ނިމާލް: އެސްއޯއީ ކޮމިޓީގައި ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ސައީދު ކުރެއްވި ތުހުމަތު ނިމާލް ދޮގުކުރެއްވި.
11 ޖުލައި 2019 - 14:56
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ތިން ގުނަ އަށް ވުރެ ބޮޑު އަގުގައި ޑީސަލް ވިއްކި ކަމަށް ކުރި ތުހުމަތު ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ދޮގު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ކަމަށް ބުނާ އެ މުއަމާލަތާ ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު އިއްޔެ ވަނީ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވައިފަ އެވެ. އެ ކޮމިޓީގައި އޭނާ ވިދާޅުވެފައި ވަނީ ކުރީގެ ދެ މެމްބަރުންގެ ދެ ކުންފުނިން ފެނަކަ އަށް ތެޔޮ ވިއްކީ 28ރ. އަށް ލިޓަރެއްގެ ރޭޓުން ކަމަށެވެ. އެ ދެ ކުންފުނިން ބޮޑު އަގުގައި ތެޔޮ ވިއްކީ ފިއުސް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން 6.58ރ. އަށް ގަނެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ހަމަ އޭރުގައި އެފްއެސްއެމް އިން ފެނަކަޔަށް ތެޔޮ ވިއްކާފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި 8.25ރ. އަށެވެ. މިއީ ތިން ގުނަ އަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ނިމާލް ފޭސްބުކްގައި ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނެވި އިރު އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދޭން މަސައްކަތެއް ކުރައްވާފައި ނުވާނެކަން ގަބޫލުކުރާނެ ކިތަންމެ މުވައްޒަފުންނެއް އެ ކުންފުނީގައި މިހާރު ވެސް ތިބޭނެ ކަމަށެވެ.
"އެ ބޭފުޅުން ކުރެން އައްސަވާށެވެ. އަދި ތިޔަ ވިދާޅުވި ބޭފުޅުން [އަބްދުއްރަހީމް އާއި ރިޔާޒް ރަޝީދު] މަންފާއެއް ހޯދުމަށް އަޅުގަނޑުގެ ކައިރީގައި އެދިފައި ވެސް ނުވެ އެވެ،" ނިމާލް ވިދާޅުވި އެވެ.
ތުހުމަތުކުރި އަގުގައި ޑީސަލް ގަނެފައިވާ ނަމަ އެންމެ ޕޭމަންޓް ވައުޗާއެއް ނަމަވެސް އާއްމުކުރަން އޭނާ ގޮވާލެއްވި އެވެ.
ސައީދުގެ ތުހުމަތުތަކަކީ، ނިމާލް ވިދާޅުވި ގޮތުގައި، ކުންފުނި ނުހިންގުމުން އޭގެން ރެކިވަޑައިގަތުމަށް ދައްކަވާ ހަގީގަތާ ހިލާފު ވާހަކަތަކެވެ. ފެނަކަ ނުހިންގި ބޮއްސުންލައިގެންދާ މަންޒަރު ފެންނަ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ޔަގީންކޮށްދެއްވި 24 ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް ހުއްޓިޔަނުދީ ކުރިއަށް ގެންގޮސްދެއްވާށެވެ،" ނިމާލް ވިދާޅުވި އެވެ.
މީގެއިތުރުން، ދެ އަތޮޅަކަށް ނިސްބަތްވާ އަޕާ ސައުތު ޔުޓިލިޓީސްގައި ސައީދު ހުންނެވި އިރު ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކެއްގައި ކޮރަޕްޝަން އެކުލެވޭ ކަަމަށް ވިދާޅުވެ ވެސް ނިމާލް ތުހުމަތުތަކެއް ކުރެއްވި އެވެ.
ފެނަކަ އަށް އަގު ބޮޑުކޮށް ތެޔޮ ވިއްކީ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުގެ ކުންފުންޏަކާއި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރުގެ މަސްލަހަތު އޮންނަ ކުންުފުންޏަކުން ކަމަށް ސައީދު ކޮމިޓީގައި ވިދާޅުވީ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވުމުންނެވެ.
"ފެނަކަ އިން އެބަހުރި 8.25 ރުފިޔާ އަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ތެޔޮ ގަނެފައި. ނަމަވެސް 28 ރުފިޔާގެ އަގުން އެ ކުންފުނިތަކުން ގަނެފަ، އެއީ ލ. އަތޮޅަށް ނިސްބަތްވާ ކުރީގެ މެންބަރަކާއި ތ. އަތޮޅަށް ނިސްބަތްވާ ކުރީގެ މެންބަރެއްގެ މަސްލަހަތު އޮންނަ ދެ ކުންފުނިން. އެކަމާ ބެހޭ މައުލޫމާތުތައް އެސެޓް ރިކަވަރީ ކޮމިޝަނަށް ވާނީ ހުށަހަޅާފައި. އަދި އޭސީސީ އަށް ވެސް ވާނީ ހުށަހަޅާފައި،" ކޮމިޓީގައި ސައީދު ވިދާޅުވެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަވިސްނުން
02 December 2019
ނިމާލު މުއްސަނދިވީ ގޮތް ކިޔާދީބަލަ. ތީ ކިހިނެއް އުޅުނު ބައެއް.. ލިބޭ ކުއްލި މުއްސަނދިކަން ޖެހެނެ ހާމަކުރަން.
