އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު. އޭނާއަށް ކުރެވޭ ތުހުަމަތުތައް އެމްއެމްއޭއިން މިއަދު ދޮގުކުރި
11 ޖުލައި 2019 - 18:13
މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ މަސައްކަތަށް ގަވަރުނަރު އަހުމަދު ނަސީރު ހުރަސް އެޅުއްވި ކަމަށް އެ ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ކުރެއްވި ތުހުމަތުތައް އެމްއެމްއޭއިން މިއަދު ދޮގުކޮށްފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނަސީރު މައްސަކަތް ކުރައްވާފައި ވަނީ އެފްއައިޔޫ އަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކަމަށެވެ. އެ ޔުނިޓްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަަސައްކަތްތަކާއި ނިންމަން ޖެހޭ އެއްވެސް ނިންމުމަކަަށް ނަސީރު ހުރަސް އަޅުއްވާފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.
ގާނޫނުގައި އޮންނަ ގޮތުން އެފްއައިޔޫގެ އެއްވެސް މަސައްކަތަކަށް ގަވަރުނަރަށް ނުފޫޒެއް އަދި ބާރެއް ވެސް ނުފޯރުވޭނެ އެވެ.
މިއާ ޚިލާފަށް ގަވަރުނަރު އަމަލުކުރެއްވި ކަމުގެ ތުހުމަތާ އެކު މަޖިލީހަށް ސިޓީއެއް ހުށަހެޅުއްވީ އެ ޔުނިޓު ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ އަޝްރަފެވެ.
އަޝްރަފްގެ ސިޓީގައި ވިދާޅުވެފައިވާ ވާހަކަތަކަށް ރައްދުދީ އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނުގައި އޭނާގެ ވާހަކަތައް ދޮގުކުރުމުގެ އިތުރުން އޭނާ އަށް ތުހުމަތުތަކެއް ވެސް ކޮށްފައި ވެ އެވެ. އެގޮތުން ކޮށްފައިވާ އެއް ތުހުމަތަކީ ސިޔާސީ ފަރާތެއްގެ އެކައުންޓަށް ޖަމާކުރި ގިނަ އަދަދެއްގެ ފައިސާގެ މައްސަލަ އެފްއައިޔޫއިން ތަހުގީގީ އިދާރާއަކަށް ނުފޮނުވާ ލަސްކުރި ކުރި ކަމުގެ ތުހުމަތެވެ.
"އެ މުއާމަލާތާ ގުޅޭ ގޮތުން ފިޔަވަޅު ނާޅައި ބާއްވާފައި އޮތްކަން އެނގުނީ އަބްދުﷲ އަޝްރަފް ރާއްޖޭގައި ނެތް ދުވަސްވަރެއްގަ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.
ކޮށްފައިވަ އަނެއް ތުހަމަތަކީ އެފްއައިޔޫ އިން ކަމާ ބެހޭ ފަރާތްތަަކަށް ކޮންމެ އަހަރަކު ފޮނުވަން ޖެހޭ އަހަރީ ރިޕޯޓް، އެ ޔުނިޓްގެ ވެރިޔަކަށް އަޝްރަފް ހުންނެވި އިރު ފޮނުވާފައި ނުވާކަމުގެ ތުހުމަތެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ފައިސާގެ މުއާމަލާތްތަކުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ އަޝްރަފަށް ކަމަށް ވިޔަސް އެކަމާ މެދު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ތުހުމަތުކޮށްފައި ވެ އެވެ.
ބަޔާން ނިންމައިލަމުން ބުނެފައި ވަނީ އެފްއައިޔޫގެ މަސައްކަތަށް މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައި ނުވާ ކަމަށެވެ.
"...ގަވަރުނަރު މަސައްކަތްކުރައްވާފައި ވާނީ އެފްއައިޔޫ އަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށެވެ. އަދި އެ ޔުނިޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކަށް ފޮނުވުމުގައި މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައި ނުވާނެ ކަމުގެ ޔަގީންކަން މި އޮތޯރިޓީން އަރުވަމެވެ،" ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސާފައިސާ.
12 July 2019
ބަލަ ކޮބާތަލަދުހަޔާްތް.ދުނިޔޭގެ އެދުމަށް ހެއްލި ތިމާވަގުތީ އުފަލަށް މަސައްކަތްކުރީ ޔާމިން ބުނި ގޮތަށް.ތިމީހުން ދުނިޔެއަށް ހޭލާބަލަ.މުުސްލިމް ތާކިހާ އަޅައިގެންތިބެ މިރާއްޖެ ތި އޮޔާލީ. ހިފާ ހައްޔަރުކުރޭ.
ކުލްސުލް
12 July 2019
ތިއަ އެފްއައިޔޫގަ މިހާރު ތި ހުރި ހެޑަށް ބެލީމަވެސް އެބަ ފެނޭ ނަސީރުގެ ނުފޫޒު.
