސީ މާ ބޮޑު މީހަކަށް ނުބަލާނެ
ހަގީގަތް
07 July 2019
ގެރިގައްޑާ ކުޅުމޭ. ކޮން ބައެއްތަ އެކުޅުން ކުޅެނީ. ކަލޭމެންކަހަލަ ކުޑަކުދިންގެ ވިސްނުންހުންނަ މީހުން ކޮމެންޓްކުރުމުން ފުޓްބޯޅަޔަށްވެސް ހުތުރު. ރޭގަ މެޗުބެލި މީހަކަށް އިނގޭނެ ތިޔަބުނާ ގެރިގައްޑާ ކުޅުން ކުޅުނީ ކޮންބައެއްކަން. ބަލަ މެސީ މޮޅުވީމައެއްނޫންތަ މަރަކާނޯ ސްޓޭޑިއަމްގައި އޭނަގެ ފޫޓްޕްރިންޓް ހުންނާނީ. މެސީއެއީ އެޝަރަފު ލިބުނު އާރޖެންޓީނާގެ ފުރަތަމަ ކުޅުންރިޔާ. ތިކަހަލަ މީހުންގެ ސަބަބުން އަސްލު ރޮނާލްޑޯ ފޭނުންނަށްވެސް ހުތުރު.
ނިއުކްލިއަރ ސައިންސް
07 July 2019
މެސީ އަކީ މިހާރު ޓީމުގެ ކެޕްޓަން. މެސީ ޖެހޭނެ ގޯސްކޮށްދާ ކަންތަކުގެ ވާހަކަ ދައްކަން. މެސީ އަށް ދެއްކި ކާޑަކީ ކުރުކޮށް ބުނަންޏާ ބޮޑު ޖޯކެއް. މެސީ ދެކެ ހަސަދަވެރިވާ ރޮނާލްޑޯގެ ޕްލާސްޓިކް ފޭނުންނަށް ބުނެލަންއޮތީ ލޯހުޅުވައިގެން ތިބެ ވާހަކަ ދައްކާށޭ. ރޮނާލްޑޯގެ އަސްލު ފޭނުން މިކަހަލަ ކޮސް ނުގޮވާނެ
ހަގީގަތް
07 July 2019
ރަނގަޅު ވާހަކައެއް. ކުރީގަ މިމީހުންބުނީ މެސީ ހުންނަނީ މާމަޑުންނޭ. ރޮނާލްޑޯހެން އަނގަގަދަވާން ޖެހޭނެޔޭ. މިހާރު ފެކްޓްސްގެ ވާހަކަ ދައްކަން ފެށުމުން މެސީ ގޯސްވަނީ. އަސްލު ރޮނާލްޑޯގެ ގިނަ ޕްލާސްޓިކް ފޭނުންނަކީ ކުޑަކުދިން. އެމީހުން ކިޔައިފާނެ ކޮންމެފަދަ އެއްޗެއްވެސް. މުޅިންވެސް އިނގޭނީ އެހެންމީހުންނަށް މަލާމާތްކުރަން. އޮށްޓަރުހުރި ވާހަކަޔެއް ނުދައްކާނެ.