ލޮކިމަސް
12 July 2019
އަދުރޭމެން މުއްސަދި ކޮށްފައި ދެން ތިޔަ ކަހަލަ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ! އެމީހުންނަށް ކިހާރަނގަޅު.
900 ޑިގުރީ
12 July 2019
ޙަގީގަތްހާމަކޔރީމާ ކުރީގެ އެމްޑީ ރުޅިއައީތާ ހަގީގަތަކީ ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރި
ޥަސް
12 July 2019
ޢަދުރޭ އެސްޓިއޯ އަށް ގުޅާފަ މިވެނި ރަށަކަށް ތެޔޮއަޅާށޭ ބުނީމަ އެސްޓިއޯގެ ބޯޓްފަހަރުގައި އެސްޓިއޯގެ އަމިއްލަތެޔޮ އެރަށަކަށް އަޅަނީ. ދެން އަދުރޭ ބޮޑު އިންވޮއިސްއެއް ފޮނުވައި، ފެނަކައިން ލާރިހޯދަނީ. ފެނަކަ މީހުން އެސްޓީއޯ އަށް ގުޅިޔަސް އެކަންކުރެވޭނެ!
ފިށަކަސް ހަސަންބެ
12 July 2019
ބޯއީއެކެވެ. އެހެންވީމަ އެބުނާވާގޮތަށް އެފަދަ ޕޭމަންޓުވައުޗަރެއް ނުފެންނާނެެކަން ޔަޤީނާއިގާތަށް އެބައެނގެއެވެ! ފެންނާނީ އެތަކެތި ހުރިއްޔާތާއެވެ! ރައީސް ޔާމީނާއިގުޅޭ ކަންތަކުގެ ލިޔެކިއުން ގެއްލި ނޫނީ އެނދުމަކީ އައުކަމެއްނޫންތާއެވެ. ކޮންޕިޔުޓަރުގަ ކޮޕީހުރިނަމަ، އެވާނީ ރެކޯޑަށްތާއެވެ! ސާބިތު ކުރެވޭނެއެއްޗަކަށްނުވާނެތާއެވެ! ފައިދާހޯދަދިނީ އެދެމީހުނަށް އެކަނިކަމުގައި ނުވެދާނެއެވެ 5 ބަޔަށް ބައިއެޅޭނަމަ، ފައިދާ އެހޯދާދެވެނީ ފަސްމީހުނަށެވެ. އެބުނަނީ ތެދު
ބައިރޯ
12 July 2019
ހަމަ ޔަގީނުންވެސް ސ.ހުޅުދޫ ބުރާންޗްގެ ތެޔޮ އަގުހެއުކޮށް އުފުލެން އޮށްވާ އަގު ބޮޑުކޮށް މިހާރުގެ އީ.ސީ ޝަރީފް ފެނކައިގެ މެނޭޖިން ޑިރެކްޓަރއަކަށް ހުންނެވި ދުވަސްވަރު ވަނީދީފަ
ޙަބީބު
12 July 2019
ހުސްދޮގު ތިޔަ ޔާމީނު ގާތުނޫޅޭ ސަހަލު އެކަކުވެސް ހުސްއަމިއްލަ ބޮނޑިބޮޑުކުރި މީހުން
ހައްސާ222
12 July 2019
ފައިދާ ހޯދައިނުދޭނަމަ ސީދާ ފިއުލް ސަޕްލައި އިން ޑީސަލް ނުގަނެ އަބުދުއްރަހީމާއި ރިޔާޒު އަތުން އެމީހުން ފިއުލް ސަޕްލައި އިން ގަނަގެން ގެނެސް ވިއްކި ތެޔޮ ގަތީކީއްވެ؟ ހަމަ އެކަނި މިސުވަލުގެ ޖަވާބު ރައްޔަތުންނަށް ދީބަލަ.
އަލްޖިބްރާ
12 July 2019
ކަލޭ ތިދައްކާ ވާހަކައިގެ ތެދުދޮގެއްވެސް އެގޭނީ ކަލޭ ހިންގާފަހުރި ކަންތައްތައްވެސް ސަރވޭކޮށް ބަލާލީމަ ! ތިގޮތަށް ފުއްޕި އެންމެންގެ ޖަރީމާތަށް މިހާރު ދަނީ ފަޅާ އަރާ ބޭޒާރު ވެ ފަޟީހަތް ވަމުން !
ފޮނިޓައްޕު ހަސަނު
12 July 2019
ޖަލުގެ ގޮޅި އެއޮތީ މިމީހާގެ އިންތިޒާރުގައި.