ބޮޑުމީހާ
11 July 2019
މީހަކު އެއްޗެކޭ ކިޔާއިރަށް މި މީހުންގެ ކަމަކީ ނޫސްބަޔާން ނެރުން. ބޭންކް އިންވެސް ތިހެން ހަދަނީ. އެމްއެމްއޭ ވެސް ތިހެން. ތި ދެ މުއައްސަސާގެ އިހުމާލެއްނެތި އެހާވަރުގެ ޖަރީމާއެއް ނުހިންގޭނެ
މަސޮރު
11 July 2019
މިގޮތަށް މީހެއްގެ އަމިއްލަ ކަމެއްގެ ދިފާއުގަ ދައްކާ ވާހަކަ އަކަށް ދައުލަތުގެ މުވައްސަސާގެ ނަމުގަ ނޫސްބަޔާނެ ނެރެވޭނެ ތޯ؟
ސަލީމް
12 July 2019
އެ އޮތީ ނެރެފައެންނު.. އޭނާގެ ކުށެއް ނެތް ކަމަށް އޭނާ އަމިއްލައަށް ކަނޑައަޅާ، އެތާ އެހެން އެކަކަށްވެސް ނޭނގި އެއޮތީ ނެރެފަ އެންނު....
ވޯލް
11 July 2019
ބަލަ ނަސީރު ކަލޭ އިސްތިއުފާ ދީބަލަ. ދިވެހިން މިއީ މިހާރު ނުވިސްނޭ މީހެއް ނޫނޭ، ތިޔަ އެމްއޭއޭ އިން ނެރޭ ބަޔާނެއް ވިއްޔާ ނެރޭނީ ހަމަ ކަލޭއެއްނު ދެން ކަލޭ އަމިއްލައަށް ކަލޭ ކަމެއް ކުރިއޭ ބުނާނެތަ؟ ހީހީ ހަލާކުވާ ވަރުވޭ. ހަމަ ތިހާލުގަ ރައްޔިތުންގެ ބޭންކްވެސް.
ސަޅި
11 July 2019
ހީވަނީ ކުރެވިފައިވީ ކޮންމެވެސްކަމަކުބް ސަލާމަތްވުނަށް ނެރެފައިވާ ބަޔާނެއްހެން.
ރަންދެލި
11 July 2019
ހުރަހެއް ނާޅާ! އެވާހަކަ ދެއްކި މީހާ ވަޒީފާ އިން ވަކި ކުރީ...
އެހެން
11 July 2019
ޔާމީނާ އިދިކޮޅަށް ދާ ކޮންމެ މީހަކީ ހުދުކާފޫރަށްވާނެ މި ސަރުކާރުގައި. އެކަން ވައިގައި ހިފައިގެން އުޅެނީ. ޔާމީން ކަންތައްތަކެއް ކޮށްފި، އެކަމު ނުކުރާ ކަންކަންވެސް ދެން ކުރި ކަމަށްވާނެ. ތުހުމަތަކަށް މީހަކު ފަައްތަންވެއްޖިއްޔާ ގަބޫލުނުކުރާނެ ވާހަކައެއް ވަރަށް ނޯންނާނެ. ކަމެއް ހޯދާފަ އެކަމަކަށް މީހަކު ފައްތަންއުޅުމާ ކަމެއް ފެނިގެން އެކަމާމެދު މިނިވަން ވިސްނުމަކުން ތަހުގީގުކުރުމުގެ ފަރަގު ދެނެގަނެވުނަސް އެކަމުގެ ގާބިލްކަން ލިބިފައިނުވޭ ގިނަ ފަހަރު.
ކާޖާ
11 July 2019
މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައި ނުވާނެ ކަމުގެ ޔަގީންކަން ދިނަސް ޔާމީނުގެ މި މައްސަލައިގައި އެހެނެއް ނޫނެވެ. ކޮންމެވެސް ސަބަބަކާހުރެ ނަސީރުވަނީ އަޝްރަފަށް ނުރަގަޅު ނުފޫޒެއް ފޯރުވާ އޭނާ މަގާމުން ދުރުކޮށްފައެވެ. :މިހާރުގެ ގަވަރުނަރު ؟؟؟ ކުރީގެ ގަވަރުނަރުން ނުފޫޒު ފޯރުވިކަމަށް އެމްއެމްއޭ އިއުތިރާފް ވަނީތޯއެވެ.
ބޮން
11 July 2019
އަޝްރަފްގެ ސިޓީގައި އެވަނީ ޔާމީނުގެ މައްސަލައިގައި ނަސީރު ކަން ކުރިގޮތްކަމާމެދު ކުޑަވެސް ސައްކެތްނެތެވެ. ޚަތިމްގައި އަތްލާ މާތްﷲ ގަންދީ ހުވާކުރަން ނަސީރަށް ކެރޭނެ ހެއްޔެވެ. އާންމު އުސޫލެއްގެ ގޮތުން އެފްއައިޔޫގެ މަސައްކަތައް ނަސީރު ނުފޫޒު ނުފޯރުވަފާނެއެވެ. އެހެނަސް މި މައްސަލައިގެ ވަނީ ނުބައެއް ހެދިފައެވެ.